މީގެ ކުރިން ފުޓްބޯޅައިން ރިޓަޔާކުރިކަން އިއުލާންކުރި ޕޮލެންޑްގެ ކީޕަރު ވޮސިއެޗް ޝެޒްނީ އަލުން ފުޓުބޯޅައިގެތެރެއަށް ވަންނަން މަސައްކަތް ފަށައިފިއެވެ. މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި އޭނާ އެނބުރި ކުޅުމަށް އަންނަނީ ބާސެލޯނާގެ އެއްވަނަ ކީޕަރު ޖަރުމަނުގެ މާކް އެންދްރޭ ޓާ ސްޓެގެންއަށް އަނިޔާވުމާއި ގުޅިގެން ސީޒަންގެ ބާކީ އޮތް ބައިގައި އޭނާގެ އެހީ ބާސާއަށް ނުލިބޭތީވެ، އެޓީމުން އެދުނު އެދުމަކަށެވެ.
ބާސެލޯނާގެ ކޯޗު ހެންސީ ފްލިކް ވަނީ މި މުހިންމު ދުވަސްވަރު ޓީމަށް ސަޕޯޓް ދިނުމަށް ތަޖުރިބާކާރު ކީޕަރެއް ބޭނުންވާ ކަމަށް ފާހަގަކޮށްފައެވެ. "އިނާކީ ޕެނާ އަކީ މޮޅު ކީޕަރެއް ނަމަވެސް އޭނާގެ އުމުރުން އަދިވެސް 25 އަހަރު ކަމުން ތަޖުރިބާކާރު ކައުންޓަރޕާޓެއް ބޭނުންވާ،" ފްލިކް ބުންޏެވެ. އޭނާ ވަނީ ޝެޒްނީއާއެކު މަޝްވަރާތައް ކުރެވިފައިވާކަން ކަށަވަރުކޮދީފައެވެ. އަދި ވަރަށް އަވަހަށް ގޮތެއް ނިންމާނެ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ.
2017 ވަނަ އަހަރު ޔުވެންޓަސްއާ ގުޅުނު ޝެޒްނީ ރިޓަޔާ ކުރަން އިއުލާން ކުރީ ކޮންޓްރެކްޓްގައި ބާކީ އެއް އަހަރު އޮއްވާ އޮގަސްޓް މަހު އެވެ. ޔުވެންޓަސްގައި ހޭދަކުރި ދުވަސްވަރު އޭނާ ވަނީ މުހިންމު ދައުރެއް އަދާކޮށް، އިޓަލީ ލީގު ތިން ފަހަރު އަދި އިޓަލީ ކަޕް ތިން ފަހަރު ކާމިޔާބުކޮށްފަ އެވެ. މީގެ އިތުރުން އޭނާ ވަނީ ޕޮލެންޑްގެ ގައުމީ ޓީމަށް 250 މެޗު ކުޅެފައެވެ.








