އީރާނުގެ މިސައިލްތަކުން ޓެލްއަވީވްގެ އެކި ތަންތަނުގައި ވަރަށް ބޮޑަށް ރޯވެ، ބޮޑެތި ގެއްލުން ލިބި 4 މީހުން މަރުވެއްޖެއެވެ.

ޓެލްއަވީވަށް ފުލުފުލުގައި އީރާނުން ޙަމަލާ ދޭއިރު މުޅި އިސްރާއީލުގެ މެދުތެރޭގައި، މީހުން ދިރިއުޅޭ ސަރަހައްދުތަކާއި ވިޔަފާރި ސަރަހައްދުތައް ހިމެނޭ ގޮތަށް އެތައް ތަނެއް ވަނީ ސުންނާފަތި ކޮށްލާފައެވެ. ބައެއް ރިޕޯޓުތަކުން ދައްކާ ގޮތުގައި މަދުވެގެން 10-20 މީހުން ވަނީ ޒަޚަމް ވެފައެވެ.

ޓެލް އަވީވް ގެ ބައެއް ޢިމާރާތްތަކަށް ގެއްލުން ލިބި، އެތައް ޢިމާރާތެއް ފުނޑިފައި ވާއިރު، އެ މީހުންގެ ދިފާޢީ މިސައިލް ސިސްޓަމްތައް އެކްޓިވޭޓްކޮށްފައި ވީކަމުގައި ވިޔަސް. އީރާނުގެ މިސައިލްތަކުގެ ކުރިމަތީގައި އެ ތަކެތި ދަނީ ފެއިލް ވަމުންނެވެ.