Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

އަންނަން އޮތް ޖީލުތަކަށް ޤުދުރަތީ ވަޞީލަތްތައް ރައްކާތެރިކުރުމަށް ކޮމަންވެލްތުގައި ފައިސަލް އިލްތިމާސްކުރައްވައިފި

އަންނަން އޮތް ޖީލުތަކަށް ޤުދުރަތީ ވަޞީލަތްތައް ރައްކާތެރިކުރުމަށް ކޮމަންވެލްތުގައި ފައިސަލް އިލްތިމާސްކުރައްވައިފި

ހުސައިން އިސްމާއިލް
646 ދުވަސް ކުރިން - 5 ނޮވެންބަރު 2024 17:51
ލަންޑަނުގައި އޮތް ކޮމަންވެލްތު މީޓިންގ އޮން ސަސްޓެއިނަބަލް އެންޑް ރީޖެނެރޭޓިވް ޓޫރިޒަމް އިވެންޓުގައި މިނިސްޓަރު ފައިސަލް ވާހަކަފުޅު ދައްކަވަނީ / ފޮޓޯ: މިނިސްޓްރީ އޮފް ޓޫރިޒަމް
ލަންޑަނުގައި އޮތް ކޮމަންވެލްތު މީޓިންގ އޮން ސަސްޓެއިނަބަލް އެންޑް ރީޖެނެރޭޓިވް ޓޫރިޒަމް އިވެންޓުގައި މިނިސްޓަރު ފައިސަލް ވާހަކަފުޅު ދައްކަވަނީ / ފޮޓޯ: މިނިސްޓްރީ އޮފް ޓޫރިޒަމް
ޚުލާސާ

އީކޯ ފްރެންޑްލީ އަދި ރީޖެނެރޭޓިވް ޓޫރިޒަމްގައި ރާއްޖެއިން ހޯދާފައިވާ ކުރިއެރުންތަކަށް އަލިއަޅުވާލައްވަމުން މިނިސްޓަރު ފައިސަލް އިލްތިމާސްކުރެއްވީ ޤުދުރަތީ ވަޞީލަތްތައް ޙިމާޔަތް ކުރުމަށާއި ދެމެހެއްޓެނިވި ގޮތެއްގައި އަވަސް މަސައްކަތްތަކެއް ކުރުމަށް.

އަންނަން އޮތް ޖީލުތަކަށް ޤުދުރަތީ ވަޞީލަތްތައް ރައްކާތެރި ކުރުމަށް އަވަސް ފިޔަވަޅުތަކެއް އަޅައިދިނުމަށް ރާއްޖޭގެ ފަތުރުވެރިކަމާބެހޭ ވަޒީރު އިބްރާހީމް ފައިސަލް ކޮމަންވެލްތުގައި އިލްތިމާސްކުރައްވައިފިއެވެ.

ލަންޑަނުގައި އޮތް "ކޮމަންވެލްތު މީޓިންގ އޮން ސަސްޓެއިނަބަލް އެންޑް ރީޖެނެރޭޓިވް ޓޫރިޒަމް" ބައްދަލުވުމަގައި މިނިސްޓަރު ފައިސަލް ވަނީ އަޅުގަނޑުމެންގެ ޤުރަތީ ވަޞީލަތްތައް ރައްކާތެރިކުރުމަކީ ހަމައެކަނި އިޚްތިޔާރީ ކަމަކަށް ހައްދަވައިގެން ނުވާނެ ކަމަށާއި އަންނަން އޮތް ޖީލުތަކަށް މި ވަޞީލަތްތައް ރައްކާތެރި ނުކޮށް ދެމެހެއްޓެނިވި ފަތުރުވެރިކަމެއް ކުރިޔަށް ނުގެންދެވޭނެ ކަމަށް ވެސް އިރުޝާދެ ދެއްވާފައެވެ.

އެހެންކަމުން، ކޮމަންވެލްތުގެ ޤައުމުތަކުން ދެމެހެއްޓެނިވި ފަތުރުވެރިކަމުގެ އުޞޫލުތައް ގެންގުޅުމަށް މިނިސްޓަރު ފައިސަލް އިލްތިމާސް ކުރެއްވިއެވެ.

Advertisement

Advertisement 1

ދެމެހެއްޓެނިވި ފަތުރުވެރިކަމާއި ތިމާވެށި ޙިމާޔަތް ކުރުމަށް އިލްތިމާސް ކުރައްވަމުން މިނިސްޓަރު ވަނީ ރާއްޖޭގައި ސޯލާ އެނާޖީ ބޭނުންކުރުމާއި، ހަރުދަނާ ކުނި މެނޭޖްކުރުމާއި، ރިސޯޓްތަކުގައި ކަނޑާއި ފަޅު ޙިމާޔަތްކުރުމަށް ކުރަމުންދާ މަސައްކަތްތައް ހިއްސާކުރައްވާފައެވެ. އަދި ފަތުރުވެރިކަމުގައި ޢާންމު ރައްޔިތުން ބައިވެރިކުރުމަށާއި، އީކޯ ޓޫރިޒަމާއި، ޘަޤާފީ ތަޖުރިބާތަކާއި، ޒިޔާރަތްކުރާ ފަރާތްތަކަށާއި ރައްޔިތުންނަށް ފައިދާހުރި ދުޅަހެޔޮކަމުގެ ޙަރަކާތްތަކަށް ވަކާލާތުކުރުމަށް ވެސް ފައިސަލް ވަނީ ކޮމަންވެލްތުގެ ޤައުމުތަކަށް ބާރުއަޅުއްވާފައެވެ. 

މިނިސްޓަރު ފައިސަލްގެ ތަޤުރީރުގައި އިކޯސިސްޓަމްތައް އަލުން އާލާކުރުމުގެ މަޤްޞަދުގައި އެކިބާވަތްތަކުގެ މުރަކަތަކާއި ފަރުތައް އާލާކުރުމާއި ޢާންމުރައްޔިތުން ވީހާވެސް ބޮޑަށް ޝާމިލްކޮށްގެން ފަތުރުވެރިކަން ދެމެހެއްޓެނިވި ގޮތެއްގައި ކުރިޔަށް ގެންދިޔުމަށް އިރުޝާދު ދެއްވިއެވެ.

ފައިސަލް އިބްރާހިމް (ކުރީގެ މިނިސްޓަރ)
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ޓޫރިޒަމް މިނިސްޓަރު އިބްރާހީމް ފައިޞަލް މަޤާމުން ވަކިކުރައްވައިފި

ޓޫރިޒަމް މިނިސްޓަރު އިބްރާހީމް ފައިޞަލް މަޤާމުން ވަކިކުރައްވައިފި

562 ދުވަސް ކުރިން - 09:54

ރާއްޖޭގެ ތިން ސަރަހައްދެއްގައި ކުރޫޒް ލައިނާތަކަށް ހާއްސަ ޖެޓީތަކެއް ތަރައްޤީކުރަނީ

ކުރޫޒް ލައިނާތަކަށް ހާއްސަ ޖެޓީތައް ތަރައްޤީކުރަނީ

574 ދުވަސް ކުރިން - 13:12

އާ ބޯޓާއެކު ޗައިނާއިން އަހަރަކު 40,000 ފަތުރުވެރިން ގެންނަން އަމާޒު ހިފައިފި

އާ ބޯޓާއެކު ޗައިނާއިން 40,000 ފަތުރުވެރިން ގެންނަނީ

575 ދުވަސް ކުރިން - 14:12

މަޓާޓޯ އަލުން ރީބްރޭންޑުކޮށް މިއަހަރު “ސާފް ޓޫރިޒަމަށް” އަމާޒު

މަޓާޓޯ އާރޯކޮށް ސާފް ޓޫރިޒަމަށް

581 ދުވަސް ކުރިން - 10:50

ރާއްޖޭގެ ފަތުރުވެރިކަން އައު ރެކޯޑަކާއެކު 2 މިލިއަން ފަހަނައަޅައި ރެކޯޑް ޢަދަދަކަށް މައްޗަށް

ރާއްޖެ އައި ފަތުރުވެރިންގެ އަދަދު ރެކޯޑް ޢަދަދަކަށް

585 ދުވަސް ކުރިން - 11:28

ފަތުރުވެރިކަމުން ލިބޭ އާމްދަނީ 5 ބިލިޔަން ޑޮލަރަށް އެރުވުމަށް ސަރުކާރުން އަމާޒު ހިފައިފި

ފަތުރުވެރިކަމުން 5 ބިލިޔަން ޑޮލަރު ހޯދުމަށް އަމާޒުކޮށްފި

595 ދުވަސް ކުރިން - 15:56