ހުރްމުޒް ކަނޑަށް އަޅާލާފައިވާ މައިން ތައް ސާފު ކުރުމަށް 6 މަސްދުވަސް ހޭދަ ވާނެ ކަމަށް އެމެރިކާގެ ޑިފެންސް ޑިޕާޓްމަންޓުގެ ހައުސް އާރމްޑް ސާވިސަސް ކޮމިޓީގެ ސިއްރު ބައްދަލުވުމުގައި ބުނެފިއެވެ.
ދުނިޔޭގެ ތެލުގެ ވިޔަފާރީގެ ގާތްގަނޑަކަށް %20 އުފުލާ މި ކަނޑު އޮޅި ކޮންޓްރޯލް ކުރަނީ އީރާނުންނެވެ. އެމެރިކާ އިން އީރާނާއި ދެކޮޅަށް ކުރަމުންދާ ހަނގުރާމަ އާއި ގުޅިގެން އީރާނުން މި މައިންތައް ބޭނުންކޮށްފައި ވަނީ ހަނގުރާމައިގެ އުކުޅެއްގެ ގޮތުގައެވެ.
މިކަމުގެ ސަބަބުން އެމެރިކާގެ މަނަވަރު ތަކަށް އީރާނާއި ކައިރިވާކަށް ނުކެރެއެވެ.
އެމެރިކާ އާއި އެ މީހުންގެ އެކުވެރި ކަނޑުގެ ސިފައިން މިހާރު ވެސް ގެންދަނީ ޑިސްޓްރޯޔަރާއި ޑްރޯން އަދި ކަނޑުއަޑީގެ ރޮބޮޓިކް ސިސްޓަމްތައް ބޭނުންކޮށްގެން މައިން ސާފުކުރުމުގެ އޮޕަރޭޝަންތައް ހިންގަމުންނެވެ.
މި މައިންތަކުގެ ތެރޭގައި ސޮނާ ޑިޓެކްޓް ނުވުމަށް ފަރުމާކޮށްފައިވާ ބޮޓޮމް ރެސްޓިންގ އަދި މެގްނެޓިކް ޓައިޕްސް ހިމެނޭއިރު، މިއީ ޚާއްސަކޮށް ތެޔޮ ޓޭންކަރުތަކަށާއި މުދާ އުފުލާ ބޯޓުތަކަށް ނުރައްކާތެރި މައިންތަކެކެވެ.
މައިންތައް ހުރި ލޮކޭޝަން ތައް ވެސް އެނގެނީ ހަމަ އެކަނި އީރާނަށެވެ.










