Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

އެމެރިކާއާއި އީރާނުގެ ސުލްހައިގެ ވާހަކަތައް ހުއްޓުމަކަށް އައުމާއެކު ތެލުގެ އަގު އުފުލިއްޖެ

އެމެރިކާއާއި އީރާނުގެ ސުލްހައިގެ ވާހަކަތައް ހުއްޓުމަކަށް އައުމާއެކު ތެލުގެ އަގު އުފުލިއްޖެ

އައިޝަތު އީމާން
124 ދުވަސް ކުރިން - 27 އޭޕްރިލް 2026 08:42
މީހަކު ސައިކަލަށް ޕެޓްރޯލް އަޅަނީ. / ފޮޓޯ: ގެޓީ އިމޭޖަސް
މީހަކު ސައިކަލަށް ޕެޓްރޯލް އަޅަނީ. / ފޮޓޯ: ގެޓީ އިމޭޖަސް
ޚުލާސާ

ބްރެންޓް ކުރޫޑްގެ އަގު މިހާރު ހުރީ 106.50 ޑޮލަރުގައެވެ. މީގެ އިތުރުން އެމެރިކާގެ ބާޒާރުގައި ވިއްކާ ތެލުގެ އަގުވެސް ވަނީ ފީފާއެއް 95.40 ޑޮލަރަށް އަރާފަ.

އެމެރިކާއާއި އީރާނާ ދެމެދު ބޭއްވުމަށް ހަމަޖެހިފައި އޮތް ސުލްހައިގެ ވާހަކަތަކުގެ ދެވަނަ ބުރު ކުރިއަށް ނުގެންދެވި ހުއްޓުމަކަށް އައުމާ ގުޅިގެން، އޭޝިއާގެ ބާޒާރުތަކުގައި މިއަދު ހެނދުނު ތެލުގެ އަގު އުފުލިއްޖެއެވެ.

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ހުރިގޮތަށް ބަލާއިރު، ބްރެންޓް ކުރޫޑްގެ އަގު %1 އުފުލި، ފީފާއެއްގެ އަގު މިހާރު ހުރީ 106.50 ޑޮލަރުގައެވެ. މީގެ އިތުރުން އެމެރިކާގެ ބާޒާރުގައި ވިއްކާ ތެލުގެ އަގުވެސް ވަނީ %1 އުފުލި، ފީފާއެއް 95.40 ޑޮލަރަށް އަރާފައެވެ.

ތެލުގެ އަގަށް މި ބަދަލު އައީ، އީރާނާއެކު މަޝްވަރާ ކުރުމަށް ޕާކިސްތާނަށް ވަފުދެއް ފޮނުވުމަށް އެމެރިކާއިން ރާވާފައި އޮތް ރޭވުންތައް ކެންސަލް ކޮށްފައިވާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހޮނިހިރު ދުވަހު އިއުލާނު ކުރެއްވުމާ ގުޅިގެންނެވެ. ޓްރަމްޕް ވިދާޅުވި ގޮތުގައި ޕާކިސްތާނުގެ އިސްލާމްއާބާދަށް ވަފުދެއް ފޮނުވުމަކީ "ވަގުތު ބޭކާރުކުރުން" ކަމަށާއި، އީރާނުގެ ލީޑަޝިޕްގެ ތެރޭގައި ބޮޑެތި މައްސަލަތަކާއި އޮޅުންބޮޅުންތަކެއް އެބަހުއްޓެވެ.

Advertisement

Advertisement 1

"އެމީހުންގެ ކަންކަން ބަލަހައްޓަނީ ކާކުކަމެއް އެމީހުންނަކަށްވެސް ނޭނގޭ. ހުރިހާ ބާރެއް އޮތީ އަހަރެމެންގެ އަތުގައި. އެމީހުން ބޭނުންވަނީ ވާހަކަދައްކަން ކަމަށްވާނަމަ، އޮތީ ހަމައެކަނި ފޯނު ކޯލެއް ކޮށްލުން،" ޓްރަމްޕް ބުންޏެވެ.

އެމެރިކާއާއި އިސްރާއީލުން އީރާނަށް ދިން ހަމަލާތަކަށް ބަދަލުހިފުމުގެ ގޮތުން، އީރާނުން ދުނިޔޭގެ ތެލުގެ ވިޔަފާރީގައި މުހިންމު ދައުރެއް އަދާކުރާ ހޯރްމޫޒް ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުތަކަށް ހަމަލާދޭނެ ކަމުގެ އިންޒާރު ދިނުމާއެކު، ދުނިޔޭގެ ތެލުގެ ސަޕްލައިއަށް ވަނީ ބޮޑު ނުތަނަވަސްކަމެއް ކުރިމަތިވެފައެވެ. ދުނިޔޭގައި ބޭނުންކުރާ ތެލާއި އެލްއެންޖީގެ ފަސްބައިކުޅަ އެއްބައި އާންމުކޮށް ދަތުރުކުރަނީ މި ކަނޑުއޮޅި މެދުވެރިކޮށެވެ.

މިދަނޑިވަޅުގައި އީރާނުގެ ޚާރިޖީ ވަޒީރު ސައްޔިދު އައްބާސް އަރަގްޗީ ވިދާޅުވީ، ކަނޑުގެ ދަތުރުފަތުރުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އަވަށްޓެރި އޮމާނާއެކު މުހިންމު މަޝްވަރާތަކެއް ކުރިއަށްދާ ކަމަށެވެ. އަދި އޭނާ މިއަދު ވަނީ ރަޝިޔާގެ ރައީސް ލަޑީމިއަރ ޕޫޓިންއާ ބައްދަލުކުރެއްވުމަށް ސެންޓް ޕީޓަސްބާގަށް ވަޑައިގެންފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، އީރާނުގެ ލީޑަޝިޕަށް ފުރުސަތެއް ދިނުމުގެ ގޮތުން ހަނގުރާމަ ހުއްޓާލުމުގެ މުއްދަތު އިތުރުކުރާނެ ކަމަށް ޓްރަމްޕް މިދިޔަ ހަފުތާގައި ވިދާޅުވި ފަހުން، ބްރެންޓް ކުރޫޑްގެ އަގު މިހާރު ވަނީ %10 އަށްވުރެ ބޮޑަށް އުފުލިފައެވެ.

އެމެރިކާއީރާން - އެމެރިކާއީރާން ކްރައިސިސް 2026
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

އީރާނު ހަނގުރާމައިގެ ސަބަބުން އެމެރިކާގެ 2,18,000 މީހުންގެ ވަޒީފާ ގެއްލިއްޖެ

އީރާނު ހަނގުރާމައިގެ ސަބަބުން އެމެރިކާގެ 2,18,000 މީހުންގެ ވަޒީފާ ގެއްލިއްޖެ

14 ގަޑިއިރު ކުރިން - 23:23

ހަނގުރާމައިގެ މައިދާން ބަދަލުވެއްޖެ: އެމެރިކާގެ މުހިންމު މަސްލަހަތުތަކަށް ނުރައްކާ

ހަނގުރާމައިގެ މައިދާން ބަދަލުވެއްޖެ: އެމެރިކާގެ މުހިންމު މަސްލަހަތުތަކަށް ނުރައްކާ

4 ދުވަސް ކުރިން - 13:33

އެމެރިކާ އަށް އީރާނުގެ ރައްދު: ފިލްމު ކުޅެން ނޫޅޭ!

އެމެރިކާ އަށް އީރާނުގެ ރައްދު: ފިލްމު ކުޅެން ނޫޅޭ!

5 ދުވަސް ކުރިން - 11:25

އެމެރިކާ އާއި އިޒުރޭލުގައި ކެންސަރު ބަލި ޖެހޭ މީހުންގެ އަދަދު އިތުރުވަނީ

އެމެރިކާ އާއި އިޒުރޭލުގައި ކެންސަރު ޖެހޭ މީހުންގެ އަދަދު އިތުރުވަނީ

6 ދުވަސް ކުރިން - 15:57

ދުނިޔޭގައި މިހާތަނަށް އަޅާ އެންމެ ވަރުގަދަ ފިޔަވަޅުތައް އީރާނާ ދެކޮޅަށް އަޅައިފި ކަމަށް ޓްރަމްޕް އިޢުލާން ކޮށްފި

ދުނިޔޭގައި މިހާތަނަށް އަޅާ އެންމެ ވަރުގަދަ ފިޔަވަޅުތައް އީރާނާ ދެކޮޅަށް އަޅައިފި

9 ދުވަސް ކުރިން - 04:34

ކުޑަކުދިންގެ ނަފްސާނީ ދުޅަހެޔޮކަމަށް ގެއްލުންދޭ ކަމަށް ބުނެ، އެމެރިކާގެ 30 ސްޓޭޓަކުން މެޓާއާ ދެކޮޅަށް 1 ޓްރިލިއަން ޑޮލަރުގެ ދައުވާއެއް އުފުލައިފި

އެމެރިކާގެ 30 ސްޓޭޓަކުން މެޓާއާ ދެކޮޅަށް ޓްރިލިއަން ޑޮލަރުގެ ދައުވާއެއް އުފުލައިފި

10 ދުވަސް ކުރިން - 17:33