
އެންމެ ގިނައިން ފަތުރުވެރިން އަންނަ ގައުމުތަކުގެ ލިސްޓުގެ އެންމެ ކުރީގައި އުޅެނީ ޗައިނާއާއި ރަޝިއާ. އިންޑިއާ މާކެޓުގައި ރާއްޖެ އިތުރަށް އިޝްތިހާރުކުރުމުގެ ގޮތުން "ވިޒިޓް މޯލްޑިވްސް" އިން ވަނީ 'އައިޓީބީ އިންޑިއާ 2026' ފެއާގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ފުރުސަތުތައް ދައްކާލާފަ.
5 ދުވަސް ކުރިން - 13:10
މިދިޔަ މަހުގެ 27 އާ ހަމައަށް އެއާޕޯޓް ޓެކުހާއި ފީގެ ގޮތުގައި ދައުލަތަށް 2.54 ބިލިޔަން ރުފިޔާ ލިބިފައިވާކަމަށް މާލީ ވުޒާރާއިން ބުނެފި. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 8.5 އިންސައްތައިގެ އިތުރުވުމެއް.
6 ދުވަސް ކުރިން - 13:57
މީގެ ތެރޭގައި 13,542 ޓަނުގެ އިމްޕޯޓް އަދި 4,915 ޓަނުގެ އެކްސްޕޯޓް ހިމެނޭ. ޓްރާންސްޝިޕްމަންޓް ކާގޯ 26 އިންސައްތައިގެ ކުރިއެރުމަކާއެކު 3,650 ޓަނަށް އަރާފައިވާއިރު، މުދާ އުފުލާ ފްލައިޓްތަކުގެ ދަތުރުތައް 12 އިންސައްތަ ވަނީ އިތުރުވެފަ.
19 ދުވަސް ކުރިން - 08:26
އެމްއޭސީއެލް ހިމަނައިގެން ރާއްޖޭގެ ޑެލިގޭޝަންއެއް ރާޝިއާ އަދި ސެއިންޓް ޕީޓާސްބަރގްއަށް، އޮގަސްޓު މަހުގެ 17 ވަނަ ދުވަހުނ 21 ވަނ ދުވާހާ ހަމައަށް އޮތް ދަތުރުގައި ބައިވެރިވި.
21 ދުވަސް ކުރިން - 10:06
"ޓެލެޕޯޓް" އިން ޗާޓަރުކޮށްގެން ކުރާ މި ދަތުރުތަކުގައި ބޭނުންކުރަނީ 46 ޓަނުގެ މުދާ އުފުލޭ ބޮއިންގް 767-200 ބޯޓެވެ. މީގެ ބޮޑުބަޔަކީ ޓްރާންސްޝިޕްމަންޓް ކާގޯ. މިއީ ވެލާނާ އެއާޕޯޓް ކާގޯ ހަބެއްގެ ގޮތުގައި ތަރައްގީކޮށް، ދުނިޔޭގެ ބާޒާރުތަކާ ރާއްޖެ ގުޅުވައިދޭނެ މުހިންމު ފުރުސަތެއް.
26 ދުވަސް ކުރިން - 16:50
މިއީ ދެކުނުއިރުމަތީ އޭޝިއާގެ ބާޒާރުތަކަށް ރާއްޖޭގެ ލޮޖިސްޓިކްސް ހިދުމަތް ފުޅާވިކަމުގެ ހެއްކެއް. އަގުހެޔޮ އަދި އަވަސް މި ހިދުމަތާއެކު، އޭޝިއާއާއި ޔޫރަޕް ގުޅުވައިދޭ މުހިންމު މަރުކަޒެއްގެ ގޮތުގައި ރާއްޖޭގެ ދައުރު މިހާރު ވަނީ އިތުރަށް ވަރުގަދަވެފަ.
41 ދުވަސް ކުރިން - 10:06
މި ޖާގައިގައި ކުޑަކުދިން ކުޅޭނެ ހާއްސަ ސަރަހައްދަކާއި، ބޭންކް އޮފް މޯލްޑިވްސްގެ ޑޮލަރު ދޫކުރާ ކައުންޓަރެއް ހިމެނެއެވެ. މިއީ ދަތުރުވެރިންނަށް ލިބޭ ހިދުމަތްތަކުގެ ފެންވަރު މަތިކޮށް، ފަސޭހަ މާހައުލެއް ގާއިމުކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް.. މި ބަދަލާއެކު އެއާޕޯޓުގެ ޚިދުމަތްތަކަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ.
43 ދުވަސް ކުރިން - 16:12
މި ބައްދަލުވުންތަކުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެވުނީ އޭޝިއާގެ މާކެޓްތަކާ އޮތް ގުޅުން ވަރުގަދަކުރުމަށާއި، ރާއްޖެއަށް އަންނަ ފްރައިޓަރ ފްލައިޓްތައް އިތުރުކުރުމަށް. ތަފާސްހިސާބުތަކުން ދައްކާގޮތުގައި 2026 ވަނަ އަހަރުގެ ފުރަތަމަ ހަ މަސްދުވަހު އެއަރޕޯޓުން ވަނީ 36,367 ޓަނުގެ ކާގޯ ހޭންޑްލްކޮށްފަ.
50 ދުވަސް ކުރިން - 18:05
މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ސޮއިކުރި މި އެއްބަސްވުންތަކުގެ ދަށުން، ކުއްލި ހާލަތްތަކުގައި މުއައްސަސާތައް ގުޅިގެން ހަރަކާތްތެރިވުމާއި، ތަމްރީނުތައް ހިންގުމަށް މަގުފަހިވާނެ. މީގެ ބޭނުމަކީ އެއަރޕޯޓުގެ ރައްކާތެރިކަން ކަށަވަރުކޮށް، ތައްޔާރީ ހާލަތު ވަރުގަދަކުރުމެވެ. މިކަމުގެ ސަބަބުން އިދާރާތަކުގެ ދައުރު ސާފުވެ، މުޢާމަލާތުކުރުން ހަރުދަނާވެގެންދާނެ.
73 ދުވަސް ކުރިން - 14:05
މީގެ މަގުސަދަކީ އުޅަނދުތައް ރަޖިސްޓްރީކުރުމާއި، ފަޅުތެރެ ބެލެހެއްޓުމުގެ މަސައްކަތްތައް ދެފުށް ފެންނަ، އަދި ފަސޭހަ ނިޒާމެއްގެ ތެރެއިން ކުރިއަށް ގެންދިއުން. އެހެންކަމުން ފަޅުތެރެ ބޭނުންކުރާ އުޅަނދުފަހަރުގެ ރެކޯޑުތައް ބެލެހެއްޓުމާއި، އޮޕަރޭޝަނަލް ކަންކަން މޮނިޓަރ ކުރުމުގައި އެ ކުންފުންޏަށް ބޮޑެތި ލުއިފަސޭހަތަކެއް ލިބިގެންދާނެ.
75 ދުވަސް ކުރިން - 19:47
ސްޕެއިންއަށް ނިސްބަތްވާ މި ފަތުރުވެރިޔާ ރާއްޖެ އައީ ގަތަރު އެއާވޭސްއިން. އެމް.އޭ.ސީ.އެލް އިން ވަނީ މި ކާމިޔާބީގައި ހިއްސާވި ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކޮށް، އެއާޕޯޓުގެ ހިދުމަތްތައް އިތުރަށް ތަރައްގީކުރުމަށް މަސައްކަތްކުރާނެ ކަމަށް ބުނެފަ.
80 ދުވަސް ކުރިން - 19:53
ވޯޓާ ސަލިއުޓަކާއި ސަގާފީ ހަރަކާތްތަކުން މަރުހަބާ ކީ މި ދަތުރުތަކަކީ މެދުއިރުމަތީގެ މާކެޓުން ރާއްޖެއަށް އަންނަ ފަތުރުވެރިން އިތުރުކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް. އެމް.އޭ.ސީ.އެލްގެ އަމާޒަކީ ބައިނަލްއަޤުވާމީ އެއާލައިންތަކާ ގުޅިގެން ރާއްޖޭގެ އޭވިއޭޝަން އަދި ފަތުރުވެރިކަމުގެ ދާއިރާ އެންމެ މަތީ ފެންވަރުގައި ކުރިއަރުވައި ހަރުދަނާކުރުން.
81 ދުވަސް ކުރިން - 17:00
ޖޫން 25 އިން 29 އަށް ހައްޖުވެރިން ރާއްޖެ އަންނާތީ، އެއަރޕޯޓުގެ ޓްރެފިކް ކުޑަކުރުމަށްޓަކައި އަމިއްލަ އުޅަނދުތަކުގެ ބަދަލުގައި ބަސް ނުވަތަ ފެރީ ބޭނުންކުރުމަށް އެމްއޭސީއެލްއިން އިލްތިމާސްކުރޭ. މި ދުވަސްވަރު އެއަރޕޯޓަށް ބާރުބޮޑުވާނެތީ، އެންމެހައި ފަރާތްތަކުން މިކަމަށް ސަމާލުވުމަށް އެ ކުންފުނިން ވަނީ އެދިފަ.
98 ދުވަސް ކުރިން - 17:15