އަތޮޅު ތެރޭގެ ރަށްތަކަށް ވާޗުއަލް ކޮށް ބޭއްވި އިމާމުންނާއި ޚަތީބުން ތާޒާކުރުމުގެ ޕްރޮގްރާމް ނިންމާލައިފިއެވެ.
އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއިން ހއ، ހދ ، ށ، ބ، ޅ، ކ، އއ، އަދި އދ އަތޮޅުގެ ރަށްތަކުގެ އިމާމުން އަދި ޚަތީބުން ތާޒާ ކުރުމަށް ބޭއްވުނު ޕްރޮގްރާމް ލުރިޔަށް ދިޔައީ މިމަހު 25 ވަނަ ދުވަހުން ފެށިގެން މިއަދުގެ ނިޔަލަށެވެ.
އިސްލާމިކް މިނިސްޓްރީން ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގައި ގިނަ އަދަދެއްގެ އިމާމުންނާއި ޚަތީބުން ބައިވެރިވެފައިވާއިރު ޕްރޮގްރާމްގައި ކިޔަވައިދެއްވާފައިވަނީ ރާއްޖޭގެ ފުންނާބު އުސް ބޭފުޅުންކަންވެސް ފާހަގަކޮށްލެވެއެވެ.
މި ތާޒާކުރާ ޕްރޮގްރާމުގައި ކިޔަވައިދިން ބައިތަކަކީ ޤުރުޢާން، ފިޤުހު، ހުތުބާ، ބަންގި، އަޙްލާގު ގެ އިތުރުން އިމާމުންނަށް ކަނޑައަޅާފައިވާ ސިވިލް ސާވިސްގެ ގަވާއިދުތަކެވެ.
އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާގެ ވަޒީރު ޑރ. ޝަހީމްގެ އިސްނެންގެވުމުގެ ދަށުން ބޭއްވުނު މި ޕްރޮގްރާމް ފުރިހަމައަށް ގޮސްފައިވާއިރު، އިމާމުންނާއި ޚަތީބުންނަށް އެކި ގޮތްގޮތުން ތަމްރީނު ދިނުމަށް ވެސް އެ ވުޒާރާއިން ވަނީ އަމާޒު ހިފާފައެވެ.
އެ ވުޒާރާއިން މަޢުލޫމަތުދޭ ގޮތުގައި ބާކީ ހުރިހާ އަތޮޅުތަކުގެ އިމާމުންނަށް ވެސް ތާޒާކުރުމުގެ ޕްރޮގަރާމް ބާއްވާނެއެވެ.









