
އަންނަ ނޮވެމްބަރު މަހުގެ ނިޔަލަށް މުޅި މަޝްރޫއުގެ މަސައްކަތް އެއްކޮށް ނިންމާލުމަށް އެ ކުންފުނިން ވަނީ އަމާޒު ހިފާފަ. މުޅި މަޝްރޫއަކީ 1.79 ކިލޯމީޓަރުގެ ދިގުމިނުގެ މަގުގެ މަސައްކަތް.
21 ގަޑިއިރު ކުރިން - 14:03
މި ނިޒާމުގެ ސަބަބުން ވިއްސާރަ ދުވަސްވަރު އެ މަގުގައި ފެންބޮޑުވާ މައްސަލައަށް ދާއިމީ ހައްލެއް ލިބި، ދަތުރުފަތުރާއި ވިޔަފާރިތަކަށް ކުރިމަތިވާ ހުރަސްތައް ނެތިގެންދާނެ. މިއީ މާލޭގެ އިންފްރާސްޓްރަކްޗާ ޒަމާނީކޮށް، މޫސުމީ ހާދިސާތަކަށް ތައްޔާރުވުމަށް ކުރެވޭ މުހިންމު މަސައްކަތެއް.
13 ދުވަސް ކުރިން - 16:30
މާލޭގެ މަގުތައް ހެދުމުގެ މަޝްރޫއު ސިޓީ ކައުންސިލަށް ކުރިއަށް ގެންދެވޭނެ އެއްވެސް މަގެއް އޭރުގެ ސަރުކާރުން ދައްކާފައިނުވާ ކަމަށް ރައީސް ވިދާޅުވި. ނިމިދިޔަ ރޯދަ މަހާ ދިމާކޮށް މާރުކޭޓް ސަރަހައްދުގެ ބޭރު މަގު ހެދުމާއެކު އެ ސަރަހައްދު ބޭނުންކުރާ ފަރާތްތަކަށް ބޮޑެތި ފަސޭހަތަކެއް ލިބިފައިވާ ކަމަށް ރައީސް ވިދާޅުވި.
29 ދުވަސް ކުރިން - 09:10
ޗައިނާ ސަރުކާރުގެ އެހީތެރިކަމަށް އެދިވަޑައިގަތީ މިއީ ދައުލަތުގެ ބަޖެޓުން އެކަނި ހިންގޭވަރަށްވުރެ ބޮޑު މަޝްރޫއަކަށް ވާތީ ކަމަށް. އަދި މިއަހަރު ނިމުމުގެ ކުރިން މަޝްރޫއުގެ އަމަލީ މަސައްކަތް ފެށިގެންދާނެ ކަމަށް އުންމީދުކުރެވޭ ކަމަށް ރައީސް ވިދާޅުވި.
29 ދުވަސް ކުރިން - 01:33
ބޮޑުތަކުރުފާނު މަގުގެ އުތުރު ފަރާތް ޒަމާނީ ފެންވަރަށް ތަރައްގީކޮށް ހުޅުވާލުމަކީ މާލޭގެ ތޮއްޖެހުމަށް ލިބުނު ބޮޑު ހައްލެއް. ނަމަވެސް، ކުރީގެ ސަރުކާރުތަކަށް ނުކުރެވުނު މި ބޮޑު މަޝްރޫއު ކުރު މުއްދަތެއްގައި ނިމުމުން، އިދިކޮޅު އެމް.ޑީ.ޕީ އާއި ޔާމީންގެ ސަޕޯޓަރުންނަށް ވަނީ ސިޔާސީ ގޮތުން ބޮޑު މާޔޫސީއަކާ ކުރިމަތިވެފަ.
32 ދުވަސް ކުރިން - 06:23
ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން އިއްޒުއްދީން ފާލަމާ ހަމައަށް ހަތަރު ލޭނަށް ފުޅާކޮށް ތަރައްޤީކޮށްފައިވާ މި ސަރަހައްދަކީ ގާތްގަނޑަކަށް 700 މީޓަރު ދިގު ސަރަހައްދެއް. އެއްގަމު ތޮށީގައި ހުރި ސިޑިތަކުގައި ރެއިލިންގ ހަރުކުރުމުގެ މަސައްކަތް ފަދަ ކުދިކުދި މަސައްކަތްތައް އަދިވެސް ދަނީ ކުރަމުން.
34 ދުވަސް ކުރިން - 16:00
މި މަޝްރޫއުގެ މުހިންމު ބައިތަކުގެ ތެރޭގައި 500 ސައިކަލުގެ ޕާކިންގް ފެސިލިޓީއަކާއި، މަގު ފުޅާކުރުމަށް ބިން ހިއްކުމުގެ މަސައްކަތް ހިމެނޭ. ރައީސް ފާހަގަކުރެއްވި ގޮތުގައި މި މަގު ނިމުމުން ބޮޑުތަކުރުފާނު މަގުގެ އިތުރުން މާލޭގެ އެހެން މަގުތަކުގެ ތޮއްޖެހުމަށް ބޮޑު ލުޔެއް ލިބޭނެ.
40 ދުވަސް ކުރިން - 16:30
ޗައިނާގެ އެހީގައި ހިންގާ މި މަޝްރޫއުގައި ފެން ހިންދާ ނިޒާމާއި ފަޔަރު ހައިޑްރަންޓް ގާއިމުކުރާނެ. މީގެ އިތުރުން، ބޮޑުތަކުރުފާނު މަގުގެ ދެވަނަ ފޭސް ނިމި އަންނަ ހަފުތާގައި ހުޅުވާލާނެ ކަމަށާއި، ތޮއްޖެހުން ހައްލުކުރުމަށް ރާއްޖޭގެ އެކި ސަރަހައްދުތައް ތަރައްގީކޮށް މާލެއަށް ބާރުބޮޑުވުން ކުޑަކުރުމަކީ ސަރުކާރުގެ އަމާޒެއް ކަމަށް ވިދާޅުވި.
41 ދުވަސް ކުރިން - 16:01
ނަރުދަމާ ނިޒާމު އަޕްގްރޭޑް ކުރުމުގެ މަސައްކަތް މިހާރު ވަނީ އެއްކޮށް ނިންމާލެވިފަ. ކީވޯލް ކެޕިންގް ކޮންކްރީޓްގެ 130 މީޓަރަށްވުރެ ބޮޑު ބައެއް މި ހަފްތާގައި ނިންމާލުމަށް ދަނީ މަސައްކަތް ކުރަމުން. ފެންބޮޑުވުމުގެ މައްސަލައަށް ހައްލެއް ހޯދުމަށް ގާއިމުކުރާ ސްޓޯމްވޯޓާ ޕަންޕް ސްޓޭޝަންގެ މަސައްކަތްތައްވެސް ބާރުމިނުގައި ދަނީ ކުރިއަށް.
87 ދުވަސް ކުރިން - 20:41
ބޮޑުތަކުރުފާނު މަގު ހުޅުވާލައިފައިވަނީ ދެކޮޅަށް ދުއްވާ މަގެއްގެ ގޮތުގައި
193 ދުވަސް ކުރިން - 09:42
އެމްޓީސީސީ އިން ބުނެފައިވަނީ މި ހަފްތާގެ ނިޔަލަށް އެ މަގުގެ ތަރައްގީ ކުރާ ހިސާބުގެ ފެން ހިންދާ ނިޒާމުގެ މަސައްކަތް ނިމޭނެ ކަމަށް.
313 ދުވަސް ކުރިން - 16:19