ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ބޮލީވުޑްގެ ތަރިންނަށް ރާއްޖޭގައި ފިލްމު ކުޅުމުގެ ދައުވަތު ދެއްވައިފި. މި ދައުވަތު ދެއްވީ މުމްބާއީގެ ތާޖު މަހަލް ޕެލެސްގައި އިންވެސްޓަރުންނާއެކު ބޭއްވެވި ބައްދަލުވުމެއްގަ
735 ދުވަސް ކުރިން - 19:52
މި ހަރަކާތުގައި މުމްބާއީގެ ބޮޑެތި ވިޔަފާރިތަކާއި އިންވެސްޓްމަންޓު ކުންފުނިތަކުގެ އިތުރުން އިންޑިއާގެ ބައެއް ސެލެބްރިޓީންވެސް ބައިވެރިވާނެ. ރައީސުލްޖުމްހޫރިއްޔާ މި ހަރަކާތުގައި ވާހަކަފުޅު ދައްކަވާނެކަމަށް ލަފާކުރެވޭ،
735 ދުވަސް ކުރިން - 15:40
ރައީސް ޑރ.މުޢިއްޒު ބައިވެރިވެވަޑައިގަންނަވާ ވިޔަފާރިއާއި ފަތުރުވެރިކަމުގެ ނެޓްވޯކިން އިވެންޓްތަކުގައި މަންދޫބުން ދަނީ ދެގައުމުގެ އެއްބާރުލުން ވަރުގަދަ ކުރުމުގެ މަގުސަދުގައި ކުރެވޭ މަޝްވަރާތަކާ ގުޅިވަޑައިގަންނަވަމުން
735 ދުވަސް ކުރިން - 15:39
މިއީ ދެޤައުމުގެ އިޤްތިޞާދީ އަދި ޑިޕްލޮމެޓިކް ގުޅުން އިތުރަށް ބަދަހިކުރުމަށް ރޭވިފައިވާ ޕްލޭން ތަކުގެ ތެރެއިން މުމްބާއީއަށް ކުރެއްވާ ދަތުރުފުޅެއް.
735 ދުވަސް ކުރިން - 13:20
މި ބައްދަލުވުމުގައި ދެ ބޭފުޅުން މަޝްވަރާކުރެއްވި މުހިންމު ކަންތައްތަކުގެ ތެރޭގައި، ސިއްޙީ ފަރުވާގެ ފެންވަރު ރަނގަޅުކޮށް އެކި ދާއިރާތަކުން ޚާއްޞަ ޑޮކްޓަރުންނާއި ނަރުހުން ތަމްރީންކުރުމާއި، ސިއްޙީ ދާއިރާގެ ބިނާރު ތަރައްޤީކުރުމާއި، ޑިޖިޓަލައިޒްކުރުން ހިމެނޭ.
736 ދުވަސް ކުރިން - 10:02
މިޒިޔާރަތަކީ ރައީސަށް މަރުހަބާ ދެންނެވުމުގެ ގޮތުން އިންޑިއާ ސަރުކާރުން ބާއްވާ އިވެންޓު ތަކުގެ ތެރެއިން ބައެއް
736 ދުވަސް ކުރިން - 09:13
އިންޑިއާގެ ރައީސާއެކު އޮތް ޑިނަރ ގައި ރައީސް ޑރ.މުއިއްޒު އިންޑިއާގެ ޒަމާންވީ އެއްބާރުލުން ފާހަގަކުރައްވައި ބާރުއެޅުއްވީ ވިޔަފާރިއާއި ތައުލީމާއި ސިއްހީ ދާއިރާގައި ދެފަރާތުގެ އެއްބާރުލުން އިތުރުކުރުމަށް
736 ދުވަސް ކުރިން - 03:53
ރާއްޖެއާއި އިންޑިއާގެ އިޤްތިޞާދީ އަދި ވިޔަފާރީގެ ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވައި، ވިޔަފާރީގެ ދާއިރާގައި ދެޤައުމުގެ ގުޅުން ވަރަށް ބަދަހިކަން ފާހަގަކުރައްވާ އަދި ކުރިއަށް އޮތްތަނުގައިވެސް މި ގުޅުން އިތުރަށް ހަރުދަނާވާނެކަމަށް ވަޒީރު ސަޢީދު ވިދާޅުވި.
736 ދުވަސް ކުރިން - 22:33
ޑިޖިޓަލް އިޤްތިޞާދެއް ޤާއިމުކުރުމުގައި އިންޑިއާގެ އެހީތެރިކަން ލިބޭނެކަމަށް އުންމީދުކުރައްވާ ކަމަށާއި، އިންޑިއާއަކީ ރާއްޖޭގެ އިޤްތިޞާދީ، ޢުމްރާނީ، ޞިއްޙީ އަދި ތަޢުލީމީ ދާއިރާތަކުގައި މުހިންމު އެހީތެރިކަމެއް ފޯރުކޮށްދޭ ބައިވެރިއެއްކަމަށް ރައީސް މުޢިއްޒު ވިދާޅުވި
736 ދުވަސް ކުރިން - 22:27
އައު ރަންވޭއާއެކު 250-300 މީހުން އުފުލޭ ބޮޑެތި އެއަރކްރާފްޓްތައް ޖެއްސޭނެ. މި މަޝްރޫޢަކީ 136.6 މިލިއަން ޑޮލަރުގެ މަޝްރޫޢެކެވެ. އެއަރޕޯޓް ތަރައްޤީކޮށް ނިމުމުން އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ޚިދުމަތް ދެވޭނެ.
736 ދުވަސް ކުރިން - 20:38
މިއަދު މެންދުރުފަހު ބޭއްވުނު ބައްދަލުވުމުގައި، ރައީސް ޑރ. މުއިއްޒާއި އިންޑިއާގެ ނައިބު ރައީސް ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާ ބެހޭގޮތުން މަޝްވަރާކުރެއްވި.
736 ދުވަސް ކުރިން - 19:51
ތިލަމާލެ ބްރިޖުގެ މަސައްކަތް އަވަސްކޮށް މިހާރަށް ވުރެ އަވަހަށް ނިންމުމަށް ބާރު އަޅުއްވާނެކަމަށްވެސް ބޮޑުވަޒީރު މޯދީ ވިދާޅުވި.
736 ދުވަސް ކުރިން - 19:49