ބްރެންޓް ކުރޫޑްގެ އަގު މިހާރު ހުރީ 106.50 ޑޮލަރުގައެވެ. މީގެ އިތުރުން އެމެރިކާގެ ބާޒާރުގައި ވިއްކާ ތެލުގެ އަގުވެސް ވަނީ ފީފާއެއް 95.40 ޑޮލަރަށް އަރާފަ.
135 ދުވަސް ކުރިން - 08:42
މައިންތައް ހުރި ލޮކޭޝަން ތައް ވެސް އެނގެނީ ހަމަ އެކަނި އީރާނަށް.
139 ދުވަސް ކުރިން - 09:07
އޮމާން ކަނޑުގައި ރައްކާކޮށްފައި ހުރި 9 މިލިއަން ފީފާގެ ތެޔޮ އީރާނުން ވަނީ ބޭރު ކޮށްލާފަ.
140 ދުވަސް ކުރިން - 17:41
ޓްރަމްޕް ވިދާޅުވީ މަޝްވަރާ އަށް ވަގުތު ދިނީ ކަމަށް
140 ދުވަސް ކުރިން - 03:34
އީރާނުގެ އަސްކަރީ ސަޕްލައި ޗޭންތަކާ ގުޅިފައިވާ ވިޔަފާރިވެރިންނަށާއި ކުންފުނިތަކާއި އޭވިއޭޝަން އެސެޓްތަކަށް އެމެރިކާ އިން ދަތިކުރުމުގެ ފިޔަވަޅު އަޅައިފި
140 ދުވަސް ކުރިން - 23:51
ހަނގުރާމަ ހުއްޓާލުމުގެ މުއްދަތުގެ ބޭނުން އެމެރިކާ އިން ހިފާފައި ވަނީ އަސްކަރީ ގޮތުން ބޭނުންވާ ސާމާނުތައް ހަމަކޮށް، "ރީސްޓޮކް" ކުރުމަށް.
140 ދުވަސް ކުރިން - 22:32
295 މީޓަރުގެ މުދާ އުފުލާ ބޯޓުގައި 20-230 ފަޅުވެރިން ތިބި.
142 ދުވަސް ކުރިން - 10:29
އީރާނުގެ މަޖިލިސް ރައީސް ވިދާޅުވީ ސަރަޙައްދުގައި އީރާނަށް ނުލިބުނު މޮޅެއް ދުޝްމަނުންނަކަށް ނުލިބޭނެ ކަމަށް.
143 ދުވަސް ކުރިން - 00:10
ޕާކިސްތާނަކީ އީރާނާއި އަވަށްޓެރި ގައުމަކަށް ވެފައި، އެމެރިކާ އާއި އެކު ވެސް ގުޅުން އޮންނަ ގައުމަކަށް ވާތީ، މިއީ މިފަދަ މަޝްވަރާއަކަށް އެންމެ އެކަށީގެންވާ ތަން ކަމަށް
144 ދުވަސް ކުރިން - 10:01
ޔުރޭނިއަމް ޓްރާންސްފާއާ ގުޅޭ ގޮތުން ޓްރަމްޕް ހަދަނީ ހުސް ދޮގު. ޓްރަމްޕް ވާހަކަ ދައްކަނީ ހަދަހަދައިގެން، އޮޅުވާލުމަށް ކަމަށް އީރާނުން ބުނޭ.
144 ދުވަސް ކުރިން - 07:12
މިއީތެލުގެ އަގު ވެއްޓިފައިވަނީ، ހަނގުރާމަ ހުއްޓާލާފައި އޮތް މުއްދަތުގައި ހޮރްމޫޒް ކަނޑުއޮޅި ވިޔަފާރި އުޅަނދުފަހަރަށް "ފުރިހަމައަށް ހުޅުވާލާފައި" ބާއްވާނެ ކަމަށް އީރާނުން އިއުލާނު ކުރުމުން.
145 ދުވަސް ކުރިން - 20:10
އެމެރިކާގެ މަނަވަރުތަކަކީ އީރާނުގެ މިސައިލްތަކުން ފަސޭހަ ކަމާއެކު އަމާޒުކޮށް ފައްތާލެވިދާނެ އުޅަނދުތަކެއް ކަ ަށް އީރާނުގެ އަސްކަރީ މުޝީރު ވިދާޅުވި.
146 ދުވަސް ކުރިން - 20:16