ރައީސްގެ ސިޓީފުޅު ޔޫއޭއީގެ ފޮރިން މިނިސްޓަރަށް އަރުވައިފި

އައިޝަތު ރުވާ ރިފްޢަތު | 452 ދުވަސް ކުރިން - 4 ސެޕްޓެންބަރު 2024 22:25
ފޮޓޯ:  ޕޮރިން  މިނިސްޓްރީ
ފޮޓޯ: ޕޮރިން މިނިސްޓްރީ
ޚުލާސާ

މި ބައްދަލުވުމުގައި، ދިވެހިރާއްޖެއާއި އެކުވެރި ޢަރަބި އިމާރާތާ ދެމެދު ޤާއިމުވެފައިވާ ދެމެހެއްޓެނިވި ގުޅުން އިތުރަށް ހަރުދަނާކުރުމުގެ މުހިންމުކަމާ މެދު ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވިފައިވޭ.

ޔުނައިޓެޑް އަރަބް އެމިރޭޓްސް ، ޔޫއޭއީގެ ރައީސް ހިސް ހައިނެސް މުހައްމަދު ބިން ޒައިދު އައްނަހްޔާނަށް ރައީސުލް ޖުމްހޫރިއްޔާ ޑރ،މުޙައްމަދު މުޢިއްޒުގެ ސިޓީފުޅު އެރުއްވުމަށް އެޤައުމުގެ ފޮރިންމިނިސްޓަރާއި ޙަވާލުކުރައްވައިފިއެވެ.

ފޮރިން މިނިސްޓަރު މޫސާ ޒަމީރު މިހާރު ކުރައްވަމުން ގެންދަވާ ޔޫއޭއީގެ ދަތުރުފުޅުގައި، އެ ގައުމުގެ ފޮރިން މިނިސްޓަރުގެ އިތުރުން ބޮޑުވަޒީރުގެ ނައިބު އާއި އަދި ހާރިޖީ ވަޒީރާއި ވެސް ބައްދަލުކުރެއްވިއެވެ.

ފޮރިން މިނިސްޓްރީން މަޢުލޫމާތުދޭ ގޮތުގައި މި ބައްދަލުކުރެއްވުމުގައި، ދިވެހިރާއްޖެއާއި އެކުވެރި ޢަރަބި އިމާރާތާ ދެމެދު ޤާއިމުވެފައިވާ ދެމެހެއްޓެނިވި ގުޅުން އިތުރަށް ހަރުދަނާކުރުމުގެ މުހިންމުކަމާ މެދު ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވިފައިވެއެވެ. މީގެއިތުރުން، ބައިނަލްއަޤްވާމީ މައިދާނުގައި ދެ ޤައުމުން ގުޅިގެން މަސައްކަތްކުރުމަށް އެއްބަސްވެފައިވެއެވެ. އަދި އެކުވެރި ޢަރަބި އިމާރާތުން ދިވެހިރާއްޖެއަށް ފޯރުކޮށްދެމުންގެންދާ އެހީތެރިކަމާއި އެއްބާރުލުމަށްޓަކައި މިނިސްޓަރ ޒަމީރު ވަނީ އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވާފައިކަން ފާހަގަކޮށްލެވެއެވެ.

މީގެ އިތުރުން، މި ބައްދަލުވުމުގައި ދިވެހިރާއްޖޭގެ އިސް ޑިޕްލޮމެޓުން ބައިވެރިވެ ވަޑައިގަތްކަން މިނިސްޓްރީ އޮފް ފޮރިން އެފެއާޒުން ފާހަގަކުރެއްވިއެވެ. އެހެންނަމަވެސް، ރައީސް މުޢިއްޒުގެ ސިޓީފުޅުގައި އެކުލެވިގެންވާ މަޢުލޫމާތު މި ވަގުތާ ހަމައަށްވެސް ޢާންމުކޮށްފައެއް ނުވެއެވެ.

މި ދަތުރުފުޅަކީ ދެ ޤައުމުގެ ދެމެދުގައި ޤާއިމުވެފައިވާ ދިގު މުއްދަތުގެ ގުޅުން އިތުރަށް ބަދަހިކޮށް، އިޤްތިޞާދީ، އިޖްތިމާޢީ އަދި ސަޤާފީ ފަދަ އެކި ދާއިރާތަކުން އެއްބާރުލުން ފުޅާކޮށް، ދެމެހެއްޓެނިވި ގޮތެއްގައި ތަރައްޤީގެ ލަނޑުދަނޑިތައް ޙާޞިލުކުރުމަށް މަގުފަހިވެގެންދާނެ ދަތުރުފުޅެއްކަމުގައި ބެލެވެއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%