ރާއްޖޭގެ އަތޮޅުތައް 6 ޒޯނަކަށް ބަހާލައި، ކުޅިވަރާއި ހަށިހެޔޮކަމުގެ ދާއިރާއިން ލީޑަރުން ތަމްރީނުކުރުމަށް "ހަށިހެޔޮ ރާއްޖެ" ޕްރޮގްރާމްގެ ނަމުގަ ދުޅަހެޔޮ މުޖުތަމަޢެއް ބިނާކުރުމުގެ މަޤްޞަދުގައި ކުޅުދުއްފުށި ސިޓީގައި ޕްރޮގްރާމެއް ނައިބު ރައީސް އިފްތިތާހްކޮށްފި،
701 ދުވަސް ކުރިން - 20:59
"ހަށިހެޔޮ ރާއްޖެ" ޕްރޮގްރާމް ފެށުމަށް ކުޅުދުއްފުށީގައި ބޭއްވުނު ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޤައުމަށް އާމްދަނީ ލިބޭނެ އެތައް މަގެއް މިހާރު ފަހިވަމުންދާކަމަށާއި، ރައްޔިތުންނަށް އުފާވެރި އަދި ފާގަތި ދުވަސްތަކެއް އަންނަމުންދާކަމަށް ނައިބު ރައީސް ވިދާޅުވެއްޖެ.
701 ދުވަސް ކުރިން - 20:54
ޓީޖީއެސްޓީ، ގްރީން ޓެކްސް، އަދި އެއަރޕޯޓު ޑިވެލޮޕްމަންޓް ފީ އާއި ޑިޕާޗަރ ޓެކްސް އިތުރުކުރެވޭ ގޮތަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރި ތިން ބިލެއް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަޞްދީޤުކުރައްވައިފި.
701 ދުވަސް ކުރިން - 20:44
އީކޯ ފްރެންޑްލީ އަދި ރީޖެނެރޭޓިވް ޓޫރިޒަމްގައި ރާއްޖެއިން ހޯދާފައިވާ ކުރިއެރުންތަކަށް އަލިއަޅުވާލައްވަމުން މިނިސްޓަރު ފައިސަލް އިލްތިމާސްކުރެއްވީ ޤުދުރަތީ ވަޞީލަތްތައް ޙިމާޔަތް ކުރުމަށާއި ދެމެހެއްޓެނިވި ގޮތެއްގައި އަވަސް މަސައްކަތްތަކެއް ކުރުމަށް.
702 ދުވަސް ކުރިން - 17:51
ޤައުމީ ކުޅިވަރު ފަންޑު ޤާއިމްކުރުމަށް ރައީސް ނިންމެވީ އިއްޔެ އޮތް ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކު. މި ފަންޑު ޤާއިމުކުރެއްވުމަށް ނިންމެވީ، ދިވެހި ކުޅުންތެރިންނާއި އެތުލީޓުން އިތުރުކޮށް، ކުޅިވަރު ކުރިއަރުވައި ކުޅިވަރު ޢާއިލާ ބާރުވެރިކުރުވުމުގެ މަޤްޞަދުގަ.
702 ދުވަސް ކުރިން - 16:02
މަސް އާލާކުރުމާއި އެކުއަކަލްޗާގެ ހުނަރުތައް މެދުވެރިކޮށް ދެމެހެއްޓެނިވި އާމްދަނީއެއް ހޯދުމަށް ބޭސިކް އެކުއަލްޗަރ ކޯހެއް ފިޝަރީޒް މިނިސްޓްރީން ކ. މަނިޔަފުށީގައި ފަށައިފި.
702 ދުވަސް ކުރިން - 15:40
ސަރުކާރުގެ ޚަރަދުގައި ގެ އަޅައިދިނުމަށްވުރެ ރައްޔިތުންނަށް ރަނގަޅުވެފައި އަދި ގިނަ ބަޔަކަށް އެހީތެރިކަން ފޯރުކޮށްދެވޭނެ އެންމެ ރަނގަޅު ގޮތަކީ ގެދޮރު ޢިމާރާތްކުރުމަށް ނުވަތަ ގެދޮރު މިލްކު ކުރުމަށް ލޯނު ދޫކުރުން ކަމަށް ރައީސް ވިދާޅުވި.
702 ދުވަސް ކުރިން - 14:30
ސަރުކާރުގެ ހިޔާވެހި ފައިނޭންސިންގ ޕްރޮގްރާމްގެ ދަށުން 6 މިލިއަން ރުފިޔާއާ ހަމައަށް އިންޓަރެސްޓް ކުޑަ ބޯހިޔާވަހިކަމުގެ ލޯނު ދިނުމުން މުޅި ރާއްޖޭގައި އަގުހެޔޮ ބޯހިޔާވަހިކަމުގެ ފުރުސަތުތައް އިތުރުވެގެންދާނެ ޕްރޮގްރާމެއް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒު އިފްތިތާހުކޮށްދެއްވައިފި.
702 ދުވަސް ކުރިން - 13:51
މާލެއާއި ވިލިމާލޭގެ މަގުތައް ތަރައްޤީ ކުރުމަށް ބޭނުންވާ މުހިންމު މަޢުލޫމާތުތައް ހޯދައި ސަރވޭ ކުރުމަށް ޗައިނާގެ ޓީމު ރާއްޖެ އައީ ނަޞްރުގެ ދުވަހު. މިއަދު ވަނީ މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރގައި މަޝްވަރާކޮށްފަ.
702 ދުވަސް ކުރިން - 11:59
ހަރުދަނާ އުސޫލެއްގެ ދަށުން ބަޖެޓް ތައްޔާރުކުރެވުމުން އަންނަ އަހަރު 7 ބިލިއަނެއްހާ ރުފިޔާ ސަލާމަތްކުރެވޭނެ ކަމަށް ސާއިދު ވިދާޅުވި.
702 ދުވަސް ކުރިން - 00:03
ތުހުމަތުކުރެވޭ ދެމަފިރިންނަކީ 41 އަހަރުގެ މުހައްމަދު ޝޯއިބް އާއި 38 އަހަރުގެ އައިޝާ. މި މައްސަލައިގެ ތަޙުޤީޤު މިހާރު ކުރިއަށް ދާއިރު ބަންދުގެ މުއްދަތު އިތުރު 15 ދުވަހަށް އިތުރުކުރުމަށް ކްރިމިނަލް ކޯޓުން ނިންމާފައިވޭ.
702 ދުވަސް ކުރިން - 23:54
ވަޒީރު ވިދާޅުވީ މާލޭގައި ސީއެޗްއެސްއީ ހުޅުވުމަކީ ވަރަށް ގިނަ ބެލެނިވެރިންނާއި ދަރިވަރުންގެ އެދުމުގެ މަތިން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމެވި މުހިންމު ނިންމެވުމެއް ކަމަށް.
702 ދުވަސް ކުރިން - 23:50