Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

ރައީސުލްޖުމްހޫރިއްޔާގެ އޮފީސް

ތިން ވަޒީރަކަށް ރުހުންދިނުމަށް ކޮމިޓީއަށް ފޮނުވައިފި

ތިން ވަޒީރަކަށް ރުހުންދިނުމަށް ކޮމިޓީއަށް ފޮނުވައިފި

މި ތިން ވަޒީރުންނަކީ ޚާރިޖީ ވަޒީރުކަމަށް އައްޔަން ކުރެއްވި ޑރ. ޢަބްދުﷲ ޚަލީލް، މާލީ ވަޒީރުކަމަށް އައްޔަން ކުރެއްވި މޫސާ ޒަމީރު އަދި ސިއްޙަތާބެހޭ ވަޒީރުކަމަށް އައްޔަންކުރެއްވި ޢަބްދުﷲ ނާޡިމް އިބްރާހީމް.

696 ދުވަސް ކުރިން - 19:23

ރައީސް އދ. ގެ ދަތުރަށް 2.4 މިލިއަން ރުފިޔާ

ރައީސް އދ. ގެ ދަތުރަށް 2.4 މިލިއަން ރުފިޔާ

ރައީސް މުޢިއްޒު އދ. އަށް ކުރެއްވެވި ދަތުރުފުޅަށް ސަރުކާރުން ޚަރަދުވެފައިވަނީ 2.4 މިލިއަން ރުފިޔާ. މިއީ 2021 ގައި އދ. އަށް ވަޑައިގެންނެވި ރައީސް ސޯލިހުގެ ދަތުރުފުޅަށްވުރެ 2.9 މިލިއަން ރުފިޔާގެ ކުޑަ އަދަދެއް.

696 ދުވަސް ކުރިން - 17:19

ޑެޕިއުޓީ ޓެކްސް ކޮމިޝަނަރުގެ މަގާމަށް ކުރިމަތިލާން ހުޅުވާލައިފި

ޑެޕިއުޓީ ޓެކްސް ކޮމިޝަނަރުގެ މަގާމަށް ކުރިމަތިލާން ހުޅުވާލައިފި

މި ފުރުޞަތު ހުޅުއްވާލައްވާފައި ވަނީ މިއަދުން ފެށިގެން 16 އޮކްޓޫބަރު 2024 ވާ ބުދަ ދުވަހުގެ 12:00 އާ ހަމައަށް. މި މަޤާމަށް ކުރިމަތިލެއްވުމަށް އެދޭ ފޯމު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ރިސެޕްޝަނުން ލިބޭނެ.

707 ދުވަސް ކުރިން - 22:33

ނައިބު ރައީސް ނަޑެއްލާ ކައުންސިލާ ބައްދަލުކޮށް ރަށުގެ ތަރައްޤީއާ ގުޅޭގޮތުން މަޝްވަރާކޮށްފި

ނައިބު ރައީސް ނަޑެއްލާ ކައުންސިލާ ބައްދަލުކޮށް ރަށުގެ ތަރައްޤީއާ ގުޅޭގޮތުން މަޝްވަރާކޮށްފި

މި ބައްދަލުވުމުގައި ނަޑެއްލާ ކައުންސިލުގެ މެންބަރުން އެރަށުގެ ތަރައްޤީއަށް އެންމެ ބޭނުންވާ ކަންކަމާއި، ކުރިމަތިވާ ދަތި މައްސަލަތައް ނައިބު ރައީސްއާ ހިއްސާކުރެއްވި. ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި، ރަށުގެ ބަނދަރު ކުޑަވުމުން ދިމާވާ މައްސަލަތަކާއި، ފެނާއި ނަރުދަމާގެ މަސައްކަތް ހުއްޓިފައި އޮތުމުން ދިމާވާ ދަތިތަކުގެ ވާހަކަ ހިމެނޭ.

716 ދުވަސް ކުރިން - 21:45

ރާއްޖެއަށް އެންމެ މަންފާވާނެ ގޮތަކީ ދުނިޔޭގެ ޤައުމުތަކާ ގުޅިގެން މަސައްކަތް ކުރުން: ރައީސް

ރާއްޖެއަށް އެންމެ މަންފާވާނެ ގޮތަކީ ދުނިޔޭގެ ޤައުމުތަކާ ގުޅިގެން މަސައްކަތް ކުރުން: ރައީސް

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މިދަތުރުފުޅުގެ އެންމެ މުހިންމު ބޭނުމަކަށްވަނީ ރާއްޖޭގެ ވާހަކަތައް ކިޔައިދީ، ކުދި ޖަޒީރާ ޤައުމުތަކުގެ ތަރައްޤީއަށް ބޭނުންވާ މުހިންމު ދާއިރާތަކާމެދު ދުނިޔޭގެ ބޮޑެތި ޤައުމުތަކުގެ ސަމާލުކަމަށް ގެނައުންކަމަށް. އަދި ރާއްޖޭގެ ކަންކަމުގެ އިތުރުން، ބޭރުގެ މަޝްރަހުގައި ހިނގާ ކަންކަމާ ގުޅޭގޮތުންވެސް ރާއްޖޭގެ ބަސް އިއްވަންޖެހޭ ކަންކަމުގައި ބަސް އިއްވާނެކަމަށް އެމަނިކުފާނު ވިދާޅުވި.

720 ދުވަސް ކުރިން - 19:47

އިންޑިއާއަށް ދައްކަންޖެހޭ 50 މިލިއަން ޑޮލަރުގެ ޓްރެޜަރީ ބިލުު ދެއްކުމުގެ މުއްދަތު އިތުރުކޮށްދީފި

އިންޑިއާއަށް ދައްކަންޖެހޭ 50 މިލިއަން ޑޮލަރުގެ ޓްރެޜަރީ ބިލުު ދެއްކުމުގެ މުއްދަތު އިތުރުކޮށްދީފި

މި 50 މިލިއަން ޑޮލަރަކީ ޓްރެޜަރީ ބިލުގެ މިއަހަރުގެ ދައްކަންޖެހޭ ދެވަނަ ބައި ކަމަށްވާއިރު، ފުރަތަމަ ބައި ވަނީ މިދިޔަ މެއި 13 ގައި ރޯލްއޯވާކޮށްފައި. މި ނިންމުން އައިސްފައިވަނީ ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް މަސައްކަތްކުރަމުންދާ ދަނޑިވަޅެއްގައި.

721 ދުވަސް ކުރިން - 22:40

މަތީ ތަޢުލީމަށް ކިޔަވާ ދަރިވަރުންގެ ލޯނަށް މިހާތަނަށް 473 މިލިޔަން ރުފިޔާ ދޫކޮށްފި

މަތީ ތަޢުލީމަށް ކިޔަވާ ދަރިވަރުންގެ ލޯނަށް މިހާތަނަށް 473 މިލިޔަން ރުފިޔާ ދޫކޮށްފި

އަހަރުގެ މިހާތަނަށް 473 މިލިޔަން ރުފިޔާ ދޫކޮށްފައިވާކަމަށް ވަޒީރު މާރިޔާ ވިދާޅުވެފައި ވާއިރު މަތީ ތަޢުލީމަށް ކިޔެވުމަށް ދަރިވަރުންނަށް ދޫކޮށްފައިވާ ލޯނު ފައިސާ ދޫކުރުން ލަސްވަނީ އިދާރީ ގޮތުން ހުރި ދަތިތަކެއްގެ ސަބަބުން ކަމަށް ވަޒީރު ވިދާޅުވެފައިވޭ.

721 ދުވަސް ކުރިން - 18:12

ރަސްމާލެ މަޝްރޫޢު ކާމިޔާބުކަމާއެކު ކުރިއަށްދާނެކަމުގެ ޔަޤީންކަން ސަރުކާރުން ދީފި

ރަސްމާލެ މަޝްރޫޢު ކާމިޔާބުކަމާއެކު ކުރިއަށްދާނެކަމުގެ ޔަޤީންކަން ސަރުކާރުން ދީފި

ހީނާ ވިދާޅުވީ ރައީސް މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު، މި މަޝްރޫޢުގެ މަސައްކަތަށް ބޭނުންވާ 400 މިލިއަން ރުފިޔާ ބަޖެޓުގައި ހިމެނުމަށް ހުށަހެޅުއްވި ނަމަވެސް، އޭރުގެ މަޖިލީހުގެ މެޖޯރިޓީ އޮތް އެމްޑީޕީން އެކަމަށް ދެކޮޅު ހެދިކަމަށް. ރަސްމާލެ މަޝްރޫޢަކީ ރައީސްގެ ބޮޑު ވަޢުދަކަށް ވާއިރު، ތާރީޚަށް ބަދަލު އައިނަމަވެސް، ވަރަށް ކާމިޔާބު މަޝްރޫޢުއެއްގެ ގޮތުގައި މަޝްރޫޢު ކުރިއަށްދާނެ ކަމަށް ހީނާ ވިދާޅުވި.

722 ދުވަސް ކުރިން - 17:43

ޤައުމީ އިސްލާމީ ލައިބްރަރީ އަންނަ އަހަރުގެ ޖެނުއަރީގައި ޤާއިމުކުރަނީ

ޤައުމީ އިސްލާމީ ލައިބްރަރީ އަންނަ އަހަރުގެ ޖެނުއަރީގައި ޤާއިމުކުރަނީ

އިސްލާމީ މަރުކަޒުގައި ކުރިން ހުރި ލައިބްރަރީ ބަންދުކޮށް، ފޮތްތައް މިދިޔަ އަހަރު ގުދަނަށް ލާފައިވެއިވާ ކަމަށް އެހެންނަމަވެސް މިހާރު އެކަން ބަދަލުކޮށް، ސަލްމާން މިސްކިތުގައި މީހުންނަށް ވަދެވޭނެހެން ޤައުމީ އިސްލާމީ ލައިބްރަރީއެއް ޤާއިމުކުރައްވާނެ ކަމަށް ވަޒީރު ވިދާޅުވެފައިވޭ.

722 ދުވަސް ކުރިން - 14:15

ބީއެމްއެލްގެ ޗެއަރމަންގެ މަޤާމަށް އަޙުމަދު އަލީ ޙަބީބްގެ ނަން ހުށަހަޅައިފި

ބީއެމްއެލްގެ ޗެއަރމަންގެ މަޤާމަށް އަޙުމަދު އަލީ ޙަބީބްގެ ނަން ހުށަހަޅައިފި

ބޭންކް އޮފް މޯލްޑިވްސްގެ ޑިރެކްޓަރުންގެ ބޯޑުގެ ޗެއަރމަންކަމަށް އަޙްމަދު އަލީ ޙަބީބު ޢައްޔަންކުރެއްވުމަށްޓަކައި، ސަރުކާރުން ޕީސީބީ ބޯޑަށް އޭނާގެ ނަން ހުށަހަޅައިފި. ޙަބީބަކީ ބީއެމްއެލްގެ ޗެއަރމަންގެ މަޤާމުގެ މަސްޢޫލިއްޔަތު އަދާކުރުމަށް ޤާބިލު ބޭފުޅަކަށް ވާނެކަމަށް ސަރުކާރުން ޤަބޫލުކުރައްވާކަމަށް ހީނާ ވިދާޅުވެފައިވޭ.

723 ދުވަސް ކުރިން - 21:15

ޤައުމީ ތަރައްޤީގެ ޕްލޭންގެ ސަބަބުން މުހިންމު މަޝްރޫޢުތައް ނުހުއްޓި ކުރިއަށްދާނެ: ހީނާ

ޤައުމީ ތަރައްޤީގެ ޕްލޭންގެ ސަބަބުން މުހިންމު މަޝްރޫޢުތައް ނުހުއްޓި ކުރިއަށްދާނެ: ހީނާ

މި ޕްލޭނުގެ ސަބަބުން ދިގު މުއްދަތަކަށް ރާވައިގެން ކުރިއަށްގެންދާ މަޝްރޫޢުތައް ހުއްޓުމެއްނެތި ކުރިއަށް ގެންދެވޭނެކަމަށް ސަރުކާރުން އުންމީދުކުރާ ކަމަށާއި އަދި މިއީ ޤައުމުގެ ތަރައްޤީއަށް ވަރަށް މުހިންމު ފިޔަވަޅެއް ކަމަށްވެސް ހީނާ ފާހަގަކުރައްވާފައިވޭ.

723 ދުވަސް ކުރިން - 20:57

ޗައިނާއާއެކު އެފްޓީއޭ ތަންފީޒުކުރުމުން %91 މުދަލުން ޑިއުޓީ ނުނަގާނެ: ސައީދު

ޗައިނާއާއެކު އެފްޓީއޭ ތަންފީޒުކުރުމުން %91 މުދަލުން ޑިއުޓީ ނުނަގާނެ: ސައީދު

ސައީދު ވިދާޅުވީ ރާއްޖެއާއި ޗައިނާއާ ދެމެދު ވެފައިވާ ފްރީ ޓްރޭޑް އެގްރީމަންޓް (އެފްޓީއޭ) އަންނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން ތަންފީޒުކުރެވޭނެ ކަމަށް ލަފާކުރެވޭއިރު ޗައިނާއިން ރާއްޖެއަށް އެތެރެކުރާ މުދަލުގެ %91 ބާވަތުން ޑިއުޓީ ދައްކަން ނުޖެހޭނެ ކަމަށް. ސައީދު ވިދާޅުވީ ދެ ޤައުމުގެ ފައިސާއިން މުޢާމަލާތްކުރުމަށް އެމްއޯޔޫއެއްގައި ސޮއިކުރެވިފައިވާ ކަމަށް. އަދި މީގެ ސަބަބުން ދިވެހި ރުފިޔާއިން ޗައިނާއިން މުދާ ގަނެވޭނެ ކަމަށްވެސް ސައީދު ވިދާޅުވި.

723 ދުވަސް ކުރިން - 20:49

Previous12345Next