އެމްއެމްއޭގެ ފޮރިން އެކްސްޗޭންޖް ބިލަކީ ފަތުރުވެރިކަމުން ތަރައްޤީއަށް ހަމަހަމަ ގޮތެއްގައި ޙިއްޞާކުރާކަން ކަށަވަރުކޮށްދީ، ހުރިހާ ފަރާތްތަކެއް ހިމެނޭ ގޮތަށް އޭގެ މަންފާ ލިބޭ އަދި ރައީސް ޑރ.މުޢިއްޒުގެ ތަޞައްވުރާއި އެއްގޮތް ބިލެއް.
652 ދުވަސް ކުރިން - 11:49
މި އިޞްލާޙުގެ ދަށުން، ދިވެހިރާއްޖޭގެ އިލެކްޝަންސް ކޮމިޝަނުގެ ރައީސާއި ނާއިބު ރައީސް އައްޔަންކުރުމުގެ ޒިންމާ ރައީސުލްޖުމްހޫރިއްޔާއަށް ދީފައިވޭ.
653 ދުވަސް ކުރިން - 22:19
މިއީ މުސްތަގިއްލު ކޮމިޝަންތަކުގެ ހިންގުން ހަރުދަނާކޮށް، އެ ކޮމިޝަންތަކުގެ ރައީސާއި ނައިބު ރައީސްގެ މަގާމަށް މެމްބަރުން އައްޔަން ކުރުމުގެ އުސޫލު އެއްހަމަކުރުމަށް ގެނައި އިޞްލާޙެއް.
654 ދުވަސް ކުރިން - 14:12
އުޝާމް ވިދާޅުވީ މި ބަދަލު ތަންފީޛު ކުރުމަށްޓަކައި ގާނޫނު އަސާސީއަށް އިސްލާހު ގެންނަން ޖެހޭ ކަމަށާއި އެކަމުގެ ސަބަބުން އާންމު ރައްޔިތުންގެ ވޯޓުލުން ލާޒިމުވާ ކަމަށް.
655 ދުވަސް ކުރިން - 21:25
ފާއިތުވި ތިންއަހަރު ދައުލަތުގެ ޚަރަދުތައް އެވްރެޖްކޮށް 15 ޕަސަންޓުގައި. އިދިކޮޅުން ބުނީ ރާއްޖެ ބްނގުރޫޓު ވާނެއޭ.. ސަރުކާރު ވެއްޓޭނެއޭ. އެކްމަކު، ރާއްޖެ ބަނގުރޫޓުވެސް ނުވި. ދެން ފެންނާނީ އަތްލެވޭ، ލޮލަށް ފެންނަ ތަރައްޤީ.
655 ދުވަސް ކުރިން - 18:18
ރާއްޖެއަކީ މޫސުމީ ނުރައްކާތަކުން ސަލާމަތްވުމަށް ރެޒިލިއަންސް އެޖެންޑާއެއް އެކުލަވާލި ދުނިޔޭގެ ފުރަތަމަ ޤައުމުކަމަށް ރައީސް މުޢިއްޒު ވިދާޅުވެ، މިކަމަށް ސަރުކާރުން އިސްކަންދޭކަން ކޮޕް ސަމިޓްގައި ފާހަގަކުރެއްވި.
666 ދުވަސް ކުރިން - 20:06
ޖުމްހޫރީ ދުވަހުގެ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދިވެހި ޤައުމާ މުޚާޠަބު ކުރައްވައި ވާހަކަފުޅު ދައްކަވާނެ. ޖަލްސާ ފެށުމަށް ހަމަޖެހިފައިވަނީ މިރޭ 8:00 ގައި.
669 ދުވަސް ކުރިން - 13:19
މިއަދު އިފްތިތާޙްކުރެވޭ "ދިވެހިރާއްޖޭގެ 20 އަހަރުގެ ޤައުމީ ތަރައްޤީގެ ޕްލޭން" އަކީ ދިގު މުއްދަތުގެ ތަރައްޤީއަށް އަމާޒުކޮށް، ޤާނޫނީ ބާރުވެރިކަން ލިބިގެން އެކުލަވާލެވޭ ފުރަތަމަ ޕްލޭން. މި މަސައްކަތް 12މަސްދުވަހުގެ ތެރޭގައި ނިންމާނެ.
673 ދުވަސް ކުރިން - 13:05
މުއައްސަސާތަކުގެ މަސައްކަތްތައް ހަރުދަނާކުރުމަށް އެފަރާތްތަކުން އަމިއްލަޔަށް އިސްނަގައި ގެންގުޅުއްވާ ވިސްނުން ވަރަށް ރަނގަޅު. ރައީސް މުޢިއްޒު އަކީ ކަންކަމުގައި ނުފޫޒު ފޯރުވާނެ ވެރިއެއް ނޫންކަން އޮތި ސާބިތުވެފަ. އޭރުވެސް ނުފޫޒު ނުފޯރުވާ! ދެންވެސް ނުފޯރުވާނެ!"
680 ދުވަސް ކުރިން - 21:58
މި ބައްދަލުވުމަކީ ބައިނަލްއަޤްވާމީ ގޮންޖެހުންތަކަށް ޙައްލު ހޯދުމަށާއި، އިޤްތިޞާދީ ކުރިއެރުމާއި ދެމެހެއްޓެނިވި ތަރައްޤީ ޙާޞިލުކުރުމަށް، މެންބަރު ޤައުމުތަކުން އެކުގައި މަޝްވަރާކޮށް ގޮތް ނިންމުމަށް ލިބޭ މުހިންމު ފުރުޞަތެއް.
688 ދުވަސް ކުރިން - 10:08
މިގޮތަށް ހަމަޖެއްސެވީ، ޖުމްހޫރީ ދުވަސް ކަމުގައިވާ ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހަކީ ޤައުމީ ބަންދު ދުވަހެއް ކަމަށް ވުމާއެކު، ޖުމްހޫރީ ދުވަހުގެ ކުރިއަށް އޮތް ދުވަހަކީ ރަސްމީ ދުވަހެއް ކަމަށް ވާތީ.
690 ދުވަސް ކުރިން - 15:24
ހަތަރު އަހަރުދުވަހުގެ ތެރޭގައި ދުންފަތުގެ އިސްތިޢުމާލު ކުރުމުގެ ވަބާއަށް ހައްލެއް ހޯދުމަށް އަމާޒުކޮށްގެން، މާސްޓަރ ޕްލޭނެއް ރައީސުލްޖުމްހޫރިއްޔާ އެކުލަވާލަނީ.
692 ދުވަސް ކުރިން - 02:41