އިންޑިއާ އަދިވެސް އޮތީ އިތުބާރު ކުރެވޭ ގާތް އެކުވެރިއެއްގެ ގޮތުގައި ކަމަށާ، ވިޔަފާރިއާއި ސިއްހީ ދާއިރާގެ އިތުރުން ތައުލީމީ ދާއިރާއިނ އަދިވެސް އިތުރަށް އެއްބާރުލުން ދޭން ޖެހޭ ކަމަށް ދެކެވަޑައިގަންވަނާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އިންޑިއާގެ ރައީސް ދްރޫޕަދީ މުރުމޫ އިންތިޒާމް ކުރެއްވި ރޭގަނޑުގެ ހާއްސަ ޖާފަތުގައި ރައީސް ޑރ.މުހައްމަދު މުއިއްޒު ވަނީ ރާއްޖެއާއި އިންޑިއާއާ ދެމެދު އޮތް އެކުވެރިކަމުގެ މައްޗަށް އަލިއަޅުވާލައްވާފައެވެ. އަދި އިސްވެ ދެންނެވުނު ދާއިރާތަކުގެ ސަބަބުން ދެގައުމަށް ވެސް ފައިދާވާކަން ފާހަގަކުރައްވައި ރައީސް ޑރ.މުއިއްޒު ވަނީ ވިޔަފާރި، ސިއްހީ ފަރުވާ، އަދި ތައުލީމީ ދާއިރާ ފަދަ އެކި ދާއިރާތަކުން އިންޑިއާ އިން މެދުނުކެނޑި އެއްބާރުލުން ދެމުންދާތީ ތައުރީފު ކުރައްވާފަ އެވެ. މި އެއްބާރުލުންތަކުގެ ސަބަބުން ދެގައުމަށް ވެސް ފައިދާ ވާކަން ފާހަގަކުރެއްވިއިރު، ރާއްޖޭގެ ގިނަ ބަޔަކު ތައުލީމާއި ސިއްހީ ފަރުވާގެ ބޭނުންތަކަށް އިންޑިއާއަށް ޒިޔާރަތްކުރާކަން ރައީސްގެ ވާހަކަފުޅުގައި ފާހަގަ ކުރެއްވިއެވެ.

އިންޑިއާގެ ރައީސް ދެއްވި ރޭގަނޑުގެ ހާއްސަ ޖާފަތުގައި ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވާހަކަފުޅު ދައްކަވަނީ: އެމަނިކުފާނު ވިދާޅުވީ އިންޑިއާއަކީ އިތުބާރުކުރެވޭ ބައިވެރިއެއް ކަމަށް. އެމަނިކުފާނު ބާރު އެޅުއްވީ އިންޑިއާ-މޯލްޑިވްސްގެ ގުޅުމުގެ ތެރެއިން ޚިދުމަތްތަކުގައި އިތުރަށް އެއްބާރުލުން ދިނުމަށް
އަދި ރާއްޖޭގެ ރައްޔިތުންގެ މެދުގައި އިންޑިއާގެ ސިނަމާގެ މަގުބޫލުކަން ފާހަގަކުރައްވައި، ދެގައުމުގެ ދެމެދުގައި އޮންނަ ސަގާފީ ގުޅުމަށް ވެސް ރައީސް އަލިއަޅުއްވާލެއްވި އެވެ. ޑިޕްލޮމެޓިކް ގުޅުންތަކުގެ 60 ވަނަ އަހަރީ ދުވަސް ކައިރިވަމުން އަންނައިރު، ދެގައުމުގެ ގުޅުން އިތުރަށް ބަދަހިވާނެ ކަމުގެ ޔަގީންކަން އެމަނިކުފާނު އިންޑިއާގެ ރައީސަށް ދެއްވިއެވެ. ރާއްޖެ އާއި އިންޑިއާގެ ހާރިޖީ ގުޅުމަށް 60 އަހަރު ފުރޭނީ މިފެށޭ ނޮވެމްބަރު މަހުގެ 1 ގައެވެ.
އިންޑިއާގެ އެހީތެރިކަން ފޯރުކޮށްދޭ މުހިއްމު ތަރައްގީގެ ޕްރޮޖެކްޓެއް ކަމަށްވާ ތިލަމަލާ ބްރިޖް މަޝްރޫއަށް އަލިއަޅުވާލައްވަމުން ރައީސް މުއިއްޒު ވަނީ "އިންޑިއާ-ރާއްޖެ"ގެ އެއްބާރުލުން ދެމިއޮތުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ. އަދި ރާއްޖޭގެ ފަތުރުވެރިކަމުގެ އެންމެ މަތީ އެއް މާކެޓުގެ ގޮތުގައި ދެމިއޮތް ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް އިންޑިއާއިން ކޮށްދެއްވާފައިވާ ޙިއްޞާވެސް އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.









