އީރާނާއެކު ވެފައިވާ އެއްބަސްވުންތަކަށް އަމަލު ނުކޮށް، އެކަން ނާކާމިޔާބު ވެއްޖެ ނަމަ އަސްކަރީ ފިޔަވަޅު އެޅުމަށް އެމެރިކާ އޮތީ "ތައްޔާރަށް" ކަމަށާއި، މިހާރު ޢަމަލުކުރަމުން ގެންދާ ހަނގުރާމަ ހުއްޓާލުމުގެ މުއްދަތުގެ ބޭނުން އެމެރިކާ އިން ހިފާފައި ވަނީ އަސްކަރީ ގޮތުން ބޭނުންވާ ސާމާނުތައް ހަމަކޮށް، "ރީސްޓޮކް" ކުރުމަށް ކަމަށް ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.
ޓްރަމްޕް ވިދާޅުވީ، އީރާނާއެކު އެމެރިކާ އިން ދައްކަމުން ގެންދާ ވާހަކަތައް ކޮޅެއްގައި ނުޖެހިއްޖެ ނަމަ، އެމެރިކާ އިން ވަގުތުން ފިޔަވަޅު އަޅާނެ ކަމަށެވެ.
ޓްރަމްޕް އިތުރަށް ވިދާޅުވި ގޮތުގައި، ހަނގުރާމަ ހުއްޓާލުމުގެ މުއްދަތަކީ ހަމައެކަނި ސުލްހަ އަށް ދިން ފުރުސަތެއް ނޫނެވެ. އެއީ ކުރިމަތިވެދާނެ ކޮންމެ ހާލަތަކަށް ތައްޔާރުވުމަށް ލިބުނު ފުރުސަތެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ. "އަހަރެމެން މިތިބީ ތައްޔާރަށް. އެއްބަސްވުން ނާކާމިޔާބުވެއްޖެނަމަ ކުރިއަށްދާން އަހަރެމެން ފަހަކަށް ނުޖެހޭނަން،" ޓްރަމްޕް ވިދާޅުވިއެވެ.
އެމެރިކާއިން ބުނަމުން ދަނީ އެ ގައުމުގެ މަސްލަހަތު ހިމާޔަތްކުރުމަށް ޓަކައި އަޅަންޖެހުނު ކޮންމެ ފިޔަވަޅެއް އެޅުމަށް ފަސްނުޖެހޭނެ ކަމަށެވެ. އަދި މިހާރު އޮތް ހަނގުރާމަ ހުއްޓާލުމުގެ މުއްދަތުގެ ބޭނުން ހިފައި، އެމެރިކާގެ އަސްކަރީ ގާބިލުކަން އިތުރުކޮށްފައިވާ ކަމަށް ވެސް އެ ގައުމުން ވަނީ ހާމަކޮށްފައެވެ.










