އިންޑިއާގެ ދަޢުވަތަކަށް ރައީސުލް ޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އިންޑިއާއަށް ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން މުމްބާއީގައި ޚައްޞަ ބިޒްނަސް އިވެންޓެއް ބޭއްވުމަށް ހަމަޖެހިއްޖެއެވެ.
މިއަދު މުމްބާއީގައި ބާއްވާ މަތީ ފެންވަރުގެ ވިޔަފާރި އާއި ފަތުރުވެރިކަމުގެ މި އިވެންޓުގައި ރާއްޖޭގެ ޚާރިޖީ ވަޒީރު ޑރ އަބްދުالله ޚަލީލާއި ފަތުރުވެރިކަމާބެހޭ ވަޒީރު އިބްރާހިމް ފައިސަލް ބައިވެރިވެވަޑައިގަންނަވަ އެވެ. މި މަޝްވަރާތަކުގެ މަޤްޞަދަކީ ދެޤައުމުގެ އިޤްތިޞާދީ އެއްބާރުލުން އިތުރުކުރުމެވެ.
މި އިވެންޓުގައި ދެ ގައުމުގެ ފަތުރުވެރިކަމުގެ އެއްބާރުލުން އިތުރުކުރުމަށް އަމާޒު ހިފާފައިވާއިރު، މި ދާއިރާއަށް ދަތުރުފަތުރާއި އިންވެސްޓްމަންޓް އިތުރުކުރުމަށް އާ ފުރުސަތުތަކެއް ދެ ފަރާތުން ވެސް ހޯދާނެ ކަމަށް ބެލެވެ އެވެ.
ރައީސް މުޢިއްޒު އިސްވެ ހުންނަވައިގެން ރާއްޖޭގެ ވަފުދުން މަސައްކަތް ކުރަނީ އިޤްތިޞާދަށް މުހިއްމު ދާއިރާއެއް ކަމަށްވާ ޓޫރިޒަމްގެ ޕާޓްނަޝިޕް ފުޅާކުރުމަށެވެ. ވިޔަފާރިއާއި ނެޓްވޯކިން އިވެންޓްތަކުން މި ސަރަޙައްދުގެ މުހިންމު ބައިވެރިއެއްގެ ގޮތުގައި އިންޑިއާގެ މުހިންމުކަން އިތުރުވަމުންދާ އިރު، ޚާއްސަކޮށް ފަތުރުވެރިކަމާއި ވިޔަފާރި ފަދަ ދާއިރާތަކުން އިތުރަށް އެއްބާރުލުން ދެއްވުމަށް ރައީސުލް ޖުމްހޫރިއްޔާ ވަނީ އިންޑިއާގެ ސަރުކާރުގައި އެދިވަޑައިގެންފައެވެ. އޭގެތެރޭގައި ޞިއްޚީ ޚިދުމަތާއި ތަޢުލީމު ވެސް ހިމެނެއެވެ.









