Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ބޮޑުތަކުރުފާނު މަގުގެ އަލަށް ތަރައްގީކުރި ސަރަހައްދު ހުޅުވައިފި

ބޮޑުތަކުރުފާނު މަގުގެ އަލަށް ތަރައްގީކުރި ސަރަހައްދު ހުޅުވައިފި

މަރްޔަމް މާޙީ
136 ދުވަސް ކުރިން - 16 ފެބްރުއަރީ 2026 09:42
ބޮޑުތަކުރުފާނު މަގުގެ ތަރައްގީކުރި ސެގްމެންޓް ހުޅުވާލައިފި--- ފޮޓޯ: އެމްޓީސީސީ
ބޮޑުތަކުރުފާނު މަގުގެ ތަރައްގީކުރި ސެގްމެންޓް ހުޅުވާލައިފި--- ފޮޓޯ: އެމްޓީސީސީ
ޚުލާސާ

ބޮޑުތަކުރުފާނު މަގު ހުޅުވާލައިފައިވަނީ ދެކޮޅަށް ދުއްވާ މަގެއްގެ ގޮތުގައި

ބޮޑުތަކުރުފާނު މަގުން އަލަށް ތަރައްގީކުރި ސަރަހައްދު, ރޭ ފަތިހު 5:00 އިން ފެށިގެން ދަތުރުފަތުރަށް ހުޅުވާލައިފި އެވެ.

ބޮޑުތަކުރުފާނު މަގުގައި އަލަށް ތަރައްގީކޮށްފައިވަނީ ޗާންދަނީ މަގުން ފެށިގެން ފާލަންދޮށު ހިނގުމާ ހަމައަށެވެ. މި މަގު އާންމު ދަތުރުފަތުރަށް ހުޅުވާލައިފައިވާއިރު, މި މަގު ވަނީ ދެކޮޅަށް ދުއްވާ މަގެއްގެ ގޮތުގައި ކަނޑައަޅައިފަ އެވެ.

މިކަން ހާމަކޮށް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މިނިސްޓަރު އަމީން ވިދާޅުވީ ޗާންދަނީ މަގުން ފެށިގެން ފާލަންދޮށު ހިނގުމާ ހަމައަށް ބޮޑުތަކުރުފާނު މަގުން އަލަށް ތަރައްޤީކޮށް ހުޅުވާލެވޭ ސެގްމަންޓް، ދެކޮޅަށް ދުއްވާ މަގެއްގެ ގޮތުގައި ކަނޑައަޅައި، 2026 ފެބްރުއަރީ 16 ވާ ހޯމަ ދުވަހު ފަތިހު 5:00 އިން ފެށިގެން މަގު ބޭނުންކުރާ ފަރާތްތަކަށާއި ޢާންމު ދަތުރުފަތުރަށް ހުޅުވާލާނެ ކަމަށެވެ.

Advertisement

Advertisement 1

"ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ތަސައްވުރާ އެއްގޮތަށް، ހަތަރު ލޭނު ހިމެނޭގޮތައް ތަރައްގީކޮށް މި ގެނެވުނު ބަދަލާއެކު އެ ސަރަހައްދުގައި ދެކޮޅަށް ދުއްވޭނެ އިންތިޒާމު ހަމަޖެހުމުން، ދަތުރުފަތުރަށް ބޮޑު ލުޔެއް ލިބިގެންދާނެ," މިނިސްޓަރު އަމީންގެ ޕޯސްޓުގައިވެ އެވެ.

ބޮޑުތަކުރުފާނު މަގު ތަރައްގީކޮށްފައިވަނީ އުޅަނދު ފަހަރަށާއި ހިނގާބިނގާވެ އުޅޭ ފަރާތްތަކަށް ބޭނުންކުރަން ފަސޭހަވާނެހެން, ހަތަރު ލޭނަކަށް އުޅަނދުތަކަށް ދުއްވޭނެ ގޮތަށެވެ. މިއާއެކު އެ ސަރަހައްދުގެ ޓްރެފިކަށް ދާއިމީ ހައްލެއް ލިބިގެންދާނެ ކަމަށް ސަރުކާރުން ބުނެފައިވެ އެވެ.

ބޮޑުތަކުރުފާނު މަގުތަރައްގީމަގު ތަރައްގީ ކުރުން
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ބޮޑުތަކުރުފާނު މަގުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް ބާރުުސްޕީޑުގައި: ތާރު އެޅުމުގެ ތައްޔާރީތައް ފަށަނީ

ބޮޑުތަކުރުފާނު މަގުގެ ފުރަތަމަ ފިޔަވަހީގެ ތާރު އެޅުމުގެ ތައްޔާރީތައް ފަށަނީ

1 ދުވަސް ކުރިން - 21:38

ބޮޑުތަކުރުފާނު މަގު ތަރައްގީކުރުމުގެ މަޝްރޫއުގެ ފެނާއި ނަރުދަމާގެ މަސައްކަތްތައް ނިންމާލައިފި

ބޮޑުތަކުރުފާނު މަގު ތަރައްގީކުރުމުގެ މަޝްރޫއުގެ ފެނާއި ނަރުދަމާގެ މަސައްކަތްތައް ނިންމާލައިފި

15 ދުވަސް ކުރިން - 23:11

ބޮޑުތަކުރުފާނު މަގުގެ އުތުރު ފަރާތް ތަރައްގީކުރުމުގެ 75 އިންސައްތަ މަސައްކަތް ނިމިއްޖެ

ބޮޑުތަކުރުފާނު މަގުގެ އުތުރު ފަރާތް ތަރައްގީކުރުމުގެ %75 މަސައްކަތް ނިމިއްޖެ

31 ދުވަސް ކުރިން - 20:41

ބޮޑުތަކުރުފާނު މަގު ތަރައްގީކުރުމުގެ މަޝްރޫއުގެ 68 އިންސައްތަ މަސައްކަތް ނިމިއްޖެ

ބޮޑުތަކުރުފާނުމަގު ތަރައްގީކުރުމުގެ މަޝްރޫއުގެ %68 މަސައްކަތް ނިމިއްޖެ

46 ދުވަސް ކުރިން - 15:36

ބޮޑުތަކުރުފާނު މަގު ތަރައްގީކުރުން: ޝީޓް ޕައިލް ކުރުމުގެ މަސައްކަތްތައް ނިންމާލައިފި

ބޮޑުތަކުރުފާނު މަގު: ޝީޓް ޕައިލިން މަސައްކަތްތައް ނިންމާލައިފި

58 ދުވަސް ކުރިން - 23:27

ބޮޑުތަކުރުފާނު މަގު ތަރައްގީކުރުމުގެ މަސައްކަތް ޖޫން އަށް ނިންމަނީ

ބޮޑުތަކުރުފާނު މަގުގެ މަސައްކަތް ޖޫން އަށް ނިންމަނީ

91 ދުވަސް ކުރިން - 16:16