1446 (2025) ވަނަ އަހަރު ހައްޖުގެ އަޅުކަން އަދާކުރުމުގެ ޖާގަ ކޯޕަރޭޝަންގެ ސިސްޓަމްގެ ތެރެއިން ޔަގީންކަން ދެވިފައިވާ ހުރިހާ ފަރާތްތަކަށް ހައްޖަށް ދިއުމުގެ ފުރުސަތު ލިބޭނެ ކަމަށް ޝަހީމް ވިދާޅުވި.
709 ދުވަސް ކުރިން - 13:17
އިމާމުން ތާޒާކުރުމުގެ ޤައުމީ މަޝްރޫޢުގެ ދަށުން ކުރިއަށްގެންދާ ތަމްރީނު ސިލްސިލާގެ ބައެއްގެ ދަށުން އައްޑޫ ސިޓީގެ 68 އިމާމުންނަށް އަމާޒުކޮށްގެން ތާޒާކުރުމުގެ ތަމްރީނު ޕްރޮގްރާމެއް ފަށައިފި.
712 ދުވަސް ކުރިން - 20:37
ފުރަތަމަ ފަހަރަށް ބޭއްވުނު ބައިނަލްއަޤްވާމީ ޒަކާތު މަހާސިންތާގައި ޒަކާތާއި ގުޅުންހުރި މުހިންމު މައުޟޫތަކަށް އަލިއަޅުވާލެވުނު. މަހާސިންތާއިން ލިބުނު މަޢުލޫމާތުގެ އަލީގައި ރާއްޖޭގެ ޒަކާތުގެ ނިޒާމު އިތުރަށް ހަރުދަނާކުރުމަށް މުހިންމު މަސައްކަތްތަކެއް ކުރައްވާނެކަމަށް ވަޒީރު ވިދާޅުވި.
713 ދުވަސް ކުރިން - 18:26
މި ޕްރޮގްރާމް ހާއްސަކޮށްފައިވަނީ ހއ، ހދ ، ށ، ބ، ޅ، ކ، އއ، އަދި އދ އަތޮޅުގެ ރަށްތަކަށް.
714 ދުވަސް ކުރިން - 19:43
މިނިސްޓަރ ވިދާޅުވީ، ޒަކާތުގެ ކަންކަން ޙަރުދަނާކޮށް ކުރިއެރުވުމަށާއި ފިޤުހުގެ އަލީގައި މުއައްސަސާ ކުރިއެރުވުމަށް ރައީސް މުޢިއްޒު ދެއްވާ އެއްބާރުލެއްވުމަކީ ރާއްޖޭގެ ވެރިއެއްގެ ފަރާތުން މިފަދަ ކަމަކަށް ދެއްވާނެ އެންމެ ފުރިހަމަ އެއްބާރުލެއްވުންކަމަށް.
715 ދުވަސް ކުރިން - 15:50
މި ފޮތުގައި ފާއިތުވެދިޔަ 52 ހަފްތާގެ ތެރޭގައި އިސްލާމިކް މިނިސްޓްރީގެ އެކި ސެކްޝަންތަކުން ކުރިއަށް ގެންދިޔަ މުހިންމު ކަންކަމުގެ ތަފްސީލީ މަޢުލޫމާތު ހިމަނާފައިވާނެ ކަމަށް މިނިސްޓްރީން ބުނި.
715 ދުވަސް ކުރިން - 15:27
އިސްލާމީ މަރުކަޒުގައި ކުރިއަށް ގެންދާ މި ކޮންފަރެންސަކީ ރާއްޖޭގައި ބާއްވާ މިފަދަ ފުރަތަމަ ކޮންފަރެންސް.
715 ދުވަސް ކުރިން - 10:36
ޒަކާތު ފަންޑުގެ ފަރާތުން ފޮނުވާ އެއް ލައްކަ ޑޮލަރު ޚަރަދުކުރުމަށް ހަމަޖެހިފައިވަނީ ޣައްޒާގެ ރައްޔިތުންނަށް ސާފު ބޯފެން ފޯރުކޮށްދިނުމަށް ޤަތަރު ރެޑްކްރެސެންޓް ސޮސައިޓީން ކުރިއަށްގެންދާ މަޝްރޫޢަށް ކަމަށް އިސްލާމިކް މިނިސްޓްރީން ބުނި.
716 ދުވަސް ކުރިން - 13:49
ފަލަސްޠީނުގެ މައްސަލައަކީ ދިވެހިރާއްޖެއިން އަބަދުވެސް ސަމާލުކަން ދޭ މައްސަލައެއް ކަމަށާއި، ބައިނަލްއަޤްވާމީ މައިދާނުގައި ފަލަސްޠީނުގެ ޙައްޤުގައި ދިވެހިރާއްޖެއިން އަޑުއުފުލަމުންދާނެ ކަމަށް ވަޒީރު ވިދާޅުވި.
718 ދުވަސް ކުރިން - 13:42
މި މަހު 28 ގައި މި ކޮންފަރެންސް ބާއްވަނީ އިސްލާމީ މަރުކަޒުގައި. މި ކޮންފެރެންސުގައި ޒަކާތުގެ މަންފާ އޭގެ ހައްގުވެރިންނަށް ފުޅާ ދާއިރާއެއްގައި ލިބޭނެ ގޮތްތަކާ މެދު މަޝްވަރާ ކުރާނެ.
718 ދުވަސް ކުރިން - 10:55
ފަތުވާ ދިނުމުގެ ނިޒާމު ހަރުދަނާކުރުމާބެހޭ ފުރަތަމަ މަހާސިންތާ އިފްތިތާހު ކުރުމުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރާއްޖޭގެ ފަތުވާގެ ނިޒާމު ހަރުދަނާކުރުމަކީ ސަރުކާރުގެ މުހިންމު ސިޔާސަތެއްކަމަށް ވަޒީރު ޑރ. މުޙައްމަދު ޝަހީމް ވިދާޅުވެއްޖެ.
719 ދުވަސް ކުރިން - 20:58
އިސްލާމީ ފަތުވާދޭ މަޖިލީހާއި އިސްލާމިކް މިނިސްޓްރީ ގުޅިގެން 'ފަތުވާ މަހާސިންތާ' ފަށައިފި. މަޤްޞަދަކީ ދީނީ އެއްބައިވަންތަކަން ޙިމާޔަތްކުރުމާއި އިސްލާމްދީނުގެ މަތިވެރި ދަންމަރު ފެތުރުމަށް މަސައްކަތްކުރާ ފަރާތްތަކަށް މަޝްވަރާކުރުމުގެ ފުރުޞަތު ހޯދައިދިނުން.
720 ދުވަސް ކުރިން - 16:51