Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

ބީއެމްއެލް

ރިޕޯޓް: ޒަރޫރީ ބޭނުންތަކަށް ރަސްމީ ރޭޓުގައި ދިވެހިންނަށް ޑޮލަރު ލިބޭ

ރިޕޯޓް: ޒަރޫރީ ބޭނުންތަކަށް ރަސްމީ ރޭޓުގައި ދިވެހިންނަށް ޑޮލަރު ލިބޭ

ދަތުރުވެރިންނަށް ކޮންމެ މީހަކަށް 500 ޑޮލަރު ވިއްކުމުގެ އިތުރުން، ބޭސްފަރުވާއަށް ފުރާ ފަރާތްތަކަށް 1،000 އިން 2،000 އާ ދެމެދުގެ އަދަދަކަށް ޑޮލަރު ދޫކުރޭ. އަދި ބޭރުގައި ކިޔަވާ ދަރިވަރުންގެ ކާޑު ލިމިޓް 1،200 ޑޮލަރަށް ވަނީ ބޮޑުކޮށްފައި.

16 ދުވަސް ކުރިން - 14:50

ކުދި ވިޔަފާރިތަކަށް އަމާޒުކޮށްގެން ބީއެމްއެލް އިން ހާއްސަ ސެޝަނެއް ބާއްވައިފި

ކުދި ވިޔަފާރިތަކަށް އަމާޒުކޮށްގެން ބީއެމްއެލް އިން ހާއްސަ ސެޝަނެއް ބާއްވައިފި

މި ބައްދަލުވުމުގައި ވިޔަފާރި އެކައުންޓްތަކާއި، ބިޒްނަސް ކާޑުތައް އަދި އަލިޕޭ+ ފަދަ ޕޭމަންޓް ހިދުމަތްތަކުގެ ޢަމަލީ މަޢުލޫމާތު ވަނީ ދީފަ. އަދި ބައިވެރިންގެ ސުވާލުތަކަށް ޖަވާބުދީ މަޝްވަރާކުރެވުނު. މި ސެޝަނުގެ ބޭނުމަކީ ކުދި ވިޔަފާރިތައް ކުރިއެރުވުމަށް ބޭންކިންގ ހިދުމަތްތައް ފަސޭހަކޮށްދިނުން

22 ދުވަސް ކުރިން - 08:48

އިމްތިހާން ފީ އޮންލައިންކޮށް ދެއްކުމުގައި ދިމާވާ މައްސަލަތަކަށް ބީއެމްއެލްއިން އިރުޝާދު ދީފި

އިމްތިހާން ފީ އޮންލައިންކޮށް ދެއްކުމުގައި ދިމާވާ މައްސަލަތަކަށް ބީއެމްއެލްއިން އިރުޝާދު ދީފި

ބީއެމްއެލްއިން ވަނީ ޕޭމަންޓް ފެއިލްވެއްޖެ ނަމަ ނުވަތަ އެހެންވެސް މައްސަލައެއް ދިމާވެއްޖެ ނަމަ އަމަލުކުރަންވީ ގޮތްތައް ވަރަށް ސާފުކޮށް ބަޔާންކޮށްފަ. މައްސަލަ ހައްލުނުވާނަމަ، ބީއެމްއެލްގެ ސަޕޯޓް ޗެނަލަށް ގުޅުމަށް ވަނީ އިރުޝާދުދީފަ.

26 ދުވަސް ކުރިން - 20:27

ބީއެމްއެލްގެ މެއިންޓަނެންސް މަސައްކަތަކަށް މިރޭ ބައެއް ހިދުމަތްތައް މެދުކެނޑެނީ

ބީއެމްއެލްގެ މެއިންޓަނެންސް މަސައްކަތަކަށް މިރޭ ބައެއް ހިދުމަތްތައް މެދުކެނޑެނީ

މި މަސައްކަތް ކުރިއަށް ދާނީ އޮގަސްޓް 7 ވާ ހުކުރު ދުވަހުގެ ދަންވަރު 12:00 އިން ފެށިގެން އޮގަސްޓް 8 ވާ ހޮނިހިރު ދުވަހުގެ ފަތިހު 3:45 އާ ހަމައަށް. މުއްދަތުގައި އާންމުކޮށް ވިޔަފާރިކުރުމަށާއި އޭޓީއެމް މެދުވެރިކޮށް ފައިސާ ނެގުމަށް ބޭނުންކުރާ ކާޑުގެ ހިދުމަތްތައް މެދުކެނޑުމެއްނެތި ލިބޭނެ.

33 ދުވަސް ކުރިން - 14:26

ބީއެމްއެލްގެ ޚިދުމަތްތައް ހަރުދަނާކުރުމަށް އިދާރީ އޮނިގަނޑަށް ބޮޑު ބަދަލެއް ގެނެސްފި

ބީއެމްއެލްގެ ޚިދުމަތްތައް ހަރުދަނާކުރުމަށް އިދާރީ އޮނިގަނޑަށް ބޮޑު ބަދަލެއް ގެނެސްފި

ސީނިއާ މެނޭޖްމަންޓް ޓީމުގެ ހަތަރު މެމްބަރަކު ކުރިއަށް އޮތް ހަ މަސް ދުވަހުގެ މުއްދަތަށް އެ ބޭފުޅުންގެ މަޤާމުތަކާ ގުޅުންހުރި އެހެން ދާއިރާތަކުގެ މަސްއޫލިއްޔަތުތަކާ ވަނީ ހަވާލުވެފަ.

36 ދުވަސް ކުރިން - 13:46

އޭޝިއަން ބޭންކާސް އެސޯސިއޭޝަންގެ ޗެއާމަންކަމަށް ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފް އައްޔަންކޮށްފި

އޭޝިއަން ބޭންކާސް އެސޯސިއޭޝަންގެ ޗެއާމަންކަމަށް ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފް އައްޔަންކޮށްފި

މީގެ ކުރިންވެސް ޝަރީފް ވަނީ އެ އެސޯސިއޭޝަންގައި މަސައްކަތް ކުރައްވާފަ. އޭޝިއަން ބޭންކާސް އެސޯސިއޭޝަނަކީ އޭޝިއާ ސަރަހައްދުގެ ބޭންކުތަކުގެ މެދުގައި ގުޅުން ބަދަހިކޮށް، ބޭންކިންގ ދާއިރާ ކުރިއެރުވުމަށް މަސައްކަތްކުރާ އެންމެ ބޮޑު އެއް ޖަމިއްޔާ.

40 ދުވަސް ކުރިން - 19:04

ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސެއް ބީއެމްއެލް އިން ތައާރަފުކޮށްފި

ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސެއް ބީއެމްއެލް އިން ތައާރަފުކޮށްފި

މި ފެސިލިޓީ ފަރުމާކޮށްފައިވަނީ ސަފާރީ އުޅަނދުފަހަރު ގަތުމަށާއި، އަލަށް ބަނުމަށާއި، އިންޖީނު އެޅުމުގެ އިތުރުން މަރާމާތުކުރުމަށް. ފައިސާ އަނބުރާ ދައްކަންޖެހޭނީ ޕީކް ސީޒަނާއި އޮފް-ޕީކް ސީޒަނަށް ބަލައިގެން، އާމްދަނީ ލިބޭ ގޮތަށް ރިއާޔަތްކޮށްގެން. އަދި ފައިސާ އަނބުރާ ދައްކަންޖެހޭނީ ޑޮލަރުން.

42 ދުވަސް ކުރިން - 18:31

ބީއެމްއެލް އެކެޑަމީން މުވައްޒަފުންނަށް ތަމްރީނު ދިނުމަށް އިންސެފް ޔުނިވަރސިޓީއާއެކު އެމްއޯޔޫއެއްގައި ސޮއިކޮށްފި

ބީއެމްއެލް އެކެޑަމީން މުވައްޒަފުންނަށް ތަމްރީނު ދިނުމަށް އިންސެފް ޔުނިވަރސިޓީއާއެކު އެމްއޯޔޫއެއްގައި ސޮއިކޮށްފި

އެމްއޯޔޫގެ ދަށުން، އިސްލާމިކް ފައިނޭންސްގެ ދާއިރާއިން އިންސެފް ޔުނިވަރސިޓީން ހިންގާ ބައިނަލްއަގުވާމީ ފެންވަރުގެ ޕްރޮގްރާމްތަކާއި، އެގްޒެކެޓިވް އެޑިއުކޭޝަން، ޕްރޮފެޝަނަލް ސެޓިފިކޭޝަން އަދި ހާއްސަ ތަމްރީނުތައް ބޭންކުގެ މުވައްޒަފުންނަށް ލިބިގެންދާނެ.

51 ދުވަސް ކުރިން - 13:47

“ބީއެމްއެލްއާ ގުޅޭގޮތުން ދޮގު މައުލޫމާތު ފެތުރުމުން މުޅިގައުމަށް އޭގެ ގެއްލުން ލިބޭ”

“ބީއެމްއެލްއާ ގުޅޭގޮތުން ދޮގު މައުލޫމާތު ފެތުރުމުން މުޅިގައުމަށް އޭގެ ގެއްލުން ލިބޭ”

ބީއެމްއެލް އަކީ ދިވެހިރާއްޖޭގެ އިގުތިސާދާ ނުހަނު ބޮޑަށް ލާމެހިފައިވާ ބޭންކެއް ކަމުން، ބޭންކާ މެދު ނުރަނގަޅު ތަސައްވުރެއް އުފެއްދުމުން ދިވެހި އިގުތިސާދަށް ފޫނުބެދޭ ފަދަ ބޮޑެތި ގެއްލުންތަކެއް ލިބިދާނެ ކަމަށް ވެސް ޝަރީފް ފާހަގަކުރެއްވި.

56 ދުވަސް ކުރިން - 20:12

ޒުވާނުންނަށް ހާއްސަ "ޔޫތު އެންޓަރޕްރަނަރޝިޕް ފައިނޭންސިންގ" ތައާރަފުކޮށްފި

ޒުވާނުންނަށް ހާއްސަ "ޔޫތު އެންޓަރޕްރަނަރޝިޕް ފައިނޭންސިންގ" ތައާރަފުކޮށްފި

18-30 އަހަރާ ދެމެދުގެ ޒުވާނުންނަށް ރަހުނަކާ ނުލައި 150,000 ރުފިޔާއާ ހަމައަށް ލޯނު ލިބޭ މި ސްކީމަކީ 24 ގަޑިއިރު ތެރޭގައި ގޮތެއް ނިންމާނެ ފެސިލިޓީއެއް. 7 އިންސައްތަ އިންޓްރެސްޓްގައި ދޫކުރާ މި ލޯނާއެކު ވިޔަފާރީގެ ތަމްރީނާއި އިރުޝާދު ވެސް ލިބިގެންދާނެ.

56 ދުވަސް ކުރިން - 11:44

ބީއެމްއެލް މާސްޓަރކާޑު ބޭނުންކޮށްގެން 10،000 ރުފިޔާ ހޯދުމުގެ ފުރުސަތު ހުޅުވާލައިފި

ބީއެމްއެލް މާސްޓަރކާޑު ބޭނުންކޮށްގެން 10،000 ރުފިޔާ ހޯދުމުގެ ފުރުސަތު ހުޅުވާލައިފި

މި ޕްރޮމޯޝަނުގައި ކޮންމެ ކަސްޓަމަރަކަށްވެސް ގިނަވެގެން ލިބޭނީ ގުރުއަތުގެ ތިން އެންޓްރީ. މިގޮތުން ކުރާ ހަރަދުތަކަކީ ބީއެމްއެލްގެ ޕީއޯއެސް ޓާމިނަލްތަކުން ނުވަތަ ބީއެމްއެލް ޕޭމަންޓް ގޭޓްވޭ މެދުވެރިކޮށް ކުރާ ހަރަދުތަކަށް ވާންޖެހޭނެ. މި ޕްރޮމޯޝަން ކުރިއަށްދާނީ 6 ޖުލައި އިން ފެށިގެން 31 އޮގަސްޓް 2026 ގެ ނިޔަލަށް.

56 ދުވަސް ކުރިން - 11:27

ބޭންކް އޮފް މޯލްޑިވްސްގެ އިތުރު 7 ބުރާންޗެއް ރައީސުލްޖުމްހޫރިއްޔާ އިފްތިތާހްކޮށްދެއްވައިފި

ބޭންކް އޮފް މޯލްޑިވްސްގެ އިތުރު 7 ބުރާންޗެއް ރައީސުލްޖުމްހޫރިއްޔާ އިފްތިތާހްކޮށްދެއްވައިފި

އަލަށް ބްރާންޗުތައް ހުޅުވި ރަށްތަކަކީ: ހއ. ހޯރަފުށި, ށ. ކަނޑިތީމު, ރ. އަލިފުށި, ޅ. ހިންނަވަރު, އދ. މާމިގިލި, ގއ. ގެމަނަފުށި އަދި ލ. މާވަށް. ރައީސް ވިދާޅުވީ މިއީ ރާއްޖޭގެ އިގްތިސާދީ ކުރިއެރުމަށާއި، ވަކިން ހާއްސަކޮށް ޒުވާން ވިޔަފާރިވެރިންނަށް ފުރުސަތުތައް ފަހިކޮށްދިނުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް.

56 ދުވަސް ކުރިން - 11:20

ދެ އަހަރާއި ބައިގެ ތެރޭގައި ބީއެމްއެލްއިން 1.7 ބިލިއަން ޑޮލަރު ވިއްކައިފި

ދެ އަހަރާއި ބައިގެ ތެރޭގައި ބީއެމްއެލްއިން 1.7 ބިލިއަން ޑޮލަރު ވިއްކައިފި

މިއީ އޭގެ ކުރީގެ ދެ އަހަރާއި ބައިގެ މުއްދަތާ އަޅާބަލާއިރު 741 މިލިއަން ޑޮލަރުގެ ބޮޑު އިތުރުވުމެއް. ރާއްޖެއިން ބޭރަށް 2021 ވަނަ އަހަރު މަހަކު އެވްރެޖްކޮށް 21 މިލިއަން ޑޮލަރު ވިއްކާފައިވާއިރު، މިއަހަރުގެ ފުރަތަމަ ހަ މަސްދުވަހު އެ އަދަދު ވަނީ 80 މިލިއަން ޑޮލަރަށް އަރާފަ.

58 ދުވަސް ކުރިން - 16:00

12345Next