Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ރާއްޖޭގެ ފަތުރުވެރިކަން އައު ރެކޯޑަކާއެކު 2 މިލިއަން ފަހަނައަޅައި ރެކޯޑް ޢަދަދަކަށް މައްޗަށް

ރާއްޖޭގެ ފަތުރުވެރިކަން އައު ރެކޯޑަކާއެކު 2 މިލިއަން ފަހަނައަޅައި ރެކޯޑް ޢަދަދަކަށް މައްޗަށް

އާނާ ފަހީމް
537 ދުވަސް ކުރިން - 5 ޖެނުއަރީ 2025 11:28
ފަތުރުވެރިކަމާއިބެހޭ ވަޒީރު އިބްރާހީމް ފައިޞަލް، މިއަހަރު ރާއްޖެ އައި 2 މިލިޔަންވަނަ ފަތުރުވެރިޔާއާއެކު. / ފޮޓޯ: ފަތުރުވެރިކަމާއިބެހޭ ވުޒާރާ
ފަތުރުވެރިކަމާއިބެހޭ ވަޒީރު އިބްރާހީމް ފައިޞަލް، މިއަހަރު ރާއްޖެ އައި 2 މިލިޔަންވަނަ ފަތުރުވެރިޔާއާއެކު. / ފޮޓޯ: ފަތުރުވެރިކަމާއިބެހޭ ވުޒާރާ
ޚުލާސާ

2024 ވެގެންދިޔައީ ރާއްޖޭގެ ފަތުރުވެރިކަމުގެ ތާރީޚުގައި މިހާތަނަށް އެންމެ ގިނަ ފަތުރުވެރިން އައި އަހަރަށް. ފަތުރުވެރިކަމާއި ބެހޭ ވުޒާރާއިން ހާމަކުރި ތަފާސްހިސާބުތަކުން ދައްކާގޮތުގައި 2024 ވަނަ އަހަރު ރާއްޖެއަށް 2،047،435 ފަތުރުވެރިން ޒިޔާރަތްކޮށްފައިވޭ.

ރާއްޖޭގެ ފަތުރުވެރިކަން 2024 ވަނަ އަހަރު އައު ރެކޯޑަކާއެކު 2 މިލިއަން ފަހަނައަޅައިފިއެވެ. ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން ހާމަކުރި ތަފާސްހިސާބުތަކުން ދައްކާގޮތުގައި 2024 ވަނަ އަހަރު ރާއްޖެއަށް 2،047،435 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ. މިއީ 2023 ވަނަ އަހަރާއި އަޅާބަލާއިރު 9% އިތުރުވުމެކެވެ.

2024 ވަނަ އަހަރަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ތާރީޚުގައި ގިނަ ރެކޯޑުތަކެއް ޤާއިމުކުރެވުނު އަހަރެކެވެ. މީގެ ތެރޭގައި އެއް ދުވަހެއްގައި އަދި އެއް މަހެއްގައި އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރި ރެކޯޑު ހިމެނެއެވެ. އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރި މަހަކީ ފެބްރުއަރީ މަސް ކަމަށްވާއިރު، އެ މަހު 217،392 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވެއެވެ.

ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އައި 5 ޤައުމުގެ ތެރޭގައި ޗައިނާ، ރަޝިއާ، އިނގިރޭސިވިލާތް، ޖަރުމަނުވިލާތް އަދި އިޓަލީވިލާތް ހިމެނެއެވެ. ޗައިނާ އަދި ރަޝިއާއިން 200،000 އަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، އިނގިރޭސިވިލާތް، ޖަރުމަނުވިލާތް އަދި އިޓަލީވިލާތުން 100،000 އަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތް ކޮށްފައިވެއެވެ.

Advertisement

Advertisement 1

2025 ވަނަ އަހަރަށް ސަރުކާރުން އަމާޒު ހިފާފައިވަނީ ފަތުރުވެރިންގެ އަދަދު އިތުރުކުރުމުގެ އިތުރުން ފަތުރުވެރިކަމުން ލިބޭ އާމްދަނީ ވެސް އިތުރު ކުރުމަށެވެ. މިގޮތުން ފަތުރުވެރިކަމުން ދައުލަތަށް ލިބޭ އާމްދަނީ 5 ބިލިއަން ޑޮލަރަށް އެރުވުމާއި، ފަތުރުވެރިންގެ އަދަދު 15 އިންސައްތަ އިތުރުކުރުމަށް ވަނީ އަމާޒުހިފާފައެވެ. އަދި ރާއްޖެ އިޝްތިހާރުކުރުމުގެ ހަރަކާތްތައް މިއަހަރު ކުރިއަށްގެންދާނީ އިންޓަރެކްޓިވް ގޮތަކަށްކަމަށް އެމްއެމްޕީއާރުސީން ބުނެފައިވެއެވެ.

ޓޫރިޒަމް މިނިސްޓްރީފައިސަލް އިބްރާހިމް (ކުރީގެ މިނިސްޓަރ)ފަތުރުވެރިކަން
Ad
Ad

1 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ފަތުރުވެރިން ގެއްލުން؛ އެންމެންގެ ހަށިގަނޑުތައް ނަގައި ނިމިއްޖެ

ފަތުރުވެރިން ގެއްލުން؛ އެންމެންގެ ހަށިގަނޑުތައް ނަގައި ނިމިއްޖެ

37 ދުވަސް ކުރިން - 13:57

ގެއްލުނު ފަތުރުވެރިން ގެންދިޔަ ސަފާރީގެ ލައިސަންސް ސަސްޕެންޑްކޮށްފި

ގެއްލުނު ފަތުރުވެރިން ގެންދިޔަ ސަފާރީގެ ލައިސަންސް ސަސްޕެންޑްކޮށްފި

41 ދުވަސް ކުރިން - 10:19

ޓޫރިޒަމް މިނިސްޓަރު އަމީން މާޔާގެ އިސް ބޭފުޅުންނާއި ބައްދަލުކުރައްވައިފި

ޓޫރިޒަމް މިނިސްޓަރު އަމީން މާޔާގެ ބޭފުޅުންނާއި ބައްދަލުކުރައްވައިފި

51 ދުވަސް ކުރިން - 14:59

ބެއާބޯޓު މައްސަލައިގައި އިހުމާލުވީ ކުރީ ސަރުކާރުން

ބެއާބޯޓު މައްސަލައިގައި އިހުމާލުވީ ކުރީ ސަރުކާރުން

52 ދުވަސް ކުރިން - 21:06

ސަރުކާރުތަކުން ހާމަނުކުރި ޓޫރިޒަމް ސްޓެޓިސްޓިކްސް މިސަރުކާރުން ހާމަކުރަން ފަށައިފި

ސަރުކާރުތަކުން ހާމަނުކުރި ޓޫރިޒަމް ސްޓެޓިސްޓިކްސް މިސަރުކާރުން ހާމަކުރަންފަށައިފި

55 ދުވަސް ކުރިން - 13:26

އެޕްރިލް މަހު ގަތަރު-އެއާވޭސްގެ ދަތުރުތައް އަލުން ރާއްޖެއަށް

އެޕްރިލްގައި ގަތަރު-އެއާވޭސްގެ ދަތުރުތައް ރާއްޖެއަށް އަލުން ފަށާނެ

87 ދުވަސް ކުރިން - 09:17