Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ބާސެލޯނާއިން ނިއުކާސަލް ބަލިކޮށް ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލަށް ދަތުރުކޮށްފި

ބާސެލޯނާއިން ނިއުކާސަލް ބަލިކޮށް ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލަށް ދަތުރުކޮށްފި

އައިޝަތު ރުވާ ރިފްޢަތު
121 ދުވަސް ކުރިން - 19 މާޗް 2026 05:27
މެޗަށް ފަހު ބާސެލޯނާ އުފާފާޅުކުރަނީ---
މެޗަށް ފަހު ބާސެލޯނާ އުފާފާޅުކުރަނީ---
ޚުލާސާ

ދެ މެޗުގެ އެގްރިގޭޓުން ބާސެލޯނާ މޮޅުވެފައިވަނީ 2-8 ގެ ނަތީޖާއިން. ކުއާޓާ ފައިނަލުގައި ބާސެލޯނާ ވާދަކުރަންޖެހޭނީ ވާދަވެރި އެތުލެޓިކޯ މެޑްރިޑާ.

ޔޫއެފާ ޗެމްޕިއަންސް ލީގުގެ ގަދަ 16 ގެ ދެވަނަ ލެގުގައި ބާސެލޯނާއިން އިނގިރޭސިވިލާތުގެ ނިއުކާސަލް ޔުނައިޓެޑް 7-2 ގެ ތަފާތު ބޮޑު ނަތީޖާއަކުން ބަލިކޮށް، މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގަ ހޯދައިފި އެވެ.

މި ފޯރިގަދަ މެޗުގައި ބާސެލޯނާގެ ފަރާތުން ފެނިގެންދިޔައީ ވަރަށް ވަރުގަދަ ކުޅުމެކެވެ. މެޗުގެ ފުރަތަމަ ލަނޑު ޖަހައި ބާސެލޯނާއަށް ލީޑު ހޯދައިދިނީ 6 ވަނަ މިނެޓުގައި ރަފިންހާ އެވެ. ނަމަވެސް، 15 ވަނަ މިނެޓުގައި ނިއުކާސަލްގެ އެންތަނީ އެލަންގާ ލަނޑެއް ޖަހައި ނަތީޖާ އެއްވަރުކުރި އެވެ.

ބާސެލޯނާއިން އަލުން ލީޑު ނެގީ 18 ވަނަ މިނެޓުގައި މާކް ބާނަލް ކާމިޔާބުކުރި ލަނޑުންނެވެ. އެކަމަކު، 28 ވަނަ މިނެޓުގައި އެލަންގާ ވަނީ އޭނާގެ ދެވަނަ ލަނޑު ޖަހައި އަނެއްކާވެސް ނަތީޖާ ހަމަހަމަކޮށްފަ އެވެ. ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ތެރޭގައި (7+45 މިނެޓުގައި) ލިބުނު ޕެނަލްޓީއަކުން ލަމިން ޔަމާލް ވަނީ ބާސެލޯނާއަށް އަލުން ލީޑު ހޯދައިދީފަ އެވެ.

Advertisement

Advertisement 1

ދެވަނަ ހާފުގައި ބާސެލޯނާއިން ވަނީ ކުޅުން އިތުރަށް ވަރުގަދަކޮށް، ނިއުކާސަލްގެ ގޯލަށް ނުރައްކާކޮށްފަ އެވެ. އެގޮތުން 51 ވަނަ މިނެޓުގައި ފާމިން ލޮޕޭޒް ލަނޑެއް ޖެހިއިރު، ތަޖުރިބާކާރު ފޯވާޑް ރޮބާޓް ލެވަންޑޮސްކީ ވަނީ 56 ވަނަ މިނެޓާއި 61 ވަނަ މިނެޓުގައި ދެ ލަނޑު ކާމިޔާބުކޮށްފަ އެވެ. ބާސެލޯނާގެ ފަހު ލަނޑު 72 ވަނަ މިނެޓުގައި ޖަހައިދިނީ މެޗުގެ ފުރަތަމަ ލަނޑުވެސް ކާމިޔާބުކުރި ރަފިންހާ އެވެ.

ނިއުކާސަލް ދަނޑުގައި ކުޅުނު ފުރަތަމަ ލެގު ވަނީ 1-1 އިން އެއްވަރުވެފަ އެވެ. މި ބޮޑު މޮޅާއެކު ބާސެލޯނާ ކުއާޓާ ފައިނަލަށް ދަތުރުކުރިއިރު، ވާދަކުރަންޖެހޭނީ ވާދަވެރި އެތުލެޓިކޯ މެޑްރިޑާ އެވެ.

ބާސެލޯނާނިއުކާސަލްޗެމްޕިއަންސް ލީގު
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

އާސެނަލްގެ އުންމީދުތައް ޗިސްޗިސް ކޮށްލައި ޖެހިޖެހިގެން ދެވަނަ ފަހަރަށް ޕީއެސްޖީ ޔޫރަޕުގެ ރަސްކަމަށް އަތުވެއްޖެ

އާސެނަލްގެ އުންމީދުތައް ޗިސްޗިސް ކޮށްލައި ޕީއެސްޖީ އަނެއްކާވެސް ޔޫރަޕުގެ ރަސްކަމަށް

48 ދުވަސް ކުރިން - 00:00

ފުރަތަމަ ފަހަރަށް ޔޫރަޕުގެ ރަސްކަމުގެ ތާޖު އާސެނަލްއަށް ލިބިދާނެބާ؟

ފުރަތަމަ ފަހަރަށް ޔޫރަޕުގެ ރަސްކަމުގެ ތާޖު އާސެނަލްއަށް ލިބިދާނެބާ؟

48 ދުވަސް ކުރިން - 14:46

ޕްރިމިއަރ ލީގު 2025-26: އެންމެ ކާމިޔާބު އަދި އެންމެ ހިތްދަތިވި ޓީމުތަކަކީ ކޮބާ؟

ޕްރިމިއަރ-ލީގުގައި ކާމިޔާބީއާއި ހިއްދައްޗާ ކުރިމަތިލި ޓީމުތަކަކީ ކޮބާ؟

53 ދުވަސް ކުރިން - 13:01

ރެފްރީގެ ފުރިހަމަ ލޯތްބާއި ކުލުނާއެކު ޕީއެސްޖީން ޗެމްޕިއަންސް ލީގު ފައިނަލަށް

ރެފްރީގެ ފުރިހަމަ އެހީތެރިކަމާއެކު ޕީއެސްޖީ ފައިނަލަށް

72 ދުވަސް ކުރިން - 02:00

އާސެނަލް 20 އަހަރަށްފަހު ޗެމްޕިއަންސް ލީގުގެ ފައިނަލަށް

އާސެނަލް 20 އަހަރަށްފަހު ޗެމްޕިއަންސް ލީގުގެ ފައިނަލަށް

73 ދުވަސް ކުރިން - 01:52

ވީއޭއާރްގެ ނިންމުމަކާއެކު އާސެނަލް މޮޅުވިޔަނުދީ އެތުލެޓިކޯ އިން ހިފަހައްޓައިފި

އާސެނަލް މޮޅުވިޔަނުދީ އެތުލެޓިކޯ އިން ހިފަހައްޓައިފި

78 ދުވަސް ކުރިން - 17:18