Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ދިއްދޫ ފުޓްބޯޅަ ދަނޑު ތަރައްގީކުރުމަށް އެމްޓީސީސީއާ ހަވާލުކޮށްފި

ދިއްދޫ ފުޓްބޯޅަ ދަނޑު ތަރައްގީކުރުމަށް އެމްޓީސީސީއާ ހަވާލުކޮށްފި

މަރްޔަމް މާޙީ
96 ދުވަސް ކުރިން - 4 މާޗް 2026 13:53
ހއ. ދިއްދޫ ފުޓްބޯޅަ ދަނޑު ތަރައްޤީކުރުމުގެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކުރުން--- ފޮޓޯ: އެމްޓީސީސީ
ހއ. ދިއްދޫ ފުޓްބޯޅަ ދަނޑު ތަރައްޤީކުރުމުގެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކުރުން--- ފޮޓޯ: އެމްޓީސީސީ
ޚުލާސާ

ޖުމްލަ 28.50 މިލިއަން ރުފިޔާގެ މި މަޝްރޫޢަކީ 360 ދުވަހުގެ ތެރޭގައި ނިންމުމަށް އެމްޓީސީސީއާ ހަވާލުކުރެވިފައިވާ މަސައްކަތެއް

ހއ. ދިއްދޫ ފުޓްބޯޅަ ދަނޑު ތަރައްގީކުރުމުގެ މަޝްރޫއު ސަރުކާރުން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ރަސްމީކޮށް ހަވާލުކޮށްފިއެވެ.

މިނިސްޓްރީ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަންގައި އިއްޔެ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި، މި މަޝްރޫއުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު ފަޔާޒެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޖަމްޝީދެވެ.

މި މަޝްރޫއުގެ ދަށުން ކުރިއަށްގެންދަން ހަމަޖެހިފައިވާ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި ފުޓްބޯޅަ ދަނޑުގެ ސަބްބޭސް ތައްޔާރުކުރުމާއި، ޓަރފް އަޅައި ޕިޗު ތައްޔާރުކުރުމާއި، ބައުންޑަރީ ފާރު ރޭނުމާއި، ފެންސް ޖެހުމުގެ އިތުރުން ލައިޓިން ސިސްޓަމް ގާއިމުކުރުމާއި ރޮސްޓްރަމް އިމާރާތްކުރުން ހިމެނެއެވެ.

Advertisement

Advertisement 1

ޖުމްލަ 28.50 މިލިއަން ރުފިޔާގެ މި މަޝްރޫއަކީ 360 ދުވަހުގެ ތެރޭގައި ނިންމުމަށް އެމްޓީސީސީއާ ހަވާލުކުރެވިފައިވާ މަސައްކަތެކެވެ.

ހއ. އަތޮޅުގެ ވެރިކަން ކުރާ ރަށް ކަމަށްވާ ދިއްދޫއަކީ 4,186 މީހުންގެ އާބާދީއެއް އޮންނަ ރަށެކެވެ.

މި މަޝްރޫއު ނިމި ބޭނުންކުރަން ފެށުމުން، އެ ރަށުގެ ރައްޔިތުންނަށް ދުޅަހެޔޮ ސިއްހަތެއްގައި ދެމިތިބުމަށާއި އިޖުތިމާއީ ގުޅުން ބަދަހިކުރުމަށް ގިނަގުނަ ފުރުސަތުތަކެއް ފަހިވެ، ކުޅިވަރުގެ ދާއިރާއިން ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދާނެއެވެ.

ހއ. ދިއްދޫމިނިސްޓްރީ އޮފް ޔޫތު އެމްޕަވަމަންޓް، ސްޕޯޓްސް އެންޑް ފިޓްނަސްއެމްޓީސީސީ
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ފަރެސްމާތޮޑާގެ ފުޓްބޯޅަ ދަނޑުގެ ހުރިހާ މަސައްކަތެއް އެމްޓީސީސީން ނިންމާލައިފި

ފަރެސްމާތޮޑާގެ ފުޓްބޯޅަ ދަނޑުގެ ހުރިހާ މަސައްކަތެއް އެމްޓީސީސީން ނިންމާލައިފި

5 ދުވަސް ކުރިން - 17:03

އއ. ފެރިދޫގައި ފުލުހުންގެ އައު އިމާރާތް ހުޅުވައިފި

އއ. ފެރިދޫގައި ފުލުހުންގެ އައު އިމާރާތް ހުޅުވައިފި

6 ދުވަސް ކުރިން - 07:07

ބޮޑުތަކުރުފާނު މަގުގެ އުތުރު ފަރާތް ތަރައްގީކުރުމުގެ 75 އިންސައްތަ މަސައްކަތް ނިމިއްޖެ

ބޮޑުތަކުރުފާނު މަގުގެ އުތުރު ފަރާތް ތަރައްގީކުރުމުގެ %75 މަސައްކަތް ނިމިއްޖެ

7 ދުވަސް ކުރިން - 20:41

ފިނޭ ޕޮލިސް ޕޯސްޓުގެ ހުރިހާ މަސައްކަތެއް ނިންމާލައިފި

ފިނޭ ޕޮލިސް ޕޯސްޓުގެ ހުރިހާ މަސައްކަތެއް ނިންމާލައިފި

8 ދުވަސް ކުރިން - 15:02

އާރް.ޓީ.އެލް ފެރީގައި އުފުލޭނީ ގިނަވެގެން ދެ ދާގީނާކަން އެމްޓީސީސީން ހަނދުމަކޮށްދީފި

އާރް.ޓީ.އެލް ފެރީގައި އުފުލޭނީ ގިނަވެގެން ދެ ދާގީނާ

14 ދުވަސް ކުރިން - 22:02

ބޮޑުތަކުރުފާނު މަގު ތަރައްގީކުރުމުގެ މަޝްރޫއުގެ 68 އިންސައްތަ މަސައްކަތް ނިމިއްޖެ

ބޮޑުތަކުރުފާނުމަގު ތަރައްގީކުރުމުގެ މަޝްރޫއުގެ %68 މަސައްކަތް ނިމިއްޖެ

22 ދުވަސް ކުރިން - 15:36