Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ފަސްކުރި ސްޕޯޓްސް އެވޯޑްސް 2024 މިމަހުގެ 17ވަނަ ދުވަހު ބޭއްވުމަށް ނިންމައިފި

ފަސްކުރި ސްޕޯޓްސް އެވޯޑްސް 2024 މިމަހުގެ 17ވަނަ ދުވަހު ބޭއްވުމަށް ނިންމައިފި

އުސްތާޛް މުޙައްމަދު ޢަލީ
706 ދުވަސް ކުރިން - 1 އޮކްޓޫބަރު 2024 06:29
މޯލްޑިވިސް ސްޕޯޓްސް އެވޯޑްސް 2024 އާއި ގުޅޭ ގޮތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން / ފޮޓޯ: މިނިސްޓްރީ
މޯލްޑިވިސް ސްޕޯޓްސް އެވޯޑްސް 2024 އާއި ގުޅޭ ގޮތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން / ފޮޓޯ: މިނިސްޓްރީ
ޚުލާސާ

ސަރުކާރުގެ މާލީ ހާލަތު ރަނގަޅުވުމާއެކު ، ކުރިން ފަސްކުރި ސްޕޯޓްސް އެވޯޑްސް 2024 މި މަހުގެ 17 ގައި ބޭއްވުމަށް ނިންމައިފި ކަމަށް މިނިސްޓްރީން އިއުލާން ކޮށްފި. 18 އެސޯސިއޭޝަނަކުން ބައިވެރިވިއިރު ޕޮއިންޓް ދިނުމުގައި "އޭއައި" ގެ ބޭނުން ހިފާފައިވޭ.

ކުޅިވަރުގެ ދާއިރާއިން މިދިޔަ އަހަރުގެ އެންމެ މޮޅު އެތުލީޓުންނާއި ޓެކްނިކަލް އޮފިޝަލުން ހޮވުމަށް ބާއްވާ "މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް 2024" މި މަހުގެ 17 ވަނަ ދުވަހު ބޭއްވުމަށް ނިންމާފައިވާ ކަމަށް މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓުން އިއުލާނު ކޮށްފިއެވެ.

މި އެވޯޑް ހަފުލާ ކުރިން ތާވަލުކޮށްފައިވަނީ މިދިޔަ ޖުލައި މަހުގެ ހަތަރުވަނަ ދުވަހުއެވެ. ނަމަވެސް، ސަރުކާރުން މާލީ ހާލަތު ރަނގަޅުކުރުމަށް އެޅި މުހިންމު ފިޔަވަޅުތަކާ ގުޅިގެން އެވޯޑް ހަފުލާގެ މަސައްކަތްއޭރު ފަސްކުރަން ޖެހުނެވެ.

މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވިއެވެ. "ސަރުކާރުގެ އިސްނެގުމުގެ ދަށުން، މާލީ ހާލަތު ރަނގަޅުކުރުމަށް އެޅި ފިޔަވަޅުތަކުގެ ސަބަބުން، އަޅުގަނޑުމެންނަށް މިހާރު މި ވަނީ މި މުހިންމު ހަފުލާ ބޭއްވުމުގެ ފުރުސަތު ލިބިފަ. މިއީ ދިވެހި ދިވެހި އެތުލީޓުންނާއި ޓެކްނިކަލް އޮފިޝަލުންގެ ހުނަރާއި ކާމިޔާބީތައް ފާހަގަކޮށް، އެ ފަރާތްތަކަށް ހައްގު ގަދަރު ލިބިދިނުމުގެ މުހިންމު ފުރުސަތެއް."

Advertisement

Advertisement 1

މިނިސްޓްރީން އިތުރަށް ހާމަކުރި ގޮތުގައި، ރާއްޖޭގެ 18 ކުޅިވަރު އެސޯސިއޭޝަނަކުން މި ފަހަރުގެ އެވޯޑަށް ނަން ހުށަހަޅާފައިވެއެވެ. އަދި ކުޅުންތެރިންގެ ތަފާސްހިސާބުތަކަށް ޕޮއިންޓް ދިނުމުގައި "އޭއައި" ގެ ބޭނުން ހިފާފައިވާކަން ފާހަގަކޮށްފައިވެއެވެ. މިއީ ސަރުކާރުގެ ޑިޖިޓަލައިޒޭޝަން އެޖެންޑާއާ އެއްގޮތަށް އަދި ހަމަހަމަކަމާއެކު ކުރިއަށްގެންދެވޭ ކަމެއްކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.

މިދިޔަިޔަ އަހަރަކީ ރާއްޖޭގެ ކުޅިވަރުގައި ފާހަގަކޮށްލެވޭ އަހަރެއްކަން މިނިސްޓްރީން ފާހަގަކޮށްފައިވެއެވެ. އިންޑިއަން އޯޝަން އައިލޭންޑް ގޭމްސް (އައިއޯއައިޖީ) އާއި އޭޝިއަން ގޭމްސްގެ އިތުރުން ބައިނަލްއަގުވާމީ ގިނަ މުބާރާތްތަކެއްގައި ދިވެހި އެތުލީޓުންނާއި ޓީމުތައް ވާދަކޮށް، ފާހަގަކޮށްލެވޭ ކާމިޔާބީތަކެއް ހޯދާފައިވާކަން ބަޔާނުގައި ފާހަގަކޮށްފައިވެއެވެ. މިދިޔަ ދެ އަހަރު ދިން ސްޕޯޓްސް ފޮޓޯގްރަފީ އެވޯޑުގެ ބަދަލުގައި މިފަހަރު ދިނުމަށް ނިންމާފައިވަނީ ސްޕޯޓްސް ވިޝުއަލް އާޓިސްޓް އޮފް ދަ އިޔަރގެ ނަމުގައި އެވޯޑެވެ. އެކަމަކު އެހެން އެވޯޑުތަކަށް މި ފަހަރު އެއްވެސް ބަދަލެއް އައިސްފައެއް ނުވެއެވެ.

މޯލްޑިވްސް ސްޕޯޓްސް އެވޯޑުގެ ޖަޖުން ޕެނަލްގައި ހިމެނެނީ:

  • ގައުމީ ބާސްކެޓްބޯޅަ ޓީމުގެ ކުރީގެ ކުޅުންތެރިޔާ އަބްދުލް ނާފިއު ތައުފީގު
  • ފީފާ އާއި އޭއެފްސީގެ މެޗު ކޮމިޝަަނަރު އަޙްމަދު ޝާހިރު
  • ކުރީގެ ފީފާ ރެފުރީ އަލީ ސަލީމް
  • ޓޭބަލް ޓެނިސް އެސޯސިއޭޝަންގެ ކުރީގެ ޖެނެރަލް ސެކްރެޓަރީ އިސްމާޢީލް ސުޖާއު
  • އަދި ގައުމީ ސްޕޯޓްސް ކައުންސިލުގެ މެންބަރު އާމިނަތު ނާޝިދު

ސްޕޯޓްސް މިނިސްޓްރީސްޕޯޓްސް އެވޯޑްސް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

އަހަރުގެ އެންމެ މޮޅު ކުޅުންތެރިންނަށް ދީމާ, މުންސިފް, އަޒްނީން އަދި އީމާ

އަހަރުގެ އެންމެ މޮޅު ކުޅުންތެރިންނަށް އެވޯޑު ދީފި

203 ދުވަސް ކުރިން - 17:05

މިދިޔަ އަހަރުގެ ކުޅިވަރު އެވޯޑު ހަފްލާ މިއަހަރުގެ ފަހުކޮޅަށް

2025ގެ ކުޅިވަރު އެވޯޑު ހަފްލާ މިއަހަރުގެ ފަހުކޮޅަށް

205 ދުވަސް ކުރިން - 15:12

ރިޒޭ އަކީ ޕްރިމިއާ ލީގުގައި 100 ގޯލު ޖެހި ހަމައެކަނި ކުޅުންތެރިޔާ

ރާއްޖޭގެ އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔަކަށް ރިޒޭ

689 ދުވަސް ކުރިން - 11:18

ރާއްޖޭގެ އެންމެ މޮޅު އެތުލީޓުންގެ އެވޯޑް ދީމާ އާއި ޝައްފާނަށް

އެންމެ މޮޅު އެތުލީޓުންނަށް ދީމާ އާއި ޝައްފާން

689 ދުވަސް ކުރިން - 03:17

ސްޕޯޓްސް އެވޯޑްސް 2024: ފުޓްބޯޅަ، އެތުލެޓިކްސް، އަދި ބެޑްމިންޓަން ކެޓަގަރީތަކުގެ ތެރެއިން އެންމެ މޮޅު އެތުލީޓުން ނޮމިނޭޓްވެއްޖެ

ސްޕޯޓްސް އެވޯޑްސް 2024: އެތުލީޓުންގެ ނަން އިއުލާންކޮށްފި

700 ދުވަސް ކުރިން - 06:21