Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

އިލެކްޝަންސް ކޮމިޝަންގެ ޤާނޫނަށް ދެވަނަ އިޞްލާޙު ގެނައުމުގެ ބިލު، ރައީސް ތަޞްދީޤުކުރައްވައިފި

އިލެކްޝަންސް ކޮމިޝަންގެ ޤާނޫނަށް ދެވަނަ އިޞްލާޙު ގެނައުމުގެ ބިލު، ރައީސް ތަޞްދީޤުކުރައްވައިފި

އައިޝަތު ރުވާ ރިފްޢަތު
642 ދުވަސް ކުރިން - 26 ނޮވެންބަރު 2024 22:19
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ޚުލާސާ

މި އިޞްލާޙުގެ ދަށުން، ދިވެހިރާއްޖޭގެ އިލެކްޝަންސް ކޮމިޝަނުގެ ރައީސާއި ނާއިބު ރައީސް އައްޔަންކުރުމުގެ ޒިންމާ ރައީސުލްޖުމްހޫރިއްޔާއަށް ދީފައިވޭ.

ޤާނޫނު ނަންބަރު 2008/8 (އިލެކްޝަންސް ކޮމިޝަންގެ ޤާނޫނު) އަށް ދެވަނަ އިޞްލާޙު ގެނައުމުގެ ބިލު މިއަދު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަޞްދީޤުކުރައްވައިފިއެވެ. މި ބިލަކީ 2024 ނޮވެންބަރު 25 ވަނަ ދުވަހު ބޭއްވުނު 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ 53 ވަނަ ޖަލްސާއިން ފާސްކުރެއްވި ބިލެކެވެ.

މި އިޞްލާޙުގެ ދަށުން، ދިވެހިރާއްޖޭގެ އިލެކްޝަންސް ކޮމިޝަނުގެ ރައީސާއި ނާއިބު ރައީސް އައްޔަންކުރުމުގެ ޒިންމާ ރައީސުލްޖުމްހޫރިއްޔާއަށް ދީފައިވެއެވެ. އެގޮތުން، ރައީސުލްޖުމްހޫރިއްޔާ ހުށަހަޅުއްވާ ނަންތަކުގެ ތެރެއިން ރައްޔިތުންގެ މަޖިލީހުގެ އަޣުލަބިއްޔަތުން ފާސްކުރާ މީހަކު، ކޮމިޝަނުގެ ރައީސްކަމުގެ މަޤާމަށް ނުވަތަ ނާއިބު ރައީސްގެ މަޤާމަށް އައްޔަންކުރަންވާނެއެވެ.

މީގެއިތުރުން، ކޮމިޝަނުގެ ރައީސް ނުވަތަ ނާއިބު ރައީސް މަޤާމުން އިސްތިޢުފާދޭން ބޭނުންވެއްޖެނަމަ، ސިޓީއަކުން ރައީސުލްޖުމްހޫރިއްޔާއަށް އެކަން އަންގަންވާނެއެވެ. އަދި އެ ސިޓީ ރައީސުލްޖުމްހޫރިއްޔާއަށް ލިބުމުން، އެ މަޤާމުން ވަކިވީކަމަށް ބެލެވޭނެއެވެ.

Advertisement

Advertisement 1

މި އިޞްލާޙަށް ޢަމަލުކުރަން ފެށުމުގެ ކުރިން ކޮމިޝަނުގެ ރައީސާއި ނައިބު ރައީސްގެ މަޤާމަށް އައްޔަންކޮށްފައިވާ މެންބަރުން، ޤާނޫނުގައިވާ ގޮތުގެ މަތީން ވަކިވަންދެން އެ މަޤާމުގައި ދެމިތިބޭނެކަމަށް ވެސް މި އިޞްލާޙުގައި ބަޔާންކޮށްފައި ވެއެވެ.

ރައީސުލްޖުމްހޫރިއްޔާ މި ބިލު ތަޞްދީޤުކުރެއްވުމާ ގުޅިގެން، މިހާރު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރައްވައިފައެވެ. މި ޤާނޫނަށް ޢަމަލުކުރަން ފަށާނީ، މި ބިލު ތަޞްދީޤުކޮށް، ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރާ ދުވަހުން ފެށިގެންނެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުރައްޔިތުންގެ މަޖިލިސްރައީސުލްޖުމްހޫރިއްޔާގެ އޮފީސް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ރައީސް ޑރ. މުއިއްޒަށް ބޮޑު ދައުރެއް ލިބިވަޑައިގަތުމުން ތަރައްގީގެ ތަފާތު އިތުރަށް ފެނިގެންދާނެ: ޝިޔާމް

"ރައީސް މުއިއްޒަށް ބޮޑު ދައުރެއް ލިބިވަޑައިގަތުމުން ތަރައްގީގެ ތަފާތު އިތުރަށް ފެނިގެންދާނެ"

12 ގަޑިއިރު ކުރިން - 20:10

ރާއްޖޭގައި އިންޖިނިއަރިން ދާއިރާއިން ދިރާސާތައް ކުރެވޭނެ އެންމެ މަތީ ފެންވަރުގެ ލެބޯޓަރީއެއް ގާއިމުކުރަން ނިންމަވައިފި

އިންޖިނީރިންގެ ދާއިރާއިން ތަހުލީލާއި ދިރާސާކުރާނެ ލެބޯޓާރީއެއް ގާއިމުކަރަނީ

12 ގަޑިއިރު ކުރިން - 19:52

ރައީސް ތިލަމާލެ ބްރިޖުން ވިލިމާލެއަށް ފައިމަގުގައި ވަޑައިގެންފި: މުޅި މަޝްރޫއު އަހަރެއްހާ ދުވަހުގެ ތެރޭގައި ނިމޭނެ

ރައީސް ތިލަމާލެ ބްރިޖުން ވިލިމާލެއަށް ފައިމަގުގައި ވަޑައިގެންފި

13 ގަޑިއިރު ކުރިން - 19:49

އިންޖިނީރިންގއަކީ ކަމެއްވުމާއި ނުވުމާ ދެމެދުގެ ފަރަގު: ހައުސިން މިނިސްޓަރު

އިންޖިނީރިންގްއަކީ ކަމެއްވުމާއި ނުވުމާ ދެމެދުގެ ފަރަގު: ހައުސިން މިނިސްޓަރު

21 ގަޑިއިރު ކުރިން - 11:32

އަންހެނުންނަށް ހަގީގީ ސިޔާސީ ބާރުވެރިކަން ހޯދައިދެއްވަނީ ރައީސް މުއިއްޒު: ހީނާ

އަންހެނުންނަށް ހަގީގީ ސިޔާސީ ބާރުވެރިކަން ހޯދައިދެއްވަނީ ރައީސް މުއިއްޒު: ހީނާ

1 ދުވަސް ކުރިން - 15:20

މި ނިޒާމުން ދެވަނަ ދައުރެއް ލިބޭނެ ހަމައެކަނި ވެރިޔަކަށް ވާނީ ރައީސް މުއިއްޒު! - ޢަބްދުއްރަޙީމް

“މި ނިޒާމުން ދެވަނަދައުރެއް ލިބޭނެ ހަމައެކަނި ވެރިޔަކަށް ވާނީ ރައީސް މުޢިއްޒު”

2 ދުވަސް ކުރިން - 08:31