އޮޅުހިޔާގެ ޝެލްޓަރ ބައި ހިންގާނެ ފަރާތެއް ހޯދަނީ

އާނާ ފަހީމް | 27 ދުވަސް ކުރިން - 21 މޭ 2025 11:21
އޮޅުހިޔާ ހުޅުވުމުގެ ރަސްމިއްޔާތު ތެރެއިން
އޮޅުހިޔާ ހުޅުވުމުގެ ރަސްމިއްޔާތު ތެރެއިން
ޚުލާސާ

އޮޅުހިޔާގެ ޝެލްޓަރ ބައި ހިންގަން ޝައުގުވެރިވާ ފަރާތްތަކަށް މަޢުލޫމާތު ސާފުކުރުމަށްހޯމަ ދުވަހު އަދި ޕްރޮޕޯސަލް ހުށަހެޅުމަށް ޖޫން 12 ގައި ވެލާނާގެއަށް ހާޒިރުވުމަށް ވުޒާރާއިން އަންގައިފި

ހުޅުމާލޭ ފޭސް 2 ގައި ގާއިމުކޮށްފައިވާ އެނިމަލް ކެއަރ ފެސިލިޓީ (އޮޅުހިޔާ) ގެ ޝެލްޓަރ ބައި އެއް އަހަރު ދުވަހަށް އެ ވުޒާރާއާ ގުޅިގެން ހިންގާނެ ފަރާތެއް ހޯދުމަށް ދަނޑުވެރިކަމާއި ދިރޭ ތަކެއްޗާއި ބެހޭ ވުޒާރާއިން އިޢުލާން ކޮށްފިއެވެ.

މި ކަމަށް ޝައުގުވެރިވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރުމަށް އަންނަ ހޯމަ ދުވަހުގެ 11:00 އަށް އަދި ޕްރޮޕޯސަލް ހުށަހެޅުމަށް ޖޫން 12 ވަނަ ދުވަހުގެ 13:00 އަށް ވެލާނާގެ 7 ވަނަ ފަންގިފިލާއަށް ހާޒިރުވުމަށް އެ ވުޒާރާއިން ވަނީ އެދިފައެވެ.

ދާދި ފަހުން ވަޒީރު ޑރ. މަރިޔަމް މާރިޔާ ވިދާޅުވެފައިވަނީ "އޮޅުހިޔާ" ފެސިލިޓީއަޓީއަށް އަހަރަކު 10.8 މިލިއަން ރުފިޔާ ޚަރަދުވާނެ ކަމަށެވެ. އަދި ފެސިލިޓީގެ ރިކަރަންޓު ޚަރަދަށް އެކަނި ވެސް 1.2 މިލިއަން ރުފިޔާ ޚަރަދުވާނެ ކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ.

ވަޒީރު މާރިޔާ އިތުރަށް ވިދާޅުވެފައިވަނީ މިހާރު ފެސިލިޓީގައި 30 ބުޅާ ގެންގުޅުނު ނަމަވެސް އެ ފެސިލިޓީގެ ޖާގައަކީ 2،000 ބުޅަލަށް ކަމަށެވެ. އެ އަދަދަށް ބުޅާ ގެންގުޅޭ ނަމަ ކޮންމެ ބުޅަލަކަށް 5،416 ރުފިޔާ ޚަރަދުވާއިރު 2،000 ބުޅަލަށް 10.8 މިލިޔަން ރުފިޔާ ޚަރަދުވާނެ ކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%