މި އެއްބަސްވުމުގެ މަގުސަދަކީ މަސްތުވާތަކެތީގެ މައްސަލަތަކުގައި ޝާމިލްވާ ކުދިންނާއި ނަފްސާނީ އެހީތެރިކަން ބޭނުންވާ ކުދިންނަށް ބޭނުންވާ ހާއްސަ ފަންނީ އެހީތެރިކަން ފޯރުކޮށްދިނުން.
487 ދުވަސް ކުރިން - 21:57
މި ނިޒާމުގެ ތެރެއިން ބަންދަށް ލުއި ދެވިދާނެ މީހުން ކަނޑައެޅުމަށްޓަކައި، ފުލުހުންނާއި ކަރެކްޝަނަލް ސާވިސް މެދުވެރިކޮށް ޚާއްސަ އެސެސްމަންޓެއް ތައްޔާރުކުރެވޭނެ.
487 ދުވަސް ކުރިން - 18:39
ކޮންމެ އަހަރަކުވެސް ކޯޓާ ބޭނުން ކުރާ ގޮތުގެ ތަފްޞީލް ވުޒާރާއިން ހާމަ ކުރާ ގޮތަށް ވަނީ ނިންމާފައި.
487 ދުވަސް ކުރިން - 18:17
ނިމިގެންދިޔަ ހަފްތާގެ ނިޔަލަށް ޖުމުލަ އާމްދަނީއާއި ހިލޭ އެހީގެ ގޮތުގައި 14.4 ބިލިއަން ރުފިޔާ ދައުލަތަށް ލިބިފައިވޭ.
487 ދުވަސް ކުރިން - 18:14
ޑީއެންއާރުން ބުނީ، އައިޑީ ކާޑުގެ ޚިދުމަތް ބ. އަތޮޅުގައި ފެށުމާއެކު ރަށުގައި ތިބެގެން އައިޑީ ކާޑު ހެދުމުގެ މަގު ރައްޔިތުންނަށް ފަހިވެގެންދާނެ ކަމަށް.
487 ދުވަސް ކުރިން - 17:37
ދިވެހިރާއްޖޭގެ މީހުންދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމް ބަހައްޓައި އޭޓީއެމްގެ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުން.
487 ދުވަސް ކުރިން - 17:34
މި ޕްރޮގްރާމަކީ ދަރިވަރުންނަށާއި ސްކޫލް ނިމިފައިވާ ދަރިވަރުންނަށް ހުކުރު ކުރުމުގެ ހުއްދަ ދިނުމަށްޓަކައި އިންތިޒާމުކުރެވިފައިވާ ޕްރޮގްރާމެއް.
487 ދުވަސް ކުރިން - 17:33
އެމީހާ ދިރިއުޅޭ ގެއިން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ރަބަރު ޕެކެޓުތަކެއް ފެނިފައިވާއިރު، އެ ތަކެތީގެ ވަގުތީ ބަރުދަނުގައި 13 ގުރާމް ހުރިކަމަށް ފުލުހުން ބުނި.
487 ދުވަސް ކުރިން - 17:30
އަމާޒަކީ ދުންފަތުގެ ނުރައްކަލުން ދިވެހި ޤައުމު މުޅީން ސަލާމަތްކޮށް، މަސްތުވާތަކެއްޗެއްޗާއި އެނޫންވެސް ނޭދެވޭ އާދަތަކާ ދުރުހެލި، ދުޅަހެޔޮ، ހަރުދަނާ މުޖުތަމަޢެއް ބިނާކުރުން.
487 ދުވަސް ކުރިން - 15:56
މި އިސްލާޙާއެކު، 1 ޖެނުއަރީ 2007 އިން ފެށިގެން އުފަންވެފައިވާ މީހުންނަށް ދުންފަތުގެ އިސްތިޢުމާލުކުރުން މަނާވެގެންދާނެ.
487 ދުވަސް ކުރިން - 15:26
އޮޅުހިޔާގެ ޝެލްޓަރ ބައި ހިންގަން ޝައުގުވެރިވާ ފަރާތްތަކަށް މަޢުލޫމާތު ސާފުކުރުމަށްހޯމަ ދުވަހު އަދި ޕްރޮޕޯސަލް ހުށަހެޅުމަށް ޖޫން 12 ގައި ވެލާނާގެއަށް ހާޒިރުވުމަށް ވުޒާރާއިން އަންގައިފި
487 ދުވަސް ކުރިން - 11:21
އެމެރިކާގެ ޖަލުން 10 ގައިދީން ފިލުމަށް އެހީތެރިވި މެއިންޓެނެންސްގައި އުޅޭ މުވައްޒަފެއް ހައްޔަރުކޮށްފި.
487 ދުވަސް ކުރިން - 11:05