
ފޮރިން މިނިސްޔަރު ޚަލީލް ވަނީ ލަންކާ ފޮރިން މިނިސްޓަރާއެކު މަޝްވަރާ ކުރައްވާފަ. އެޤައުމުގެ ރައީސް އާއި ވެސް މިނިސްޓަރު ޚަލީލް ބައްދަލުކުރައްވާނެ.
583 ދުވަސް ކުރިން - 11:30
އެ ބައްދަލުވުމުގައި ސަފީރު އަޒީމާ ވަނީ ރާއްޖޭގެ ކުރިއެރުމަށް އިންޑިއާ އިން ދެއްވަމުންގެންދަވާ އެހީތެރިކަމަށް ދިވެހި ސަރުކާރުގެ ފަރާތުން ޝުކުރު އަދާކޮށްފައި.
586 ދުވަސް ކުރިން - 19:30
ދެގައުމުގެ ދެމެދު ސީދާ ވައިގެ ދަތުރުތައް ކުރާ މިންވަރު އިތުރުކުރުމާއި ފަތުރުވެރިކަމުގެ ދާއިރާއިން ރާއްޖޭގައި ހުރި އިންވެސްޓްމަންޓް ފުރުޞަތު ތަކާއި ބެހޭގޮތުން މަޝްވަރާ ކޮށްފައިވޭ.
587 ދުވަސް ކުރިން - 14:13
ރާއްޖެ އާއި ޖަޕާނުގެ މެދުގައި ބޭއްވުނު ޕޮލިސީ ޑައިލޮގްގެ ފަސްވަނަ ބުރުގައި ދެ ގައުމުގެ މެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރުމަށް މަޝްވަރާކޮށް، އިޤްތިޞާދީ އަދި ތަރައްޤީގެ އެއްބާރުލުން އިތުރުކުރުމަށް އެއްބަސްވެއްޖެ.
594 ދުވަސް ކުރިން - 18:26
ނަތަންޔާހޫ ސައުދީ އަރަބިއްޔާގެ ބިމެއްގައި ފަލަސްތީނު ދައުލަތެއް ގާއިމުކުރުމަށް ގޮވާލި ގޮވާލުމަކީ ބައިނަލްއަޤްވާމީ ޤާނޫނުތަކާއި އދ. ގެ ޗާޓަރާ ޚިލާފު ވާހަކަތަކެއް ކަމަށާއި މިވާހަކަތައް ކުށްވެރިކުރާކަމަށް ސަރުކާރުން ބުނެފި.
594 ދުވަސް ކުރިން - 18:02
ރައީސްގެ އޮފީހުގަގައި އޮތް މި ރަސްމިއްޔާތަށް، ޖުމްހޫރީ މައިދާނުން ފެށިގެން ރައީސްގެ އޮފީހާއި ހަމައަށް، ސަފީރު ހިޒް އެކްސަލަންސީ ނިކޮލަސް ޑޭވިޑް ލޯ ވަޑައިގެންނެވީ ހަތްކޮޅުގައި ރަސްމީ ޢިއްޒަތުގައި ބެރު ދުންމާރި ތާޅަފިލީގައި، ހެވިކަމުގެ ލަޝްކަރީންނާ އެކު ހިންގަވައިފަ.
599 ދުވަސް ކުރިން - 14:17
ތަޢުލީމާއި ޞިއްޙީ ޚިދުމަތް ފަދަ ދާއިރާތަކުން އޮސްޓްރޭލިއާއިން ރާއްޖެއަށް ދެމުންގެންދާ އެހީތެރިކަން ފާހަގަކުރައްވައި ރާއްޖެއާއި އޮސްޓްރޭލިއާގެ ބަދަހި ގުޅުމުގެ މައިގަނޑު އަސާސަކީ ރައްޔިތުންގެ މެދުގައި އޮންނަ ގުޅުން ކަމަށް ޚާރިޖީ ވަޒީރު ވިދާޅުވެއްޖެ.
608 ދުވަސް ކުރިން - 17:25
ފޮރިން މިނިސްޓްރީން ބުނީ އެ އިދާރާގައި މިއަދު ބޭއްވި މި ބައްދަލުވުމުގައި ސަފީރު ފައިސަލް ރަސުލް ލޯދިއަށް މިނިސްޓަރު ހަލީލް ތަހުނިޔާ ވިދާޅުވި ކަމަށް.
614 ދުވަސް ކުރިން - 17:18
ޔޫޕީއާރް އަކީ އދ. ގެ މެމްބަރު ގައުމުތަކުގެ އިންސާނީ ހައްގުތަކުގެ މުޅި ހާލަތަށް ރިއާއަތްކޮށް އެ ގައުމަކުން އިންސާނީ ހައްގުތައް ނަގަހައްޓާ މިންވަރު ވަޒަންކުރުމަށް އެކުލަވާލެވިފައިވާ ނިޒާމެއް.
614 ދުވަސް ކުރިން - 16:55
ފޮރިން މިނިސްޓްރީން ބުނީ ދެ ގައުމުގެ ދެމެދުގައި އޮތް ގާތް ގުޅުމަށް މިހާރު އައިސްފައިވާ ކުރިއެރުން ދަމަހައްޓައި އިތުރަށް ބަދަހިކުރެވިދާނެ ގޮތްތަކާ ގުޅޭ ގޮތުން ދެ ބޭފުޅުން މި ބައްދަލުވުމުގައި މަޝްވަރާކުރެއްވި ކަމަށް.
614 ދުވަސް ކުރިން - 12:54
ފޮރިން މިނިސްޓަރު ޑރ. ހަލީލް މި ވަގުތު ހުންނެވީ ރަސްމީ ދަތުރެއްގައި ޔޫއޭއީގައި.
627 ދުވަސް ކުރިން - 12:35
ޔޫއޭއީއާއި ރާއްޖޭގެ ގުޅުން އިތުރަށް ބަދަހިކުރުމާއި ގުޅޭގޮތުން މަޝްވަރާކުރެއްވުމަށް ޔޫއޭއީގެ ޑެޕިއުޓީ ޕްރައިމް މިނިސްޓަރ އަދި ފޮރިން މިނިސްޓަރގެ ދަޢުވަތަކަށް ޚާރިޖީ ވަޒީރު .ވަޑައިގެންފި.
629 ދުވަސް ކުރިން - 11:42
ގުޅުން ދެމެހެއްޓުމުގައި ދެޤައުމުންވެސް އެންމެ އިސްކަމެއްދެނީ އިޙްތިރާމާއި އިތުބާރަށް ކަމަށް ޚާރިޖީ ވަޒީރު ވިދާޅުވެއްޖެ.
629 ދުވަސް ކުރިން - 08:33