Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ބޮޑުތަކުރުފާނު މަގު ފުޅާކުރުމުގެ މަސައްކަތުގެ ތެރެއިން ފެން ހިންދާ ނިޒާމުގެ މަސައްކަތް ނިމެނީ

ބޮޑުތަކުރުފާނު މަގު ފުޅާކުރުމުގެ މަސައްކަތުގެ ތެރެއިން ފެން ހިންދާ ނިޒާމުގެ މަސައްކަތް ނިމެނީ

އައިޝަތު ރުވާ ރިފްޢަތު
313 ދުވަސް ކުރިން - 18 އޮކްޓޫބަރު 2025 16:19
ބޮޑުތަކުރުފާނު މަގުގެ ލޯކަލް މާރުކޭޓް ކައިރިން ތަރައްގީކުރަމުން އަންނަ ސެގްމަންޓް 1 - ފޮޓޯ: ޚުލާސާ
ބޮޑުތަކުރުފާނު މަގުގެ ލޯކަލް މާރުކޭޓް ކައިރިން ތަރައްގީކުރަމުން އަންނަ ސެގްމަންޓް 1 - ފޮޓޯ: ޚުލާސާ
ޚުލާސާ

އެމްޓީސީސީ އިން ބުނެފައިވަނީ މި ހަފްތާގެ ނިޔަލަށް އެ މަގުގެ ތަރައްގީ ކުރާ ހިސާބުގެ ފެން ހިންދާ ނިޒާމުގެ މަސައްކަތް ނިމޭނެ ކަމަށް.

މިހާރު ތަރައްގީ ކުރަމުން އަންނަ ބޮޑުތަކުރުފާނު މަގުގެ ފެން ހިންދާ ނިޒާމުގެ މަސައްކަތް މި ހަފްތާގެ ނިޔަލަށް ނިންމާލެވޭނެ ކަމަށް އެ މަސައްކަތް ކުރަމުން އަންނަ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންސްޓްރަކްޝަން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފި އެވެ.

އެމްޓީސީސީ އިން ބުނެފައިވަނީ އެ މަގުގައި މިހާރު ތަރައްގީ ކުރަމުން އަންނަ ސެގްމެންޓުގެ ފެން ހިންދާ ނިޒާމުގެ މަސައްކަތުގެ 50 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށާއި، ކެރިޖްވޭގެ ސަބްގްރޭޑުގެ މަސައްކަތްތަކާއި ސައިޑްވޯރކްގެ ކޮމްޕެކްޓް ކުރުމުގެ މަސައްކަތްތައް ވެސް ކުރިޔަށްދާ ކަމަށެވެ. އަދި ކޭބަލް ޓްރެންޗު އިންސްޓޯލް ކުރުމުގެ މަސައްކަތުގެ 50 އިންސައްތަ ނިމިފައިވާ ކަމަށް ވެސް އެ އެމްޓީސީސީ އިން ބުނެފައިވެ އެވެ. މީގެ އިތުރުން، އެ ކުންފުނިން ބުނެފައިވަނީ ސަރވިސް ލައިންގެ މަސައްކަތްތައް މި ހަފްތާ ތެރޭގައި ކުރުމަށް ޕްލޭން ކޮށްފައިވާ ކަމަށެވެ.

މި މަސައްކަތުގެ ދަށުން އެންމެ ފުރަތަމަ އަދި އެންމެ ބުރަ މަސައްކަތެއްގެ ގޮތުގައި ކޮށްފައިވަނީ ބަނދަރުގެ އެއްގަމު ތޮށީގެ ކޮންކްރީޓް މަސައްކަތްތަކެވެ. ބޮޑު ތަކުރުފާނު މަގު ތަރައްގީ ކުރަމުން އަންނަނީ ފަސް ސެގްމަންޓަކަށް ބަހާލައިގެންނެވެ. ފުރަތަމަ ސެގްމަންޓަކީ ލޯކަލް މާރުކޭޓް ސަރަހައްދުން ފެށިގެން އިއްޒުއްދީން ފާލަމާ ހަމައަށެވެ. ފަސް ވަނަ ސެގްމަންޓް ނިމޭއިރު ހުޅުމާލެ ފެރީ ޓާމިނަލްއާ ހަމަޔަށް ތާރު އަޅައި ފެން ހިންދާ ނިޒާމު ތަރައްގީ ކުރެވިފައި ހުންނާނެ އެވެ. އެއީ 830 މީޓަރުގެ ސަރަހައްދެކެވެ. އަދި 737 މީޓަރުގެ އެއްގަމު ތޮށީގެ މަސައްކަތްތަކެވެ.

Advertisement

Advertisement 1

ބޮޑު ތަކުރުފާނު މަގު ތަރައްގީކޮށް ނިމޭއިރު ދުއްވާ އުޅަނދުތަކަށް ހަތަރު ލޭނަކާއި ހިނގާފައި އުޅޭ މީހުންނަށް ހާއްސަ ސަރަހައްދެއް ހުންނާނެ އެވެ. އެހެންކަމުން މި މަގު ތަރައްގީކޮށް ނިމުމުން ޓްރެފިކަށް ވަރަށް ބޮޑު ލުޔެއް ލިބިގެންދާނެ އެވެ.

ބޮޑު ތަކުރުފާނު މަގު ތަރައްގީކުރުމަށް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 144 މިލިއަން ރުފިޔާ އަށެވެ. މާލޭގެ ހުރިހާ މަގެއް ރަނގަޅު ފެންވަރަކަށް ހެދުމަކީ ރައީސުލްޖުމްހޫރިއްޔާގެ އަމާޒެކެވެ.

އެމްޓީސީސީބޮޑުތަކުރުފާނު މަގުމަގު ތަރައްގީ ކުރުން
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

އަމީނީމަގު މަރާމާތުކުރުމުގެ މަސައްކަތުގެ ތެރެއިން ފުރަތަމަ ސެގްމެންޓް ނޮވެމްބަރަށް ނިންމަނީ

އަމީނީމަގު ތަރައްގީ ކުރުން: ފުރަތަމަ ސެގްމަންޓުގައި ތާރު އަޅަން ތައްޔާރުވަނީ

22 ގަޑިއިރު ކުރިން - 14:03

އެމްޓީސީސީގެ "ހުނަވަރު އެޕްރެންޓިސްޝިޕް ޕްރޮގްރާމް 2026": 86 ޒުވާނުންނަށް 8,000ރ. ގެ އެލަވަންސާއެކު ތަމްރީނުގެ ފުރުސަތު!

އެމްޓީސީސީ އިން 86 ޒުވާނުންނަށް 8,000ރ. ގެ އެލަވަންސާއެކު ތަމްރީނުގެ ފުރުސަތު!

1 ދުވަސް ކުރިން - 16:19

އެމްޓީސީސީއަށް 2025 ވަނަ އަހަރު ބޮޑު ކުރިއެރުމެއް: ޓެކުހަށް ކެނޑުމަށްފަހު ސާފު ފައިދާ %88 އިތުރުވެ 84.83 މިލިއަން ރުފިޔާއަށް އަރައިފި

މިދިޔަ އަހަރު އެމްޓީސީސީއަށް ސާފު ފައިދާ 84 މިލިއަން ރުފިޔާއަށް އަރައިފި

3 ދުވަސް ކުރިން - 14:09

މާފުށީ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ 83 އިންސައްތަ މަސައްކަތް ނިމިއްޖެ

މާފުށީ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ 83 އިންސައްތަ މަސައްކަތް ނިމިއްޖެ

4 ދުވަސް ކުރިން - 18:22

އެމްޓީސީސީން 800 މަޝްރޫއު އެބަ ހިންގާ، މިވަގުތު ތިބީ ދާއިމީ އެންމެ 2500 މުވައްޒަފުން

އެމްޓީސީސީން 800 މަޝްރޫއު، އަދި ތިބީ 2500 ދާއިމީ މުވައްޒަފުން: އެމްޓީސީސީ

8 ދުވަސް ކުރިން - 11:11

ރ. މާކުރަތު ބަނދަރު ތަރައްގީކުރުމުގެ މަސައްކަތުގެ 60 އިންސައްތަ ނިންމާލައިފި

ރ. މާކުރަތު ބަނދަރުގެ 60 އިންސައްތަ މަސައްކަތް ނިންމާލައިފި

10 ދުވަސް ކުރިން - 10:53