ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިންޑިއާއަށް ކުރައްވާ ފުރަތަމަ ރަސްމީ ދަޢުލަތުގެ ދަތުރުފުޅުގެ ތެރެއިން މުމްބާއީއަށް ވަޑައިގެންފިއެވެ.
މިއަދުގެ ވަގުތެއްގައި އާގްރާގެ ތާޖް މަހާލްގެ ހަނދާނީ ޓުއަރ އަށްފަހު ރައީސް މުޢިއްޒު އާއި ފަސްޓް ލޭޑީ މިހާރު ތިއްބެވީ މުމްބާއީގައެވެ.
މިއީ ދެޤައުމުގެ އިޤްތިޞާދީ އަދި ޑިޕްލޮމެޓިކް ގުޅުން އިތުރަށް ބަދަހިކުރުމަށް ރޭވިފައިވާ ޕްލޭން ތަކުގެ ތެރެއިން މުމްބާއީއަށް ކުރެއްވާ ދަތުރުފުޅެކެވެ.
މުމްބާއީގެ މި ދަތުރުފުޅުގައި ވިޔަފާރިއާއި އިންވެސްޓްމަންޓާއި އިންފްރާސްޓްރަކްޗަރ ޑިވެލޮޕްމަންޓްގެ ދާއިރާއިން އެއްބާރުލުން ފުޅާކުރުމުގެ މަޤުސަދުގައި މަތީ ފެންވަރުގެ މަޝްވަރާތަކެއް ކުރިއަށް ގެންދާނެ ކަމަށް ބެލެވެއެވެ. ރައީސް މުޢިއްޒުގެ ވެރިކަމުގައި އިންޑިއާގެ ހަލުވިކަމާއެކު ކުރިއަރަމުން އަންނަ މާކެޓްތަކުގައި ޚާއްސަކޮށް ފަތުރުވެރިކަމާއި ޓެކްނޮލޮޖީއާއި ދެމެހެއްޓެނިވި ތަރައްޤީ ފަދަ ދާއިރާތަކުގައި ރާއްޖެއިން ބައިވެރިވުން އިތުރުކުރުމަށް ކުރާ މަސައްކަތްތައް ވެސް ހިމެނެއެވެ.
ރޭ އިންޑިއާ ރައީސް ދެއްވި ޚާއްސަ ޖާފަތުގައި ރައީސް މުޢިއްޒު ވަނީ އެކަމަށް އިޝާރާތް ކުރައްވައި ވާހަކަފުޅު ދައްކަވާފައެވެ. ތަރައްޤީއަށް މުހިއްމު ބައިވެރިއެއްގެ ގޮތުގައި އިންޑިއާގެ މާލީ ރައުސުލްމާލުގެ ވެސް މުހިންމުކަން އެމަނިކުފާނު ފާހަގަ ކުރެއްވިއެވެ.
އާގްރާގެ ތާޖުމަހަލްގެ ދަތުރަށް ފަހު ކުރިއަށްގެންދާ މިދަތުރުގައި އިންޑިއާ އާއި ރާއްޖެއާ ދެމެދު އޮންނަ ގުޅުން ބޮޑުވަމުން، ވަރުގަދަވަމުން އަންނަ މަންޒަރު މިހާރު ވަނީ ފެންނަން ފަށާފައެވެ.
އިންޑިއާގެ ސަރުކާރުން ހުރިހާ ކަމެއް ބަލަހައްޓާ މި ފުރަމާނަ ދަތުރުފުޅު ކުރިއަށްދާއިރު، އެކި ދާއިރާތަކުގެ އެއްބާރުލުން އިތުރުވާނެ އެއްބަސްވުންތައް ދަނީ ބަދަލުކުރައްވަމުންނެވެ.









