މިއަދު ދެޑްރޯން ވައްޓާލައިފި. ހަނގުރާމަ ފެށުނު ފަހުން މިހާތަނަށް އެމެރިކާގެ އެންމެ ޒަމާނީ އަދި އަގުބޮޑު އެމްކިއު9 މޮޑެލްގެ ގާތްގަނޑަކަށް 30 ޑްރޯން އީރާނުން ވަނީ ވައްޓާލާފަ. މިއަދު ވައްޓައިލި އެމްކިއު9 އަކާއި ލޫކަސް ޑްރޯން އެއް.
51 ދުވަސް ކުރިން - 22:05

އުރުދުންގައި ހުންނަ، އެއާ ބޭސްއަށް ދިން ޙަމަލާގައި އެމެރިކާ ސިފައިންނަށް ބޮޑެތި އަނިޔާވެ ޒަހަމް ވެފައި ވޭ. އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް އީރާނުންދޭ ހަމަލާތައް ވަރުގަދަކޮށްފި.
53 ދުވަސް ކުރިން - 14:01
އެމެރިކާއިން އިސްރާއީލަށް ފޮނުވަން ނިންމާފައިވާ ރިފިއުލިންގް ބޯޓުތައް ގާއިމުކުރުމަށް ހަމަޖެހިފައި ވަނީ ތެލް އަވީވް ކައިރީގައިވާ ބެން ގޫރިއަން އިންޓަނޭޝަނަލް އެއާޕޯޓުގައެވެ. މިހާރުވެސް އެ އެއާޕޯޓުގައި 30 ބޯޓު އަދި ދެކުނު އިސްރާއީލުގެ ރާމޮން އެއާޕޯޓުގައި 30 ބޯޓު އެމެރިކާއިން ގާއިމުކޮށްފައިވޭ.
53 ދުވަސް ކުރިން - 10:43