Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

ބީއެމްއެލް

ބީއެމްއެލް އެކެޑަމީން މުވައްޒަފުންނަށް ތަމްރީނު ދިނުމަށް އިންސެފް ޔުނިވަރސިޓީއާއެކު އެމްއޯޔޫއެއްގައި ސޮއިކޮށްފި

ބީއެމްއެލް އެކެޑަމީން މުވައްޒަފުންނަށް ތަމްރީނު ދިނުމަށް އިންސެފް ޔުނިވަރސިޓީއާއެކު އެމްއޯޔޫއެއްގައި ސޮއިކޮށްފި

އެމްއޯޔޫގެ ދަށުން، އިސްލާމިކް ފައިނޭންސްގެ ދާއިރާއިން އިންސެފް ޔުނިވަރސިޓީން ހިންގާ ބައިނަލްއަގުވާމީ ފެންވަރުގެ ޕްރޮގްރާމްތަކާއި، އެގްޒެކެޓިވް އެޑިއުކޭޝަން، ޕްރޮފެޝަނަލް ސެޓިފިކޭޝަން އަދި ހާއްސަ ތަމްރީނުތައް ބޭންކުގެ މުވައްޒަފުންނަށް ލިބިގެންދާނެ.

6 ދުވަސް ކުރިން - 13:47

“ބީއެމްއެލްއާ ގުޅޭގޮތުން ދޮގު މައުލޫމާތު ފެތުރުމުން މުޅިގައުމަށް އޭގެ ގެއްލުން ލިބޭ”

“ބީއެމްއެލްއާ ގުޅޭގޮތުން ދޮގު މައުލޫމާތު ފެތުރުމުން މުޅިގައުމަށް އޭގެ ގެއްލުން ލިބޭ”

ބީއެމްއެލް އަކީ ދިވެހިރާއްޖޭގެ އިގުތިސާދާ ނުހަނު ބޮޑަށް ލާމެހިފައިވާ ބޭންކެއް ކަމުން، ބޭންކާ މެދު ނުރަނގަޅު ތަސައްވުރެއް އުފެއްދުމުން ދިވެހި އިގުތިސާދަށް ފޫނުބެދޭ ފަދަ ބޮޑެތި ގެއްލުންތަކެއް ލިބިދާނެ ކަމަށް ވެސް ޝަރީފް ފާހަގަކުރެއްވި.

10 ދުވަސް ކުރިން - 20:12

ޒުވާނުންނަށް ހާއްސަ "ޔޫތު އެންޓަރޕްރަނަރޝިޕް ފައިނޭންސިންގ" ތައާރަފުކޮށްފި

ޒުވާނުންނަށް ހާއްސަ "ޔޫތު އެންޓަރޕްރަނަރޝިޕް ފައިނޭންސިންގ" ތައާރަފުކޮށްފި

18-30 އަހަރާ ދެމެދުގެ ޒުވާނުންނަށް ރަހުނަކާ ނުލައި 150,000 ރުފިޔާއާ ހަމައަށް ލޯނު ލިބޭ މި ސްކީމަކީ 24 ގަޑިއިރު ތެރޭގައި ގޮތެއް ނިންމާނެ ފެސިލިޓީއެއް. 7 އިންސައްތަ އިންޓްރެސްޓްގައި ދޫކުރާ މި ލޯނާއެކު ވިޔަފާރީގެ ތަމްރީނާއި އިރުޝާދު ވެސް ލިބިގެންދާނެ.

11 ދުވަސް ކުރިން - 11:44

ބީއެމްއެލް މާސްޓަރކާޑު ބޭނުންކޮށްގެން 10،000 ރުފިޔާ ހޯދުމުގެ ފުރުސަތު ހުޅުވާލައިފި

ބީއެމްއެލް މާސްޓަރކާޑު ބޭނުންކޮށްގެން 10،000 ރުފިޔާ ހޯދުމުގެ ފުރުސަތު ހުޅުވާލައިފި

މި ޕްރޮމޯޝަނުގައި ކޮންމެ ކަސްޓަމަރަކަށްވެސް ގިނަވެގެން ލިބޭނީ ގުރުއަތުގެ ތިން އެންޓްރީ. މިގޮތުން ކުރާ ހަރަދުތަކަކީ ބީއެމްއެލްގެ ޕީއޯއެސް ޓާމިނަލްތަކުން ނުވަތަ ބީއެމްއެލް ޕޭމަންޓް ގޭޓްވޭ މެދުވެރިކޮށް ކުރާ ހަރަދުތަކަށް ވާންޖެހޭނެ. މި ޕްރޮމޯޝަން ކުރިއަށްދާނީ 6 ޖުލައި އިން ފެށިގެން 31 އޮގަސްޓް 2026 ގެ ނިޔަލަށް.

11 ދުވަސް ކުރިން - 11:27

ބޭންކް އޮފް މޯލްޑިވްސްގެ އިތުރު 7 ބުރާންޗެއް ރައީސުލްޖުމްހޫރިއްޔާ އިފްތިތާހްކޮށްދެއްވައިފި

ބޭންކް އޮފް މޯލްޑިވްސްގެ އިތުރު 7 ބުރާންޗެއް ރައީސުލްޖުމްހޫރިއްޔާ އިފްތިތާހްކޮށްދެއްވައިފި

އަލަށް ބްރާންޗުތައް ހުޅުވި ރަށްތަކަކީ: ހއ. ހޯރަފުށި, ށ. ކަނޑިތީމު, ރ. އަލިފުށި, ޅ. ހިންނަވަރު, އދ. މާމިގިލި, ގއ. ގެމަނަފުށި އަދި ލ. މާވަށް. ރައީސް ވިދާޅުވީ މިއީ ރާއްޖޭގެ އިގްތިސާދީ ކުރިއެރުމަށާއި، ވަކިން ހާއްސަކޮށް ޒުވާން ވިޔަފާރިވެރިންނަށް ފުރުސަތުތައް ފަހިކޮށްދިނުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް.

11 ދުވަސް ކުރިން - 11:20

ދެ އަހަރާއި ބައިގެ ތެރޭގައި ބީއެމްއެލްއިން 1.7 ބިލިއަން ޑޮލަރު ވިއްކައިފި

ދެ އަހަރާއި ބައިގެ ތެރޭގައި ބީއެމްއެލްއިން 1.7 ބިލިއަން ޑޮލަރު ވިއްކައިފި

މިއީ އޭގެ ކުރީގެ ދެ އަހަރާއި ބައިގެ މުއްދަތާ އަޅާބަލާއިރު 741 މިލިއަން ޑޮލަރުގެ ބޮޑު އިތުރުވުމެއް. ރާއްޖެއިން ބޭރަށް 2021 ވަނަ އަހަރު މަހަކު އެވްރެޖްކޮށް 21 މިލިއަން ޑޮލަރު ވިއްކާފައިވާއިރު، މިއަހަރުގެ ފުރަތަމަ ހަ މަސްދުވަހު އެ އަދަދު ވަނީ 80 މިލިއަން ޑޮލަރަށް އަރާފަ.

13 ދުވަސް ކުރިން - 16:00

'އެކްސެލެންސް އިން ގްރީން އެންޑް ސަސްޓެއިނަބަލް ފައިނޭންސް' އެވޯޑް ބީއެމްއެލްއަށް

'އެކްސެލެންސް އިން ގްރީން އެންޑް ސަސްޓެއިނަބަލް ފައިނޭންސް' އެވޯޑް ބީއެމްއެލްއަށް

މި އެވޯޑް ދީފައިވަނީ އެ ބޭންކުން ތިމާވެއްޓާ ރައްޓެހި، މޫސުމަށް އަންނަ ބަދަލުތަކަށް ސަމާލުކަންދޭ، އަދި ދެމެހެއްޓެނިވި އުސޫލުތަކުގެ މައްޗަށް ބިނާވެފައިވާ މާލީ ހިދުމަތްތަކާއި މަޝްރޫއުތައް ކުރިއެރުވުމަށް ކުރަމުންދާ މަސައްކަތްތަކުގެ ސަބަބުން. ދެމެހެއްޓެނިވި ތަރައްގީއާއި މޫސުމީ ކަންކަމަށް ކެތްތެރިވުމުގެ ގާބިލުކަން އިތުރުކުރުމަށް ސަރުކާރުން ވަނީ ހާއްސަ އިސްކަމެއް ދީފަ.

24 ދުވަސް ކުރިން - 07:35

އެމް.އެމް.އޭގެ "އެކްސެލެންސް އިން ޑިޖިޓަލް ފައިނޭންސް އެންޑް އިނޮވޭޝަން" އެވޯޑް ބީއެމްއެލްއަށް

އެމް.އެމް.އޭގެ "އެކްސެލެންސް އިން ޑިޖިޓަލް ފައިނޭންސް އެންޑް އިނޮވޭޝަން" އެވޯޑް ބީއެމްއެލްއަށް

މި އެވޯޑަކީ ޑިޖިޓަލް ޓެކްނޮލޮޖީ އާއި އީޖާދުތަކުގެ އެހީގައި ރާއްޖޭގެ މާލީ ހިދުމަތްތައް ޒަމާނީކުރުމަށް ބޭންކުން ކުރަމުންދާ މަސައްކަތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ދިން އެވޯޑެއް. ބީއެމްއެލްއަށް މި އެވޯޑް ލިބުނީ އެވޯޑް ލިބުނީ ރާއްޖޭގެ ބޭންކިންގ ދާއިރާ ޒަމާނީ ކުރުމަށް އެ ބޭންކުން ކޮށްފައިވާ ބޮޑެތި އިންވެސްޓްމަންޓުތަކުގެ ސަބަބުން.

24 ދުވަސް ކުރިން - 07:25

ފޯމިއުލާ 1 ސިންގަޕޫރު ގްރޭންޑް ޕްރީ ބަލާލުމުގެ ރަނގަޅު ފުރުސަތެއް ހުޅުވާލައިފި

ފޯމިއުލާ 1 ސިންގަޕޫރު ގްރޭންޑް ޕްރީ ބަލާލުމުގެ ރަނގަޅު ފުރުސަތެއް ހުޅުވާލައިފި

މި ޕްރޮމޯޝަނުގައި ބައިވެރިވެވޭނީ، އެ މުއްދަތުގެ ތެރޭގައި ބީއެމްއެލް އެމެކްސް ޕްލެޓިނަމް ކްރެޑިޓް ކާޑު ނުވަތަ އިސްލާމިކް ޕްލެޓިނަމް ކްރެޑިޓް ކާޑު ބޭނުންކޮށްގެން ރާއްޖޭގައި ވިޔަފާރިކުރާ ކަސްޓަމަރުންނަށް. ގުރުއަތުން ހޮވޭ ނަސީބުވެރި ފަރާތަކަށް، އިތުރު މީހަކާއެކު މި ހާއްސަ ތަޖުރިބާ ހޯދުމުގެ ފުރުސަތު ބޭންކުން ފޯރުކޮށްދޭނެ.

24 ދުވަސް ކުރިން - 20:45

ކަސްޓަމަރުންނަށް ފައިދާލިބޭ ގޮތަށް ޑޮލަރު އިންވެސްޓްކުރުމުގެ ފުރުސަތު ބީއެމްއެލްއިން ހުޅުވާލައިފި

ކަސްޓަމަރުންނަށް ފައިދާލިބޭ ގޮތަށް ޑޮލަރު އިންވެސްޓްކުރުމުގެ ފުރުސަތު ބީއެމްއެލްއިން ހުޅުވާލައިފި

ބީއެމްއެލް މޯބައިލް އެޕް މެދުވެރިކޮށް އޮންލައިންކޮށް ކުރެވޭ މި އިންވެސްޓްމަންޓުގެ ފައިދާ ޖެހިގެން އަންނަ ދުވަހު ލިބޭނެ. ސީއީއޯ ވިދާޅުވީ، މީގެ މަގްސަދަކީ ކާޑު މުއާމަލާތްތަކާއި އިމްޕޯޓަށް ބޭނުންވާ ޑޮލަރު ދެމެހެއްޓެނިވި ގޮތެއްގައި ހޯދައި، ކަސްޓަމަރުންނަށް މަންފާ ހޯދައިދިނުން ކަމަށް.

25 ދުވަސް ކުރިން - 22:13

ބީއެމްއެލްގެ އެފޯޑަބަލް ހައުސިން މަޝްރޫއުގެ އަދަދު 3,970 އަށް އަރައިފި

ބީއެމްއެލްގެ އެފޯޑަބަލް ހައުސިން މަޝްރޫއުގެ އަދަދު 3,970 އަށް އަރައިފި

ތަރުޖަމާނު މުންދު ވިދާޅުވީ، ހުޅުމާލެ އާއި ވިލިމާލޭގައި ކުރިއަށްދާ މި މަޝްރޫއުގެ އަމަލީ މަސައްކަތް ވަރަށް އަވަހަށް ފެށޭނެ ކަމަށް. ލީސް-ޓު-އޯން މޮޑެލްއަށް ދޫކުރާ މި ފްލެޓްތައް 2028 ގެ މެދުތެރެއަށް ނިންމުމަށް އަމާޒުކޮށްފައިވާއިރު، މިއީ ރައްޔިތުންނަށް ހެޔޮއަގުގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަޝްރޫއެއް.

28 ދުވަސް ކުރިން - 14:56

ބޭންކް ފަންޑަށް އެދި ހުށަހެޅުމުގެ މުއްދަތު އަންނަ އާދީއްތަ ދުވަހަށް ހަމަވަނީ

ބޭންކް ފަންޑަށް އެދި ހުށަހެޅުމުގެ މުއްދަތު އަންނަ އާދީއްތަ ދުވަހަށް ހަމަވަނީ

މި ފަންޑުގެ ދަށުން ހޮވޭ 5 ޖަމިއްޔާއަކަށް، ތައުލީމީ، ތިމާވެށި އަދި އިޖުތިމާއީ އެކި މަޝްރޫއުތައް ހިންގުމަށް ބޭންކުން ކޮންމެ ފަރާތަކަށް 200,000 ރުފިޔާގެ ހިލޭ އެހީ ދިނުމަށް ވަނީ ހަމަޖެހިފަ. އެޕްލިކޭޝަން ހުށަހެޅުމުގެ އެންމެ ފަހު ސުންގަޑިއަކީ 14 ޖޫންގެ މެންދުރުފަހު 2:00.

47 ދުވަސް ކުރިން - 10:07

އިގުތިސާދީ ކުރިއެރުމާއި ބީ.އެމް.އެލްގެ މާލީ ދުޅަހެޔޮކަން ފިޗުން ބަލައިގަނެފި

އިގުތިސާދީ ކުރިއެރުމާއި ބީ.އެމް.އެލްގެ މާލީ ދުޅަހެޔޮކަން ފިޗުން ބަލައިގަނެފި

މިއީ ސަރުކާރުން އިގުތިސާދީ އިސްލާހީ ފިޔަވަޅުތައް އަޅައި، ދަރަނި އަދާކުރުމާ ގުޅިގެން ރާއްޖޭގެ ސޮވަރިން ރޭޓިންގް މަތިވުމާއެކު ލިބުނު ކުރިއެރުމެއް.. މީގެން ދޭހަވަނީ ބޭންކުގެ ރައުސްމާލު ވަރުގަދަކަމާއި، ގައުމުގެ މާލީ ނިޒާމަށް ބައިނަލްއަގުވާމީ އިދާރާތަކުގެ އިތުބާރު އޮތްކަމެއް.

48 ދުވަސް ކުރިން - 09:09

12345Next