Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

އެގްރިކަލްޗާ އަދި ފިޝަރީޒް މިނިސްޓްރީ އެއްކޮށްލައި، މިނިސްޓަރަކަށް ޝިޔާމް؟

އެގްރިކަލްޗާ އަދި ފިޝަރީޒް މިނިސްޓްރީ އެއްކޮށްލައި، މިނިސްޓަރަކަށް ޝިޔާމް؟

އައިޝަތު ރުވާ ރިފްޢަތު
139 ދުވަސް ކުރިން - 14 އޭޕްރިލް 2026 19:35
މިނިސްޓަރު އަހްމަދު ޝިޔާމް---
މިނިސްޓަރު އަހްމަދު ޝިޔާމް---
ޚުލާސާ

ދެ މިނިސްޓްރީ އެއްކޮށްލުމަށްފަހު، މިހާރު އެ މިނިސްޓްރީގެ ނަން ވަނީ "މިނިސްޓްރީ އޮފް ފިޝަރީޒް، އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާ" އަށް ބަދަލުކޮށްފައިވާ ކަމަށް މައުލޫމާތު ލިބޭ.

ސަރުކާރުގެ މިނިސްޓްރީތަކަށް ގެންނެވި ބަދަލުތަކުގެ ތެރެއިން، މިނިސްޓްރީ އޮފް އެގްރިކަލްޗާ އަދި މިނިސްޓްރީ އޮފް ފިޝަރީޒް އެއްކޮށްލައި، އެ މިނިސްޓްރީގެ މިނިސްޓަރުގެ މަގާމަށް އަހްމަދު ޝިޔާމް އައްޔަންކުރައްވާ ކަމަށް މައުލޫމާތު ލިބެ އެވެ.

މައުލޫމާތު ލިބޭގޮތުގައި މި ދެ މިނިސްޓްރީ އެއްކޮށްލުމަށްފަހު، އެ މިނިސްޓްރީގެ ނަން ވަނީ "މިނިސްޓްރީ އޮފް ފިޝަރީޒް، އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާ" އަށް ބަދަލުކޮށްފަ އެވެ. މި ބަދަލު ގެންނެވުމާ ހަމައަށް އެގްރިކަލްޗާ މިނިސްޓަރުގެ މަގާމުގައި ހުންނެވީ ޑރ. މަރިޔަމް މާރިޔާ އެވެ. ނަމަވެސް، މިއަދު އޭނާ ވަނީ އެ މަގާމުން އިސްތިއުފާ ދެއްވާފަ އެވެ.

މާރިޔާގެ އިތުރުން ސަރުކާރުގެ ކެބިނެޓުގެ 9 މިނިސްޓަރަކު މިއަދު ވަނީ މަގާމުން އިސްތިއުފާ ދެއްވާފަ އެވެ. މިއީ ސަރުކާރުގެ ހިންގުމަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނިންމެވި ނިންމެވުމަކާ ގުޅިގެން އައި ބަދަލުތަކެކެވެ.

Advertisement

Advertisement 1

ރައީސް އޮފީހުން ހާމަކޮށްފައިވާ ގޮތުގައި، މިނިސްޓަރުން އިސްތިއުފާ ދެއްވީ ރައްޔިތުންގެ ވިންދާ އެއްގޮތަށް ސަރުކާރު ހިންގުމުގައި ރައީސް މުއިއްޒު ބޭނުންފުޅުވާ ހެޔޮ ބަދަލުތަކަށް ފުރުސަތު ދެއްވުމުގެ ގޮތުންނެވެ.

މި ބަދަލުތަކާއެކު، ކުރިން އޮތް 20 މިނިސްޓްރީގެ އަދަދު މިހާރު ވަނީ 15 މިނިސްޓްރީއަށް މަދުކުރެވިފައެވެ. އައު ވަޒީރުން މިހާރު ވަނީ މަގާމުގެ ހުވައި ކުރައްވައި، ރަސްމީކޮށް މަސައްކަތްޕުޅު ފައްޓަވާފައެވެ.

މިނިސްޓަރު އަހްމަދު ޝިޔާމްއެގްރިކަލްޗާ މިނިސްޓްރީ (އުވާލެވިފައި)މިނިސްޓްރީ އޮފް ފިޝަރީޒް، އެގްރިކަލްޗާ އެންޑް އޯޝަން ރިސޯސަސްޑރ. މަރްޔަމް މާރިޔާ (ކުރީގެ މިނިސްޓަރު)ރައީސް ޑރ. މުހައްމަދު މުއިއްޒުރައީސުލްޖުމްހޫރިއްޔާގެ އޮފީސް
Advertisement
Advertisement

1 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ފުލުހުންގެ ހިދުމަތުގެ ދުވަހުގެ ތަހުނިޔާ އެހާރާއި މިހާރުގެ ހިދުމަތްތެރިންނަށް ރައީސުލްޖުމްހޫރިއްޔާ އަރިސްކުރައްވައިފި

ފުލުހުންގެ ހިދުމަތުގެ ދުވަހުގެ ތަހުނިޔާ އެހާރާއި މިހާރުގެ ހިދުމަތްތެރިންނަށް ރައީސުލްޖުމްހޫރިއްޔާ އަރިސްކުރައްވައިފި

6 މިނެޓު ކުރިން - 16:54

ނިޔާވި ދެ ކުދިންގެ އާއިލާއަށް ރައީސުލްޖުމްހޫރިއްޔާ ތައުޒިޔާ ވިދާޅުވެއްޖެ

ނިޔާވި ދެ ކުދިންގެ އާއިލާއަށް ރައީސުލްޖުމްހޫރިއްޔާ ތައުޒިޔާ ވިދާޅުވެއްޖެ

51 މިނެޓު ކުރިން - 16:10

މަސްވެރިންނަށް މިހާތަނަށް 2.2 ބިލިއަން ރުފިޔާ ދޫކޮށްފި: ޝިޔާމް

މަސްވެރިންނަށް މިހާތަނަށް 2.2 ބިލިއަން ރުފިޔާ ދޫކޮށްފި: ޝިޔާމް

3 ގަޑިއިރު ކުރިން - 13:19

ރާއްޖޭގެ ކަނޑުއަޑިން ތެލާއި މައުދަން ހޯދައި ނެގުމަށް ހާއްސަ ގާނޫނެއް ހަދަނީ

ރާއްޖޭގެ ކަނޑުއަޑިން ތެލާއި މައުދަން ހޯދައި ނެގުމަށް ހާއްސަ ގާނޫނެއް ހަދަނީ

3 ގަޑިއިރު ކުރިން - 13:13

ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނަށް 4 ވަނަ އިސްލާހު ގެނައުމުގެ ބިލު ރައީސް ތަސްދީގުކުރައްވައިފި

ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނަށް 4ވަނަ އިސްލާހު ގެނައުމުގެ ބިލު ތަސްދީގުކުރައްވައިފި

22 ގަޑިއިރު ކުރިން - 18:54

ވަޒަންވެރިވެފައިނުވާ ކޮންޓްރެކްޓަރުންގެ ވިތްހޯލްޑިންގ ޓެކްސް %10 އަށް ބޮޑުކުރުމުގެ ބިލު ރައީސް ތަސްދީގުކުރައްވައިފި

ވަޒަންވެރިވެފައިނުވާ ކޮންޓްރެކްޓަރުންގެ ވިތްހޯލްޑިންގ ޓެކްސް %10 އަށް ބޮޑުކުުރުމުގެ ބިލު ތަސްދީގުކުރައްވައިފި

22 ގަޑިއިރު ކުރިން - 18:37