Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ޔޫއޭއީ އާއި ރާއްޖޭގެ ގުޅުން ވަރުގަދަކުރަން މަޝްވަރާކޮށްފި

ޔޫއޭއީ އާއި ރާއްޖޭގެ ގުޅުން ވަރުގަދަކުރަން މަޝްވަރާކޮށްފި

އަހްމަދު އީޒާން
565 ދުވަސް ކުރިން - 7 ޖެނުއަރީ 2025 12:35
ރާއްޖޭގެ ފޮރިން މިނިސްޓަރު ޑރ. ހަލީލް، ޔޫއޭއީގެ ފޮރިން މިނިސްޓަރުއާ ސަލާންކުރައްވަނީ / ފޮޓޯ: ފޮރިން މިނިސްޓްރީ
ރާއްޖޭގެ ފޮރިން މިނިސްޓަރު ޑރ. ހަލީލް، ޔޫއޭއީގެ ފޮރިން މިނިސްޓަރުއާ ސަލާންކުރައްވަނީ / ފޮޓޯ: ފޮރިން މިނިސްޓްރީ
ޚުލާސާ

ފޮރިން މިނިސްޓަރު ޑރ. ހަލީލް މި ވަގުތު ހުންނެވީ ރަސްމީ ދަތުރެއްގައި ޔޫއޭއީގައި.

ޔޫއޭއީ އާއި ރާއްޖޭގެ ގުޅުން އިތުރަށް ވަރުގަދަކުރުމާ ގުޅޭ ގޮތުން ދެ ގައުމުން އިއްޔެ މަޝްވަރާކޮށްފި އެވެ.

ފޮރިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ފޮރިން މިނިސްޓަރު އަބްދުالله ހަލީލް، ޔޫއޭއީގެ ޑެޕިއުޓީ ޕްރައިމް މިނިސްޓަރު އަދި ފޮރިން މިނިސްޓަރު ޝެއިހް އަބްދުالله ބިން ޒައިދު އަލް ނަހްޔާންއާ ބައްދަލުކުރައްވާފައިވާ ކަމަށެވެ.

ހަލީލް މި ވަގުތު ހުންނެވީ ރަސްމީ ދަތުރެއްގައި ޔޫއޭއީގަ އެވެ.

Advertisement

Advertisement 1

އެ ބައްދަލުކުރެއްވުމުގައި ހަލީލް ވަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ފަރާތްޕުޅުން ޔޫއޭއީގެ ރައީސް ޝައިޚް މުޙައްމަދު ބިން ޒައިދު އަލް ނަހްޔާނަށް ތަހުނިޔާ އަރިސްކުރައްވައިފަ އެވެ. އަދި ރާއްޖޭގެ ތަރައްގީއަށާއި ކުރިއެރުމަށް އެ ގައުމުން ދޭ އެހީތެރިކަމަށް ޝުކުރު އަދާކުރައްވައި. ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރުމާ ބެހޭ ގޮތުން ދެ ބޭފުޅުން މަޝްވަރާކުރެއްވި ކަމަށް ވެސް ފޮރިން މިނިސްޓްރީން ބުންޏެވެ.

ދެ ގައުމުން އިސްކަންދޭ ދާއިރާތައް ހޯދައި އެ ކަންކަން ކުރިއަށް ގެންދިއުމުގައި އެއްބާރުލުން ދިނުމުގެ ޔަގީންކަމާއި ދެ ގައުމުގެ ދެމެދު އޮންނަ ޒަމާންވީ ގުޅުން އިތުރަށް ބަދަހިކުރުމަށް މަސައްކަތްކުރައްވާނެ ކަމުގެ ޔަގީންކަން ދެބޭފުޅުން އެރުވި ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

"މި ބައްދަލުކުރެއްވުމުގައި، ދިވެހިރާއްޖޭގެ ފިސްކަލް ރިފޯމް އެޖެންޑާ އާއި ތަރައްގީގެ މުހިންމު މަސައްކަތްތަކާ ބެހޭ ގޮތުން މިނިސްޓަރު ޑރ. ހަލީލް މައުލޫމާތު ހިއްސާކުރެއްވި އެވެ. ޔޫއޭއީގެ އަބޫދާބީ ފަންޑް ފޯ ޑިވެލޮޕްމަންޓް (އޭޑީއެފްޑީ) މެދުވެރިކޮށް ދިވެހިރާއްޖެއަށް ފޯރުކޮށްދެއްވާ އަގުހުރި އެހީތެރިކަމަށް، ހާއްސަކޮށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ފުޅާކުރުމުގެ މަޝްރޫއަށް ދެއްވާ އެހީތެރިކަމަށް މިނިސްޓަރު ހާއްސަ ޝުކުރެއް އަދާކުރެއްވި އެވެ،" ފޮރިން މިނިސްޓްރީން ބުންޏެވެ.

ހަލީލްގެ އަރިހުގައި، ރާއްޖެއިން ޔޫއޭއީއަށް ކަނޑައަޅާފައި ހުންނަ ސަފީރު މުހައްމަދު ހުސައިން ޝަރީފާއި އެމްބެސެޑާ އެޓް ލާޖް އަބްދުالله ޙަމީދާއި ޔޫއޭއީގައި ހުންނަ ރާއްޖޭގެ އެމްބަސީގެ ޑެޕިއުޓީ އެމްބެސެޑަރު ހައްސާން ވަހީދާއި ފޮރިން މިނިސްޓްރީގެ ޖޮއިންޓް ސެކްރެޓަރީ މަރްޔަމް ރީޝާ އަދި އެމްބަސީގެ ކައުންސެލަރު މޫމިނާ އިބްރާހީމް ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

ފޮރިން މިނިސްޓްރީޔޫއޭއީމިނިސްޓަރ ޚަލީލް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ޤަތަރަށާއި އެކުވެރި ޢަރަބި އިމާރާތަށް ކަނޑައަޅުއްވާ ސަފީރުން ޢައްޔަން ކުރައްވައިފި

ޤަތަރަށާއި އެކުވެރި ޢަރަބި އިމާރާތަށް ކަނޑައަޅުއްވާ ސަފީރުން ޢައްޔަން ކުރައްވައިފި

31 ދުވަސް ކުރިން - 13:00

ސުލްހައިގެ އެއްބަސްވުމެއް ގާއިމުކުރެވިދާނެ ކަމުގެ އުންމީދާ އެކު ތެލުގެ އަގު ދަށަށް ހިނގައްޖެ

ތެލުގެ އަގު ދަށަށް ހިނގައްޖެ

61 ދުވަސް ކުރިން - 16:42

އީރާނުގެ ރަށްތަކެއް ހިފުމަށް އެމެރިކާއިން ޔޫއޭއީއަށް ޕްރެޝަރުކުރަނީ

އީރާނުގެ ރަށްތަކެއް ހިފުމަށް އެމެރިކާއިން ޔޫއޭއީއަށް ޕްރެޝަރުކުރަނީ

69 ދުވަސް ކުރިން - 09:20

އީރާނުގެ ހަމަލާތަކުން ދިފާއުވުމަށް ޔޫއޭއީގައި އިޒުރޭލުގެ ސިފައިންނާއި ހަތިޔާރު

ޔޫއޭއީގައި އިޒުރޭލުގެ ސިފައިންނާއި ހަތިޔާރު

74 ދުވަސް ކުރިން - 09:54

ޔަހޫދީންނާއި ގުޅިގެން އީރާނުގެ ތެޔޮކާރުޚާނާ ގޮއްވައިލީ ޔޫއޭއީން ކަން ފަޅާއަރައިފި

ޔަހޫދީންނާއި ގުޅިގެން ޔޫއޭއީން އީރާނަށް ހަމަލާދިންކަން ފަޅާއަރައިފި

75 ދުވަސް ކުރިން - 09:37

އެމެރިކާ އިން ދުއްތުރާ ޖެއްސުމުން ޔޫއޭއީގެ ކަނޑުން ބައެއް އީރާނުން ހިފައިފި

ޔޫއޭއީގެ ކަނޑުން ބައެއް އީރާނުން “ހިފައިފި”

80 ދުވަސް ކުރިން - 17:14