އާ ޤަވާޢިދުގެ ދަށުން، 2024 ވަނަ އަހަރުގެ ނޮވެމްބަރު 27 އިން ފެށިގެން ދިވެހިރާއްޖެ ހިމެނޭ ގޮތަށް 49 ޤައުމެއްގެ މީހުންނަށް އީޓީއޭއަށް އެދެވޭނެ. އަދި 2025 ވަނަ އަހަރުގެ ޖެނުއަރީ 8 އިން ފެށިގެން އިނގިރޭސިވިލާތަށް ދަތުރުކުރެވޭނީ އީޓީއޭ ހޯދުމަށްފަހުގައި ކަމަށް ފޮރިން މިނިސްޓްރީން އިން ބުނެފައިވޭ.
737 ދުވަސް ކުރިން - 13:33
ޖަޕާނު ސަރުކާރުން މާލޭގެ ބޭރު ތޮށި މަރާމާތުކުރުމަށާއި ފެންހިންދާ ނިޒާމް އަޕްގްރޭޑްކުރުމަށް 140،000 އެމެރިކާ ޑޮލަރުގެ ހިލޭ އެހީއެއް ދޭން ނިންމައި އެއްބަސްބުމުގައި މިއަދު ސޮއިކުރެވިއްޖެ. މި މަޝްރޫޢުގެ ދަށުން މާލޭގެ އެއްގަމު ތޮށި ވަރުގަދަވެ، ކަނޑުގެ ލޮނުގަނޑު އުފުލުމާއި މޫސުމީ ކާރިސާތަކުގެ ނުރައްކަލުން މާލެ ރައްކާތެރިވެގެންދާނެ އަދި މާލޭގެ ފެންހިންދާ ނިޒާމް އަޕްގްރޭޑްކުރެވުމުން، ވާރޭވެހި ފެންބޮޑުވުމުގެ މައްސަލަތައް ވެސް ޙައްލުވެގެންދާނެ.
739 ދުވަސް ކުރިން - 12:39
މި ދަތުރުފުޅުގައި މިނިސްޓަރ ވަނީ ޔޫއޭއީގެ ބޮޑުވަޒީރުގެ ނައިބު އަދި ފޮރިން މިނިސްޓަރ ހިޒް ހައިނެސް ޝެއިޚް ޢަބްދުﷲ ބިން ޒައިދު އަލް ނަހްޔާންއާ ބައްދަލުކުރައްވައި ދެ ޤައުމުގެ ދެމެދުގައި އޮންނަ ގާތް، ރަޙުމަތްތެރިކަމުގެ ގުޅުން އިތުރަށް ބަދަހިކުރުމާއި އައު ދާއިރާތަކުން އެކުގައި މަސައްކަތް ކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައި.
751 ދުވަސް ކުރިން - 19:22
މި ބައްދަލުވުމުގައި، ދިވެހިރާއްޖެއާއި އެކުވެރި ޢަރަބި އިމާރާތާ ދެމެދު ޤާއިމުވެފައިވާ ދެމެހެއްޓެނިވި ގުޅުން އިތުރަށް ހަރުދަނާކުރުމުގެ މުހިންމުކަމާ މެދު ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވިފައިވޭ.
752 ދުވަސް ކުރިން - 22:25
ސަރުކާރުން ފާހަގަކުރައްވާ ގޮތުގައި މި މުއާހަދާއަކީ ކަނޑުގެ ވަސީލަތްތައް ހިމާޔަތްކުރުމަށް ބައިނަލްއަޤްވާމީ ފެންވަރުގައި ކުރެވުނު އެންމެ މުހިންމު މަސައްކަތް ކަމަށާއި، ކުޑަ ޖަޒީރާ ޤައުމެއްގެ ހައިސިއްޔަތުން ރާއްޖެ މިފަދަ މުއާހަދާއެއްގައި ބައިވެރިވުމަކީ ވަރަށް މުހިންމު ކަމެއް
752 ދުވަސް ކުރިން - 21:44
މި ދަތުރުފުޅުގެ މައިގަނޑު މަޤްޞަދަކީ ދިވެހިރާއްޖެއާއި ޔޫއޭއީއާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިކުރުން ކަމަށް ވެސް އެ ވުޒާރާއިން ބުނެފައި.
754 ދުވަސް ކުރިން - 00:34
ސަފީރު ވަނީ ދިވެހި ރާއްޖޭގެ ރައީސް ޑރ. މުހައްމުދު މުއިއްޒުގެ ހެޔޮއެދުންތައް ބަންގްލަދޭޝްގެ ރައީސްއަށް ފޯރުކޮށްދެއްވާފައި.
754 ދުވަސް ކުރިން - 19:58
މި ޕްރޮގްރާމު ފެށުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ ފެބްރުއަރީ މަހު. މި ޕްރޮގްރާމުގެ ދަށުން ރާއްޖެއަށް އިންވެސްޓްކުރާ ފަރާތްތަކަށް ރާއްޖޭގައި ދިރިއުޅުމުގެ ހުއްދަ ލިބޭނެ
755 ދުވަސް ކުރިން - 23:29
އިސްރާއިލް ސަރުކާރުގެ އޮފިޝަލުން އަލް އަގްސާއަށް ވަދެ ހިންގި ހަމަނުޖެހުން ކުށްވެރިކޮށް ދިވެހި ސަރުކާރުން ނެރެފައިވާ ބަޔާނުގައި ވަނީ ސުލްޙަވެރި އަދި ދެމެހެއްޓެނިވި ޙައްލެއް ހޯދުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢު ގުޅިގެން އަވަސް ފިޔަވަޅުތަކެއް އެޅުމަށް ބާރުއަޅާ ކަމަށެވެ.
770 ދުވަސް ކުރިން - 00:50