ފާއިތުވި 10 އަހަރު ތެރޭގައި ގައުމީ ޓީމުގެ އެންމެ އަގުހުރި ކުޅުންތެރިޔާގެ ގޮތުގައި ގާއިމްވެފައިވާ މިޑްފީލްޑަރު ވަނީ ފްރާންސްގެ ގައުމީ ޓީމަށް ޖެހިޖެހިގެން 84 މެޗު ކުޅުމުގެ ރެކޯޑެއް ގާއިމްކޮށްފަ. ގްރީޒްމަން އަކީ އެ ޓީމުގެ ހުރިހާ ވަގުތެއްގައި ވެސް ގޯލް ޖެހި ހަތަރު ވަނަ ކުޅުންތެރިޔާ.
753 ދުވަސް ކުރިން - 15:51
ސުޕަ ކަޕް 2024 ގެ ފިރިހެން އަދި އަންހެން ބައިގެ ޗެމްޕިއަންކަން ސްރީ ލަންކާގެ އީގަލްސް ކުލަބުން ހޯދައިފި. ރޭ ފިރިހެން ބައިގައި ލަންކާގެ އީގަލްސް އިން ވަނީ ރެޑްވިންގްސް ބަލިކޮށް ތަށި ހޯދިއިރު އީގަލްސްގެ އަންހެން ޓީމު ވަނީ އިއްޔެ ހަވީރު ކުއީންސް ބަލިކޮށް ތަށި ހޯދާފަ. މި މުބާރާތް ކުރިއަށް ގެންދިޔައީ ޒުވާނުންގެ މަރުކަޒުގައި.
753 ދުވަސް ކުރިން - 07:04
ސަރުކާރުގެ މާލީ ހާލަތު ރަނގަޅުވުމާއެކު ، ކުރިން ފަސްކުރި ސްޕޯޓްސް އެވޯޑްސް 2024 މި މަހުގެ 17 ގައި ބޭއްވުމަށް ނިންމައިފި ކަމަށް މިނިސްޓްރީން އިއުލާން ކޮށްފި. 18 އެސޯސިއޭޝަނަކުން ބައިވެރިވިއިރު ޕޮއިންޓް ދިނުމުގައި "އޭއައި" ގެ ބޭނުން ހިފާފައިވޭ.
753 ދުވަސް ކުރިން - 06:29
ރާއްޖޭގެ 20 އަހަރުން ދަށުގެ ޓީމް އޭޝިއަން ކަޕް ކޮލިފައިންގ ގައި ލެސްޓޭ އަތުން ވެސް ބަލިވެ ގުރޫޕްގެ ފުލަށް ދާން ޖެހުނު އެއް ސަބަބަކީ ކުޅުންތެރިންގެ ކިބައިގައި ފުޓުބޯޅައިގެ އަސްލު ރޫހާއި ޑިސިޕްލިން ނެތުމެވެ. މިއީ ދިވެހި ފުޓުބޯޅައިގައި ދިމާވެފައިވާ ބޮޑު މައްސަލައެވެ. އަނެއް ސަބަބަކީ މުހިންމު ގިނަ ކުޅުންތެރިން އޭލެވެލް އިމްތިހާނަށް ޓަކައި ޓީމާއެކު ބައިވެރި ނުވާތީއެވެ.
753 ދުވަސް ކުރިން - 06:18
ސަޕޯޓަރުން އެއްޗެހި އުކުމުން ކުޅުން ވަގުތީގޮތުން ހުއްޓާލަން ޖެހުނު މެޗުގައި ރިއަލް މެޑްރިޑް އެތުލެޓިކޯއިން އެއްވަރުކޮށްލީ ރިއަލް ލަނޑެއް ޖަހާފައި ވަނިކޮށް. ލީގުގައި ބާސެލޯނާ އެއްވަނައިގައި އޮތްއިރު ރިއަލްގެ ފަހަތުން އެތުލެޓިކޯ އޮތީ ތިންވަނައިގަ
754 ދުވަސް ކުރިން - 15:33
މި މުބާރާތުގައި ރާއްޖޭގެ އެކި ހިސާބުތަކުން ގިނަ އަދަދެއްގެ އެތުލީޓުން ބައިވެރިވެ، 5 ކިލޯމީޓަރާއި 3 ކިލޯމީޓަރުގެ ކެޓަގަރީން ވެސް ވާދަކުރި
754 ދުވަސް ކުރިން - 05:44
ގައުމަށް އެނބުރި ނުދާންވެގެން މިހާރު ސައުތު އެފްރިކާގައި ހުރި ބަންގްލަދޭޝަގެ އެންމެ މޮޅު ކުޅުންތެރިޔާ ޝަކީބުލް ހަސަން ބުނީ އިންޑިއާއާއި ދެކޮޅަށް ކުޅޭ ޓީ-20 ޓެސްޓު މެޗަށްފަހު އޭނާ ކުރިކެޓުން އިސްތިއުފާ ދޭނެ ކަމަށް. ބަންގްލަދޭޝްގައި ހިނގި މުޒާހަރާ ތަކާއި ގުޅިގެން މީހެއްގެ މަރުގެ މައްސަލައިގައި އޭނާއަށް ތުހުމަތު ކުރާއިރު، އޭނާއަކީ ހަސީނާގެ ޕާޓީގެ މަޖިލިސް މެމްބަރެއް
754 ދުވަސް ކުރިން - 05:44
ސީޖީއެފް އޭޝިއާ އެންޑް އޯޝޭނިއާ ރީޖަނަލް މީޓިން ހުޅުވުމުގެ ރަސްމިއްޔާތަށްފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން މިނިސްޓަރު ރާފިއު ވަނީ ސީޖީއެފްގެ ފަރާތުން މަޝްރޫޢުތަކަށް އެއްބާރުލުން ލިބޭނެ ކަމަށް ވިދާޅުވެފައި. މި އެހީގެ ސަބަބުން ލަނޑުދަނޑިތައް ކުރިއެރުވުމަށާއި އެތުލީޓުންނަށް ރަނގަޅު ފުރުސަތުތަކެއް ހޯދައިދެވޭނެ ކަމަށް ރަފީއު ވިދާޅުވި.
756 ދުވަސް ކުރިން - 15:57
އޭނާ ސަސްޕެންޑްކުރީ ދެމެޗަށް. އެހެންކަމުން ކުރިޔަށް އޮތް ކޮލިފައިން މެޗުގައި ވެނެޒުއެލާ އާއި ބޮލީވިއާއާ ދެކޮޅަށް އޭނއަކަށް ނުކުޅެވޭނެ. ސަސްޕެންޑް ކުރަން ޖެހުނީ ޗިލީ އާއި ކޮލަމްބިއާއާ ދެކޮޅަށް ކުޅުނު މެޗުގައި ، މިދިޔަ ވޯލްޑްކަޕްގައި ދެއްކި އަޚުލާގީ ފެންވަރު ދަށް އަމަލު ތަކުރާރު ކުރުމުން
756 ދުވަސް ކުރިން - 12:20
މި ބައްދަލުވުމަކީ ރާއްޖޭގެ ކުޅިވަރު ދާއިރާއަށް ވަރަށް މުހިންމު ބައްދަލުވުމެއް ކަމަށް އަދި ކުރިއަށް އޮތް ތަނުގައި ސީޖީއެފްއާއެކު ގާތް ގުޅުމެއް ބޭއްވުމަށް އުއްމީދުކުރައްވާ ކަމަށްވެސް ވަޒީރު ރާފިއު ވިދާޅުވި.
756 ދުވަސް ކުރިން - 12:16
6 ޕޮއިންޓާއެކު ޔަމަން ގުރޫޕްގެ އެއްވަނައިގައި އޮތްއިރު ދެވަނައިގައި އިންޑޮނޭޝިއާ އޮތީ 3 ޕޮއިންޓާއެކު. ރާއްޖެ ގުރޫޕް ފުލުގައި އޮތީ 7 ލަނޑުގެ ގެއްލުމާއެކު އެއްވެސް ޕޮއިންޓެއް ނުލިބި
757 ދުވަސް ކުރިން - 15:19
ބާސާގެ އެއްނަމްބަރު ކީޕަރަށް އަނިޔާވެ ސީޒަން ނިމުމާއި ގުޅިގެން އެޓީމަށް ތަޖުރިބާކާރު ކީޕަރެއް ހޯދުމަށް ކުރަމުންދާ މަސައްކަތުގައި ޝެޒްނީ އާއެކު ވަނީ ވާހަކަ ދެކެވިފައި. އޭނާ މިހާރު ދަނީ ބާސެލޯނާއާއި ގުޅުމަށްޓަކައި މެޑިކަލްތައް ހަދަމުން
757 ދުވަސް ކުރިން - 09:47