Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ބީއެމްއެލްގެ ޚިދުމަތްތައް ހަރުދަނާކުރުމަށް އިދާރީ އޮނިގަނޑަށް ބޮޑު ބަދަލެއް ގެނެސްފި

ބީއެމްއެލްގެ ޚިދުމަތްތައް ހަރުދަނާކުރުމަށް އިދާރީ އޮނިގަނޑަށް ބޮޑު ބަދަލެއް ގެނެސްފި

ހުސައިން އިސްމާއިލް
12 ގަޑިއިރު ކުރިން - 4 އޯގަސްޓް 2026 13:46
ބޭންކުގެ ސީނިއާ މެނޭޖްމެންޓުގެ މަގާމުތަކަށް ބަދަލު ގެނައި 4 މެމްބަރުން.
ބޭންކުގެ ސީނިއާ މެނޭޖްމެންޓުގެ މަގާމުތަކަށް ބަދަލު ގެނައި 4 މެމްބަރުން.
ޚުލާސާ

ސީނިއާ މެނޭޖްމަންޓް ޓީމުގެ ހަތަރު މެމްބަރަކު ކުރިއަށް އޮތް ހަ މަސް ދުވަހުގެ މުއްދަތަށް އެ ބޭފުޅުންގެ މަޤާމުތަކާ ގުޅުންހުރި އެހެން ދާއިރާތަކުގެ މަސްއޫލިއްޔަތުތަކާ ވަނީ ހަވާލުވެފަ.

ޤައުމީ ބޭންކް، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ޒިންމާދާރުކަން އިތުރުކުރުމަށާއި، ކަސްޓަމަރުންނަށް ދެމުންދާ ޚިދުމަތްތައް އިތުރަށް ފަސޭހަކޮށް ހަލުވިކުރުމުގެ މަޤްޞަދުގައި ބޭންކުގެ އިދާރީ އޮނިގަނޑަށާއި އެގްޒެކްޓިވް ޓީމުގެ ދައުރުތަކަށް މުހިންމު ބަދަލުތަކެއް ގެނެސްފިއެވެ.

ބޭންކުގެ ބޯޑު އޮފް ޑައިރެކްޓަރުންގެ ބަލައިގަތުމާއެކު މިއަދުން ފެށިގެން ޢަމަލުކުރަން ފެށި މި އާ އޮނިގަނޑުގެ ދަށުން، ސީނިއާ މެނޭޖްމަންޓް ޓީމުގެ ހަތަރު މެމްބަރަކު ކުރިއަށް އޮތް ހަ މަސް ދުވަހުގެ މުއްދަތަށް އެ ބޭފުޅުންގެ މަޤާމުތަކާ ގުޅުންހުރި އެހެން ދާއިރާތަކުގެ މަސްއޫލިއްޔަތުތަކާ ވަނީ ހަވާލުވެފައެވެ. މިގޮތުން ގެނެވުނު ބަދަލުތަކުގެ ތެރޭގައި;

  1. އައިޝަތު ޒަމްރާ ޒާހިރު ޗީފް ކޮމާޝަލް އޮފިސަރުގެ މަޤާމަށް،
  2. މޫސާ ނިމާލް ޗީފް މާކެޓިން އޮފިސަރުގެ މަޤާމަށް،
  3. ރަޝްފާ ޖައުފަރު ޗީފް ރިސްކް އޮފިސަރުގެ މަޤާމަށް އަދި
  4. ގެރީ ލޯޓަން ޗީފް ކްރެޑިޓް އޮފިސަރުގެ މަޤާމަށް ވަނީ ހަމަޖައްސާފައެވެ.

މި ބަދަލާ ގުޅޭގޮތުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރު މުހައްމަދު ޝަރީފް ވިދާޅުވީ، ބޭންކު މިވަގުތު އޮތީ މާލީގޮތުން ވަރަށް ހަރުދަނާ ހާލަތެއްގައި ކަމަށާއި، އިސް މަޤާމުތަކުގެ ދައުރުތަކަށް ވަގުތީގޮތުން މި ގެނެވުނު ބަދަލަކީ ލީޑަޝިޕް ވަރުގަދަކުރުމަށްޓަކައި ކުރެވުނު މުހިންމު އިންވެސްޓްމަންޓެއް ކަމަށެވެ. ތަޖުރިބާކާރު ވެރިންނަށް އެ ބޭފުޅުންގެ ދާއިރާއާ ގުޅުންހުރި އެހެން ދާއިރާތަކުގެ ތަޖުރިބާ ހޯދައިދިނުމަކީ، އެ ބޭފުޅުންގެ ހުނަރު އިތުރުވުމުގެ އިތުރުން މުޅި މުއައްސަސާއަށް ލިބޭނެ ވަރަށް ބޮޑު ކުރިއެރުމެއްކަން ފާހަގަކުރައްވަމުން ސީއީއޯ ވިދާޅުވީ، މިއީ ހުރިހާ ފަންތިއެއްގައި ދިވެހި ހުނަރުވެރި ވެރިން ބިނާކުރުމަށް ބޭންކުން ދޭ އަހުމިއްޔަތު ހާމަކޮށްދޭ ކަމެއް ކަމަށެވެ.

Advertisement

Advertisement 1

ބީއެމްއެލްއިން ހާމަކުރި ގޮތުގައި މިއީ ބޭންކުގެ ދެމެހެއްޓެނިވި ކުރިއެރުމަށާއި، ކަސްޓަމަރުންނާ އޮންނަ ގުޅުން އިތުރަށް ބަދަހިކޮށް، ޚިދުމަތުގެ ފެންވަރު މަތީ ދަރަޖައަކަށް ގެންދިއުމަށް އެކުލަވައިލާފައިވާ ދުރުރާސްތާގެ ސްޓްރެޓެޖިކް އަމާޒުތަކާ އެއްގޮތަށް އެޅުނު ފިޔަވަޅެކެވެ. މިއީ ބޭންކުގެ އެތެރޭގެ ހިންގުމަށް ގެނެވުނު ބަދަލުތަކަކަށް ވާތީ، ކަސްޓަމަރުންނަށް ބޭންކުން ފޯރުކޮށްދޭ ޕްރޮޑަކްޓްތަކާއި ޚިދުމަތްތަކަށް ނުވަތަ މިހާރު މުއާމަލާތް ކުރަމުންދާ އުސޫލުތަކަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށާއި، މީގެ އެންމެ ބޮޑު ބޭނުމަކީ ކަސްޓަމަރުންނަށް ފޯރުކޮށްދޭ ޚިދުމަތުގެ ފެންވަރު އިތުރަށް މަތިކުރުން ކަމަށްވެސް ބޭންކުން ބުނެއެވެ.

ބީއެމްއެލް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

އޭޝިއަން ބޭންކާސް އެސޯސިއޭޝަންގެ ޗެއާމަންކަމަށް ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފް އައްޔަންކޮށްފި

އޭޝިއަން ބޭންކާސް އެސޯސިއޭޝަންގެ ޗެއާމަންކަމަށް ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފް އައްޔަންކޮށްފި

4 ދުވަސް ކުރިން - 19:04

ސަފާރީ އުޅަނދުތަކަށް ހާއްސަ "ލިވަބޯޑް ފައިނޭންސް" އެންމެ ކުޑަ އިންޓްރެސްޓް ރޭޓާއެކު ބީއެމްއެލް އިން ތައާރަފުކޮށްފި

ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސެއް ބީއެމްއެލް އިން ތައާރަފުކޮށްފި

6 ދުވަސް ކުރިން - 18:31

ބީއެމްއެލް އެކެޑަމީން މުވައްޒަފުންނަށް ތަމްރީނު ދިނުމަށް އިންސެފް ޔުނިވަރސިޓީއާއެކު އެމްއޯޔޫއެއްގައި ސޮއިކޮށްފި

ބީއެމްއެލް އެކެޑަމީން މުވައްޒަފުންނަށް ތަމްރީނު ދިނުމަށް އިންސެފް ޔުނިވަރސިޓީއާއެކު އެމްއޯޔޫއެއްގައި ސޮއިކޮށްފި

15 ދުވަސް ކުރިން - 13:47

ބީއެމްއެލްއާ ގުޅޭގޮތުން ދޮގު މައުލޫމާތު ފެތުރުމުން މުޅި ގައުމަށް އޭގެ ގެއްލުން ލިބޭ: ބީއެމްއެލް ސީއީއޯ

“ބީއެމްއެލްއާ ގުޅޭގޮތުން ދޮގު މައުލޫމާތު ފެތުރުމުން މުޅިގައުމަށް އޭގެ ގެއްލުން ލިބޭ”

20 ދުވަސް ކުރިން - 20:12

ޒުވާނުންނަށް ހާއްސަ "ޔޫތު އެންޓަރޕްރަނަރޝިޕް ފައިނޭންސިންގ" ތައާރަފުކޮށްފި: ލޯނަށް އެދޭތާ 24 ގަޑިއިރު ތެރޭގައި ގޮތެއް ނިންމާނެ

ޒުވާނުންނަށް ހާއްސަ "ޔޫތު އެންޓަރޕްރަނަރޝިޕް ފައިނޭންސިންގ" ތައާރަފުކޮށްފި

20 ދުވަސް ކުރިން - 11:44

ބީއެމްއެލް މާސްޓަރކާޑު ބޭނުންކޮށްގެން 10،000 ރުފިޔާ ހޯދުމުގެ ފުރުސަތު ހުޅުވާލައިފި

ބީއެމްއެލް މާސްޓަރކާޑު ބޭނުންކޮށްގެން 10،000 ރުފިޔާ ހޯދުމުގެ ފުރުސަތު ހުޅުވާލައިފި

20 ދުވަސް ކުރިން - 11:27