ދުންފަތް ކޮންޓްރޯލްކުރުމުގެ ޤާނޫނަށް ގެނައި އިސްލާޙު ރައީސް ތަސްދީޤުކުރައްވައިފި

ހުސައިން އިސްމާއިލް | 23 ގަޑިއިރު ކުރިން - 21 މޭ 2025 15:26
ދުންފަތް ކޮންޓްރޯލްކުރުމާބެހޭ ޤާނޫނަށް ގެނައި އިސްލާޙު ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤު ކުރެއްވުން.
ދުންފަތް ކޮންޓްރޯލްކުރުމާބެހޭ ޤާނޫނަށް ގެނައި އިސްލާޙު ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤު ކުރެއްވުން.
ޚުލާސާ

މި އިސްލާޙާއެކު، 1 ޖެނުއަރީ 2007 އިން ފެށިގެން އުފަންވެފައިވާ މީހުންނަށް ދުންފަތުގެ އިސްތިޢުމާލުކުރުން މަނާވެގެންދާނެ.

ދުންފަތް ކޮންޓްރޯލްކުރުމާބެހޭ ޤާނޫނަށް ގެނައި އިސްލާޙު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަސްދީޤުކުރައްވައިފިއެވެ. މި އިސްލާޙާއެކު، 1 ޖެނުއަރީ 2007 އިން ފެށިގެން އުފަންވެފައިވާ މީހުންނަށް ދުންފަތުގެ އިސްތިޢުމާލުކުރުން މަނާވެގެންދާނެއެވެ.

މި ޤާނޫނުގެ ދަށުން، ވޭޕާއި އީ-ސިނގިރޭޓު އަތުލުމުގެ ބާރު ފުލުހުންނާއި ކަސްޓަމްސްއަށް ލިބިގެންދާނެއެވެ. މި ބިލަށް ޢަމަލުކުރަން ފަށާނީ އަންނަ ނޮވެންބަރު މަހުގެ 1 ވަނަ ދުވަހުން ފެށިގެންނެވެ. ރައްޔިތުންގެ މަޖިލީހުން މި ބިލު ފާސްކުރެއްވީ މި މަހުގެ 13 ވަނަ ދުވަހުއެވެ.

ރައީސް މުޢިއްޒުގެ ސަރުކާރުން ދުޅަހެޔޮ މުޖުތަމަޢެއް ބިނާކުރުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާއިރު، މި ޖެނެރޭޝަނަލް ބޭން ކަނޑައެޅުއްވީ ރައްޔިތުންގެ ޚިޔާލު ހޯއްދެވުމަށް ސޯޝަލް މީޑިއާގައި ކުރިއަށްގެންދެވި ޕޯލެއްގެ ނަތީޖާއަށް ބެއްލެވުމަށްފަހުގައެވެ.

ދިވެހިރާއްޖެއިން މި އަޅުއްވާ ފިޔަވަޅުތަކަށް ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާްޔާ (ޑަބްލިޔުއެޗްއޯ) އިން ވަނީ މަރުޙަބާ ކިޔައި، ތަޢުރީފުކުރައްވާފައެވެ. އަދި މިއީ ދެކުނު އިރުމަތީ އޭޝިއާގެ ޤައުމަކުން މިފަދަ ފިޔަވަޅެއް އެޅި ފުރަތަމަ ފަހަރުކަންވެސް ފާހަގަކުރައްވާފައިވެއެވެ.

ރާއްޖޭގެ ޒުވާން ޖީލު ދުންފަތާއި ދުރުހެލިކުރުމަށް ރައީސުލްޖުމްހޫރިއްޔާ ކުރައްވާ މަސައްކަތްޕުޅުތައް ފާހަގަކުރައްވައި، ޑަބްލިޔުއެޗްއޯގެ ޑިރެކްޓަރ ޖެނެރަލް އަރުވާ ޚާއްސަ އެވޯޑެއްވެސް ރައީސް މުޢިއްޒަށް ދާދިފަހުން ވަނީ ލިބިވަޑައިގެންފައެވެ.

ީ

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%