Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

މަރުގެ މައްސަލައަކާއިހެދި ބަންގާޅުގެ ތަރި އަދި ޕާލިމެންޓް މެމްބަރު ކްރިކެޓް ކުޅުން ހުއްޓާލަނީ

މަރުގެ މައްސަލައަކާއިހެދި ބަންގާޅުގެ ތަރި އަދި ޕާލިމެންޓް މެމްބަރު ކްރިކެޓް ކުޅުން ހުއްޓާލަނީ

އުސްތާޛް މުޙައްމަދު ޢަލީ
664 ދުވަސް ކުރިން - 30 ސެޕްޓެންބަރު 2024 05:44
ޝަކީބުލް ހަސަން - މުޒާހަރާތަކުގެ ތެރެއިން މީހަކު މަރާލި މައްސަލައިގައި އޭނާގެ ނަން ވަނީ ލިސްޓު ކުރެވިފައި
ޝަކީބުލް ހަސަން - މުޒާހަރާތަކުގެ ތެރެއިން މީހަކު މަރާލި މައްސަލައިގައި އޭނާގެ ނަން ވަނީ ލިސްޓު ކުރެވިފައި
ޚުލާސާ

ގައުމަށް އެނބުރި ނުދާންވެގެން މިހާރު ސައުތު އެފްރިކާގައި ހުރި ބަންގްލަދޭޝަގެ އެންމެ މޮޅު ކުޅުންތެރިޔާ ޝަކީބުލް ހަސަން ބުނީ އިންޑިއާއާއި ދެކޮޅަށް ކުޅޭ ޓީ-20 ޓެސްޓު މެޗަށްފަހު އޭނާ ކުރިކެޓުން އިސްތިއުފާ ދޭނެ ކަމަށް. ބަންގްލަދޭޝްގައި ހިނގި މުޒާހަރާ ތަކާއި ގުޅިގެން މީހެއްގެ މަރުގެ މައްސަލައިގައި އޭނާއަށް ތުހުމަތު ކުރާއިރު، އޭނާއަކީ ހަސީނާގެ ޕާޓީގެ މަޖިލިސް މެމްބަރެއް

ބަންގްލަދޭޝްގެ ކްރިކެޓް ތަރި އަދި ޝޭޚު ހަސީނާގެ އަވާމީ ލީގުގެ ޕާލިމެންޓު މެމްބަރު ޝަކީބުލް ހަސަން ކްރިކެޓް ކުޅުން ހުއްޓާލަން ނިންމައިފިއެވެ. ޚަބަރުތައް ބުނާ ގޮތުގައި އުމުރުން 37 އަހަރުގެ މި ކުޅުންތެރިޔާ މިކަން އިޢުލާންކުރީ ބަންގްލަދޭޝްގެ މިހާރުގެ ސިޔާސީ މަސްރަހުގެ ނާމާންކަމާއި ގުޅިގެން ޤައުމުން ބޭރުގައި ހުރެގެންނެވެ.

ޝަކީބުލް ހަސަންގެ ނަން ވަނީ އެ ގައުމުގައި ހިނގި މަރުގެ މައްސަލައެއްގައި ތުހުމަތު ކުރެވޭ 155 މީހުންގެ ލިސްޓެއްގައި ހިމެނިފައެވެ. މިކަމާއި ގުޅިގެން އޭނާގެ ސަލާމަތަށް ކަންބޮޑުވާ ކަމަށް ބުނެ، އެނބުރި ގައުމަށް ދިއުމަށް ޝަކީބުލް ހަސަން ވަނީ ފަސްޖެހިފައެވެ.

"އަހަރެންނަކީ ބަންގްލަދޭޝްގެ ރައްޔިތެއް. ބަންގްލަދޭޝްއަށް ދިއުމުގައި މައްސަލައެއް ނެތް. ނަމަވެސް އެތަނަށް ގޮސް، ގާތް ރައްޓެހިންނާއި އާއިލާ މިކަމުގައި އަހަރެންގެ ސަލާމަތަށް ނުރައްކާވާތީ ކަންބޮޑުވޭ،" ޝަކީބުލް ހަސަން ބުންޏެވެ.

Advertisement

Advertisement 1

ޝަކީބުލް ހަސަން ބުނި ގޮތުގައި މި ނިންމުން ނިންމީ ވިސްނުންތެރިކަމާއެކު ކަމަށާއި މިކަމުގައި ބަންގްލަދޭޝް ކްރިކެޓް ބޯޑުގެ ލީޑަރޝިޕާ ވެސް މަޝްވަރާ ކޮށްފައިވެއެވެ.

ޝަކީބުލް ހަސަން ބުުނީ ސައުތު އެފްރިކާގައި އިންޑިއާ އާއި ދެކޮޅަށް ކުޅޭ ޓީ-20 އިންޓަރނޭޝަނަލް ޓެސްޓު މެޗަށްފަހު އޭނާ ރިޓޔާ ކުރާނެ ކަމަށެވެ. 

އޭނާ ބުނީ ބަންގްލަދޭޝްގެ މިހާރުގެ ސިޔާސީ ހާލަތާއި ގުޅިގެން އޭނާ އެނބުރި ގައުމަށް ދާނެކަން ކަށަވަރެއް ނޫނެވެ.

އިންޑިއާ އާއި ބަންގްލަދޭޝް ބައްދަލުކުރާ ދެވަނަ ޓެސްޓު މެޗުގައި ކުޅިވަރުން ރިޓަޔާ ކުރާއިރު އި ޝަކީބު ވަނީ 69 ޓެސްޓް ކުޅެ 4،453 ލަނޑު ހަދައި 242 ވިކެޓް ނަގައިފަ އެވެ.

ބަންގްލަދޭޝްކްރިކެޓް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

"އަހަރެން ހައްޔަރުވެސް ކޮށްފާނެ ނުވަތަ މަރާވެސް ލަފާނެ، ނަމަވެސް އެނބުރި ގައުމަށް ދާން ނިންމައިފިން": ޝެއިހް ހަސީނާ

ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ހަސީނާ ކޯޓަށް ހާޒިރުވާން ނިންމަވައިފި

15 ދުވަސް ކުރިން - 16:10

ބަންގްލަދޭޝްގެ ހިތްތައް އާޖެންޓީނާގެ ނުލާއި ހުދު ކުލައިން ފަތަހަކުރި ސަބަބު

ބަންގްލަދޭޝްގެ ހިތްތައް އާޖެންޓީނާގެ ނުލާއި ހުދު ކުލައިން ފަތަހަކުރި ސަބަބު

24 ދުވަސް ކުރިން - 13:33

އަވަށްޓެރި އިންޑިއާ އާއި ބަންގްލަދޭޝް އީދު ފާހަގަކުރާނީ މާދަމާ

އަވަށްޓެރި އިންޑިއާއާއި ބަންގްލަދޭޝް އީދު ފާހަގަކުރާނީ މާދަމާ

60 ދުވަސް ކުރިން - 13:09

ދިގުރަށު އަލިފާނުގެ ހާދިސާއާ ގުޅިގެން ރައީސް, ބަންގްލަދޭޝްގެ ބޮޑުވަޒީރަށް ތައުޒިޔާ ފޮނުއްވައިފި

ރައީސުލްޖުމްހޫރިއްޔާ, ބަންގްލަދޭޝްގެ ބޮޑުވަޒީރަށް ތައުޒިޔާ ފޮނުއްވައިފި

130 ދުވަސް ކުރިން - 15:10

ދިގުރަށު އަލިފާނުގެ ހާދިސާގައި މަރުވި ދެ ބިދޭސީއެއްގެ ހަށިގަނޑު ބަނގުލަދޭޝަށް ގެންދަނީ

އަލިފާނުގައި މަރުވި 2ބިދޭސީއެއްގެ ހަށިގަނޑު ގައުމަށް ފޮނުވާލަނީ

132 ދުވަސް ކުރިން - 15:42

މޯލްޑިވިއަނުން ބަންގުލަދޭޝް ދަތުރުތައް އަލުން ފަށައިފި

މޯލްޑިވިއަނުން ބަންގުލަދޭޝް ދަތުރުތައް ފަށައިފި

135 ދުވަސް ކުރިން - 16:58