ޣައްޒާގެ އުތުރާއި ދެކުނުގެ އާންމުން ދިރިއުޅޭ ތަންތަނަށް އަމާޒުކޮށް އިޒުރޭލުން ދަނީ ނުރައްކާތެރި ހަމަލާތައް ދެމުން. މިހަމަލާތަކުގައި ޝަހީދުވި އެންމެންނަކީ ވެސް އާންމު ރައްޔިތުން. މީގެތެރޭގައި ގިނައީ ކުޑަކުދިން.
4 ދުވަސް ކުރިން - 14:55
ބައިނަލްއަގުވާމީ ފަރާތްތަކުން ފާހަގަކުރާ ގޮތުގައި، ޣައްޒާގައި މިހާތަނަށް 6,000 އަށްވުރެ ގިނަ މީހުންގެ ގުނަވަން ބުރިކޮށްފައިވާއިރު، މީގެ ތެރެއިން ބޮޑު ބައެއް ހިއްސާކުރަނީ އުމުރުން ހަގު ކުދިން.
11 ދުވަސް ކުރިން - 22:41
ފަލަސްތީނުގެ ސިއްހީ އިދާރާތަކުން ބުނާ ގޮތުގައި، ޚާން ޔޫނިސްގެ ދެކުނާއި ހުޅަނގުގެ އަވަށްތަކަށް އަމާޒުކޮށް ޔަހޫދީންގެ ޓޭންކުތަކުންނާއި ބަޑީގެ ބާރުގަދަ ހަމަލާތައް ދަނީ މެދުކެނޑުމެއް ނެތި ދެމުން.
17 ދުވަސް ކުރިން - 14:34
ފަލަސްތީނުގެ މެޑިކަލް އަދި ސަލާމަތީ ބާރުތަކުން މައުލޫމާތު ދޭގޮތުގައި، މި ނުރައްކާތެރި ހަމަލާގައި ގިނަ ބަޔަކު ޝަހީދު އިތުރުން މަދުވެގެން 15 މީހަކަށް ވަނީ ބޮޑެތި ޒަޚަމްތަކެއް ލިބިފަ.
20 ދުވަސް ކުރިން - 19:36
މެޝިރަީތައް ނެތުމުންނާއި ގޮވާޒާތުގެ ތަކެތި ނުގޮވައި ހުރުމުގެ ސަބަބުން މީހުން ސަލާމަތްކުރާ ފަރާތްތަކަށް އެ ސަރަހައްދުތަކަށް ވަނުމަށް ބޮޑެތި ހުރަސްތަކެއް ވަނީ ކުރިމަތިވެފަ. މިކަމުގެ ސަބަބުން ކޮންމެ ދުވަހަކުވެސް އާއިލާތަކުން ތިބެންޖެހެނީ އެމީހުންގެ އާއިލާގެ މެންބަރުންގެ ހަށިގަނޑު ފެންނާނެ ވަގުތެއްގެ އިންތިޒާރުގަ.
27 ދުވަސް ކުރިން - 14:25
އެއްބަސްވި "ޔެލޯ ލައިން" ބޯޑަރުގެ ފަހަތަށް އިސްރާއީލުގެ ސިފައިން ޖެހުމަށް ލާޒިމުކުރޭ. ނަމަވެސް ނަތަންޔާހޫ ވަނީ މި މާއްދާއަށް ފާޅުގައި އިންކާރުކޮށް، ފަލަސްތީނުގެ މިނިވަން ދައުލަތެއް ގާއިމުކުރުމުގެ އެއްވެސް ވިސްނުމެއް އިސްރާއީލުގެ ނެތްކަން ތަކުރާރުކޮށްފަ.
30 ދުވަސް ކުރިން - 07:41
މިއީ މީގެ ގާތްގަނޑަކަށް ތިން އަހަރު ކުރިން، 22 ނޮވެމްބަރު 2023 ގައި އިސްރާއީލުން ޣައްޒާ ސިޓީގެ ސަބްރާ އަވަށަށް ދިން ރަހުމްކުޑަ ބޮންއެޅުމެއްގައި ސުންނާފަތިވި ބްލޮކެއްގެ ދަށުން ފެނުނު ހަށިތަކެއް. އަދިވެސް 157 މީހުންގެ ހަށިގަނޑު ނުނެގި ތާށިވެފައި އެބަހުރި.
35 ދުވަސް ކުރިން - 17:12
ޣައްޒާގެ ހޮސްޕިޓަލްތަކުން ބޭހާއި މެޑިކަލް ސާމާނު ހުސްވަމުންދާތީ، ޒަހަމްވި 60 މީހުންނަށް ފުރާނަ ސަލާމަތްކުރެވޭފަދަ އެކަށީގެންވާ ފަރުވާއެއް ދިނުމަށް ވަނީ ވަރަށް ބޮޑަށް ހުރަސްއެޅިފަ
51 ދުވަސް ކުރިން - 13:36
އާ ސަރުކާރަކީ އެމެރިކާގެ ބާރާއި ނުފޫޒު ވަރަށް ބޮޑަށް ހިނގާނެ ސަރުކާރެއް. މައިގަނޑު ބޭނުމަކީ އިސްރާއީލުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުން. އެމެރިކާއިން އެކުލަވާލި މި ރޭވުމުގެ ސަބަބުން، އުފެދޭ އާ ސަރުކާރަކީ އިސްރާއީލަށް ނުރައްކަލެއް ނުވާނެ، "ވަފާތެރި" ސަރުކާރަކަށް ހެދުމަށް ވަނީ މަގުފަހިވެފަ.
60 ދުވަސް ކުރިން - 11:26
ޣައްޒާ ހަނގުރާމައި ހަމާސް ނައްތައެއް ނުލެވުނު. ފަލަސްތީނުގެ ގަޒިއްޔާ އެކަހެރިކޮށްލަން ކުރި މަސައްކަތުން ނުކުތީ ދިމާ އިދިކޮޅު ނަތީޖާއެއް. މިއަދު ފަލަސްތީނުގެ މިނިވަންކަމުގެ ރޫހު ދުނިޔޭގެ ސިޔާސީ ވިސްނުމުގައި ކުރިއަށްވުރެ މާ ބޮޑަށް ވަނީ ވަރުގަދަވެފަ.
67 ދުވަސް ކުރިން - 11:40
މި ހާދިސާގައި މަރުވި މީހާ އަކީ އިސްރާއީލުގެ ދިފާއީ ވުޒާރާ އާއެކު ކޮންޓްރެކްޓް ހަދައިގެން ޣައްޒާގައި އިމާރާތްތައް ތަޅާލުމުގެ މަސައްކަތް ކުރަމުންދިޔަ އަމިއްލަ ކުންފުންޏެއްގެ ބުލްޑޯޒަރު އޮޕަރޭޓަރެކެވެ.
74 ދުވަސް ކުރިން - 07:37
2023 އޮކްޓޯބަރު 7ން ފެށިގެން ޣައްޒާގައި 73,041 މީހުންނވަނީ ޝަހީދުވެފަ. ޒަޚަމްވި މީހުންގެ ޖުމްލަ ޢަދަދު ވަނީ 173,402 އަށް އުފުލިފަ. ލުބުނާނު ހަނގުރާމަ ފެށިފަހުން 4,100 އަށްވުރެ ގިނަ މީހުން ޝަހީދުވެ، 12,000 އަށްވުރެ ގިނަ މީހުން ވަނީ ޒަޚަމްވެފަ.
76 ދުވަސް ކުރިން - 22:23
އުމުރުން 70 އަހަރުގެ ޔޫސުފް ދޫކޮށްލީ 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ޣައްޒާ ހަނގުރާމަ ފެށުނު އިރު ހައްޔަރުކުރި ފަހުން ޖެހިޖެހިގެން ފަސް ފަހަރު އޭނާގެ ބަންދުގެ އަމުރު އާކުރުމަށް ފަހު އެވެ.
88 ދުވަސް ކުރިން - 13:14