ސްވިމިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން އިންތިޒާމްކޮށްގެން ބޭއްވި 15ވަނަ ޤައުމީ އޯޕަން ވޯޓަރ ސްވިމިންގ މުބާރާތް 2024 ކާމިޔާބުކަމާއެކު ކުޑަ ގިރި ޕިކްނިކް އައިލެންޑްގައި ނިންމާލައިފިއެވެ. މި މުބާރާތުގައި ރާއްޖޭގެ އެކި ހިސާބުތަކުން ގިނަ އަދަދެއްގެ އެތުލީޓުން ބައިވެރިވެ، 5 ކިލޯމީޓަރާއި 3 ކިލޯމީޓަރުގެ ކެޓަގަރީން ވެސް ވާދަކުރި އެވެ.
5 ކިލޯމީޓަރުގެ ބައިން ފިރިހެން ޑިވިޝަންގެ ގައުމީ ޗެމްޕިއަންކަން މުހައްމަދު ރިހާން ޝިހާމް ހޯދިއިރު، އަންހެން ޑިވިޝަންގެ ޗެމްޕިއަންކަން ހޯދީ އަޔާނާ އަރީފް އެވެ. އެ ޑިވިޝަނުން ރަނަރަޕްގެ މަގާމު ހޯދީ ޔާސީން މުހައްމަދު ޔޫސުފް އާއި އައިޝަތު އަލީނާ ޝާހިދެވެ.

3 ކިލޯމީޓަރުގެ ޖޫނިއާ ކެޓަގަރީއިން ގައުމީ ޖޫނިއާ ޗެމްޕިއަންކަން ހޯދީ ދާނިޔަލް އަމީން ފައިސަލް އާއި ޒޯހާ އަޒްލީ ނަސީމެވެ. ރަނަރަޕްގެ ޝަރަފު ހޯދީ އިބްރާހިމް ޖޫދް ހުސައިނާއި ޒަހާ ޒައިދުލް ޚަލީލެވެ.

ނަތީޖާތައް:
- 5ކިލޯމީޓަރު:
- ފިރިހެން ޗެމްޕިއަން: މުހައްމަދު ރިހާން ޝިހާމް
- އަންހެން ޗެމްޕިއަން: އަޔާނާ އަރީފް
- ފިރިހެން ރަނަރަޕް: ޔާސީން މުހައްމަދު ޔޫސުފް
- އަންހެން ރަނަރަޕް: އައިޝަތު އަލީނާ ޝާހިދު
- ފިރިހެން ދެވަނަ ރަނަރަޕް: މުބާލް އައްޒާމް އިބްރާހިމް
- އަންހެން ދެވަނަ ރަނަރަޕް: ލައިބާ ހަސަން މަނިކު
- 3ކިލޯމީޓަރު (ޖޫނިއަރ ކެޓަގަރީ):
- ފިރިހެން ޗެމްޕިއަން: ދާނިޔަލް އަމީން ފައިސަލް
- އަންހެން ޗެމްޕިއަން: ޒޯހާ އަޒްލީ ނަސީމް
- ފިރިހެން ރަނަރަޕް: އިބްރާހިމް ޖޫދް ހުސެއިން
- އަންހެން ރަނަރަޕް: ޒަހާ ޒައިދުލް ޚަލީލް
- ފިރިހެން ދެވަނަ ރަނަރަޕް: ޒާކިން އަޝްރަފް
- އަންހެން ދެވަނަ ރަނަރަޕް: މަރިޔަމް މައިސަމް ނިޔާޒް






