އަހަރުގެ އެންމެ މޮޅު ކުޅުންތެރިންނަށް ދީމާ, މުންސިފް, އަޒްނީން އަދި އީމާ

މަރްޔަމް މާޙީ | 10 ގަޑިއިރު ކުރިން - 16 ފެބްރުއަރީ 2026 17:05
2024ވަނަ އަހަރުގެ އެންމެ މޮޅު ކުޅުންތެރިން--- ފޮޓޯ: ރައީސް އޮފީސް
2024ވަނަ އަހަރުގެ އެންމެ މޮޅު ކުޅުންތެރިން--- ފޮޓޯ: ރައީސް އޮފީސް
ޚުލާސާ

މޯލްޑިވްސް ސްޕޯޓްސް އެވޯޑު 2024ގައި އެންމެ މޮޅު ކުޅުންތެރިންނަށް ދީމާ, މުންސިފް, އަޒްނީން އަދި އީމާ

މޯލްޑިވްސް ސްޕޯޓްސް އެވޯޑު 2024ގައި އެންމެ މޮޅު ކުޅުންތެރިންނަށް، ފާތިމަތު ދީމާ ސައީދާއި, މޫސާ މުންސިފް އަހްމަދާއި, އަޒުނީން ރަޝާދު އަދި އީމާ އަބްދުއްސައްތާރު ހޮވިއްޖެއެވެ.

މި އެވޯޑުތައް ހާވާލުކޮށްފައިވަނީ ރޭ ބޭއްވި މޯލްޑިވްސް ސްޕޯޓްސް އެވޯޑު 2024 ހަފްލާގައެވެ.

އެންމެ މޮޅު ކުޅުންތެރިން ހޮވައިފައިވަނީ ދެ ދާއިރާއަކުންނެވެ. އެގޮތުން އޮލިމްޕިކް ކުޅިވަރުތަކުން އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ފާތިމަތު ދީމާ ސައީދާއި, މޫސާ މުންސިފް އަހްމަދެވެ. މި ދެ ކުޅުންތެރިންނަކީ ވެސް ޓޭބަލް ޓެނިސް ކުޅުންތެރިންނެވެ.

ދީމާއަކީ ފާއިތުވެދިޔަ ތިން އަހަރު ވެސް އެންމެ މޮޅު ކުޅުންތެރިޔާއެވެ. އަދި އެންމެ މޮޅު ފިރިހެން އެތުލީޓްގެ އެވޯޑަށް ހޮވުނު މުންސިފް އަކީ ސައުތު އޭޝިއާގެ އޮލިމްޕިކްސް ކޮލިފައިން މުބާރާތުގެ ކުއާޓާ ފައިނަލްގައި ވާދަކޮސްފައިވާ ކުޅުންތެރިއެކެވެ

އަދި ނަންއޮލިމްޕިކް ސްޕޯޓްސްގެ ތެރެއިން އެންމެ މޮޅު އެތުލީޓުންނަށް ބޮޑީބިލްޑިން ތަރި އަޒުނީން ރަޝާދު އަދި ނެޓްބޯޅަ ތަރި އީމާ އަބްދުއްސައްތާރު ވަނީ ހޮވިފައެވެ.

އެގޮތުން އީމާ އަކީ 2024 ވަނަ އަހަރު ނެޓްބޯޅައިން އެކިއެކި ފާހަގަކޮށްލެވޭ ކާމިޔާބީތައް ހޯދައިފައިވާ ކުޅުންތެރިއެކެވެ.

މި ކުޅުންތެރިންނަށް އެވޯޑު ހަވާލުކޮށްދެއްވީ ރައީސް ޑރ މުހައްމަދު މުއިއްޒު އެވެ.

Ad
Ad
TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%