Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ލިބޭ އެންމެ ބޮޑު އުފަލަކީ ރައީސް މުޢިއްޒު އިސްލާމީ ކަންތައްތަކަށް ބަހައްޓަވާ މުހިންމުކަން: ޝަހީމް

ލިބޭ އެންމެ ބޮޑު އުފަލަކީ ރައީސް މުޢިއްޒު އިސްލާމީ ކަންތައްތަކަށް ބަހައްޓަވާ މުހިންމުކަން: ޝަހީމް

އަައިޝަތު ޒީނާ
641 ދުވަސް ކުރިން - 28 ނޮވެންބަރު 2024 15:50
ބައިނަލްއަޤްވާމީ ޒަކާތު ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތުގައި މިނިސްޓަރ ޝަހީމް ވާހަކަދައްކަވަނީ. / ފޮޓޯ: އިސްލާމިކް މިނިސްޓްރީ
ބައިނަލްއަޤްވާމީ ޒަކާތު ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތުގައި މިނިސްޓަރ ޝަހީމް ވާހަކަދައްކަވަނީ. / ފޮޓޯ: އިސްލާމިކް މިނިސްޓްރީ
ޚުލާސާ

މިނިސްޓަރ ވިދާޅުވީ، ޒަކާތުގެ ކަންކަން ޙަރުދަނާކޮށް ކުރިއެރުވުމަށާއި ފިޤުހުގެ އަލީގައި މުއައްސަސާ ކުރިއެރުވުމަށް ރައީސް މުޢިއްޒު ދެއްވާ އެއްބާރުލެއްވުމަކީ ރާއްޖޭގެ ވެރިއެއްގެ ފަރާތުން މިފަދަ ކަމަކަށް ދެއްވާނެ އެންމެ ފުރިހަމަ އެއްބާރުލެއްވުންކަމަށް.

ލިބޭ އެންމެ ބޮޑު އުފަލަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިސްލާމީ ކަންތައްތަކަށް ބަހައްޓަވާ މުހިންމުކަން ކަމަށް އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

ބައިނަލްއަޤްވާމީ ޒަކާތު ކޮންފަރެންސް ފެށުމުގެ ގޮތުން މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރ ޝަހީމް ވިދާޅުވީ އެބޭފުޅާއަށް ލިބިލައްވާ އެންމެ ބޮޑު އުފަލަކީ ރައީސް މުޢިއްޒުގެ ފަރާތްޕުޅުން އިސްލާމީ ކަންކަމަށް ބަހައްޓަވާ މުހިންމުކަމާއި، އިސްލާމިކް މިނިސްޓްރީއާއި އެ މިނިސްޓްރީގެ ދަށުގައިވާ މުއައްސަސާތައް ޙަރުދަނާކޮށް ކުރިއެރުވުމަށް ދެއްވަމުން ގެންދަވާ އެއްބާރުލެއްވުން ކަމަށެވެ.

މިނިސްޓަރ ވިދާޅުވީ، ޒަކާތުގެ ކަންކަން ޙަރުދަނާކޮށް ކުރިއެރުވުމަށް އިސްލާމިކް މިނިސްޓްރީގެ ދަށުން ޒަކާތަށް ޚާއްސަ އިދާރާއެއް އުފައްދަވާ އިސްލާމީ ފިޤުހުގެ އަލީގައި މުއައްސަސާ ކުރިއެރުވުމަށް ރައީސް މުޢިއްޒު ދެއްވާ އެއްބާރުލެއްވުމަކީ ރާއްޖޭގެ ވެރިއެއްގެ ފަރާތުން މިފަދަ ކަމަކަށް ދެއްވާނެ އެންމެ ފުރިހަމަ އެއްބާރުލެއްވުންކަމަށާއި، އެކަމަށްޓަކައި އެމަނިކުފާނަށް ޝުކުރު އަދާ ކުރައްވާކަމަށެވެ.

Advertisement

Advertisement 1

މިނިސްޓަރގެ ވާހަކަފުޅުގައި އިތުރަށް ވިދާޅުވީ، ކުރިއާއި އަޅާކިޔާއިރު ޒަކާތަށް ބޮޑެތި ކުރިއެރުންތަކެއް އައިސްފައިވާކަމަށާއި، އަހަރެއްގެ ތެރޭގައި ޒަކާތަށް ޖަމާވާ ޢަދަދު 100 މިލިއަނާއި ގާތްކުރާ ވަރަށް ކުރިއަށް ގޮސްފައިވާކަމުން އެނގިގެން ދަނީ ޒަކާތަށް އާއްމުންގެ ހޭލުންތެރިކަން އިތުރުވަމުންދާ މިންވަރު ކަމަށެވެ. އަދި ދިވެހިރާއްޖޭގެ ޒަކާތު ހައުސް އުފެއްދި ފަހުން ޒަކާތަށް ހޭލުންތެރިކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން ގެންދާކަމަށާއި މި ކޮންފަރެންސްއަކީވެސް އެފަދަ މުހިންމު މަސައްކަތެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މީގެ އިތުރުން މިނިސްޓަރ ވިދާޅުވީ، މި ކޮންފަރެންސްގެ ޒަރިއްޔާއިން ޒަކާތާއި ގުޅޭ ޢިލްމީ މުހިންމު ވާހަކަތަކެއް ދެކެވި، މުހިންމު ކަންކަމާއިމެދު މަޝްވަރާ ކުރެވި ޚިޔާލު ބަދަލުކުރެވިގެންދާނެކަމަށް އުއްމީދު ކުރައްވާކަމަށެވެ.

އިންޓަނޭޝަނަލް ޒަކާތު ކޮންފަރެންސް 2024 (އިންޒެކް 2024) އަކީ ދެމެހެއްޓެނިވި ގޮތެއްގައި ރާއްޖޭގައި ޤާއިމުކުރެވިފައިވާ ޒަކާތުގެ ނިޒާމެއް ކުރިއެރުވުމުގެ މަޤުސަދުގައި ބާއްވާ ކޮންފަރެންސެކެވެ. މި ކޮންފަރެންސްގައި ޢިލްމުވެރިންނާއި، މި މަސައްކަތުގައި އުޅޭ މީހުންނާއި ސިޔާސަތުތައް ކަނޑައަޅާ ފަރާތްތަކާއި، މުޖުތަމަޢުގެ އިސްވެރީން ގުޅިގެން، އިޖްތިމާޢީ ދުޅަހެޔޮކަމާއި އިޤްތިޞާދީ ހަމަޖެހުމަށްޓަކައި މުހިންމު ވަސީލަތެއްގެ ގޮތުގައި ޒަކާތުގެ ހިންގުން ހަރުދަނާކޮށް، ހަރުދަނާކަން އިތުރުކުރެވޭނެ އިސްތިރާޖުތައް ދެނެގަތުމަށް ވަނީ ހަމަޖެހިފައެވެ.

އިސްލާމިކް މިނިސްޓްރީމިނިސްޓަރު ޑރ. ޝަހީމް އަލީ ސައީދު
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ބަޖެޓަށް ބަރޯސާނުވެ، ޒަކާތާއި ވަގުފު ފަންޑުން 300 މިލިއަންގެ އިންވެސްޓްމަންޓްތަކެއް ކުރިއަށް!

ބަޖެޓަށް ބަރޯސާނުވެ، ޒަކާތާއި ވަގުފު ފަންޑުން 300 މިލިއަންގެ އިންވެސްޓްމަންޓްތަކެއް ކުރިއަށް!

22 ދުވަސް ކުރިން - 10:27

އިސްލާމީ ސިވިލައިޒޭޝަން ފޯރަމް ކޮންމެ ދެ އަހަރުން އެއް އަހަރު ބޭއްވުމަށް ނިންމައިފި

އިސްލާމީ ސިވިލައިޒޭޝަން ފޯރަމް ކޮންމެ ދެއަހަރުން އެއްއަހަރު ބޭއްވުމަށް ނިންމައިފި

52 ދުވަސް ކުރިން - 21:23

ގުރުއާނާ ބެހޭ ގައުމީ މަރުކަޒުގެ ފުވައްމުލައް ސިޓީ އައުޓްރީޗް ސެންޓަރު ރަސްމީކޮށް ހުޅުވައިފި

ގުރުއާނާ ބެހޭ ގައުމީ މަރުކަޒުގެ ފުވައްމުލަކުގެ އައުޓްރީޗް ސެންޓަރު ރަސްމީކޮށް ހުޅުވައިފި

66 ދުވަސް ކުރިން - 20:02

މިއަހަރުގެ ހައްޖު މިޝަންގެ މެމްބަރުންނާއި މިނިސްޓަރު ޑރ. ޝަހީމް ބައްދަލުކުރައްވައިފި

ހައްޖު މިޝަންގެ މެމްބަރުންނާއި ޑރ. ޝަހީމް ބައްދަލުކުރައްވައިފި

120 ދުވަސް ކުރިން - 15:01

ނޫސްވެރިކަމުގެ މިނިވަންކަމަކީ އަބުރަށް އަރައިގަތުމުގެ ނިޒާމަކަށް ވެގެންނުވާނެ: މިނިސްޓަރު ޝަހީމް

"ނޫސްވެރިކަމުގެ މިނިވަންކަމަކީ އަބުރަށް އަރައިގަތުމުގެ ނިޒާމަކަށް ވެގެންނުވާނެ"

125 ދުވަސް ކުރިން - 14:10

ހައްޖާއި އުމްރާ އާ ގުޅޭ ހާއްސަ ގާނޫނެއް އެކުލަވާލަނީ

ހައްޖާއި އުމްރާއާ ގުޅޭ ހާއްސަ ގާނޫނެއް އެކުލަވާލަނީ

131 ދުވަސް ކުރިން - 12:52