Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ރާއްޖެއަކީ ރެޒިލިއަންސް އެޖެންޑާއެއް އެކުލަވާލި ދުނިޔޭގެ ފުރަތަމަ ޤައުމު: ރައީސް މުޢިއްޒު

ރާއްޖެއަކީ ރެޒިލިއަންސް އެޖެންޑާއެއް އެކުލަވާލި ދުނިޔޭގެ ފުރަތަމަ ޤައުމު: ރައީސް މުޢިއްޒު

ހުސައިން އިސްމާއިލް
666 ދުވަސް ކުރިން - 13 ނޮވެންބަރު 2024 20:06
ރެޒިލިއަންސް އެޖެންޑާއެއް ދުނިޔޭގައި އެންމެ ފުރަތަމަ އެކުލަވާލެއްވި ރައީސް ޑރ. މުޢިއްޒު ކޮޕް29 ސަމިޓްގައި / ފޮޓޯ: ރައީސް އޮފީސް
ރެޒިލިއަންސް އެޖެންޑާއެއް ދުނިޔޭގައި އެންމެ ފުރަތަމަ އެކުލަވާލެއްވި ރައީސް ޑރ. މުޢިއްޒު ކޮޕް29 ސަމިޓްގައި / ފޮޓޯ: ރައީސް އޮފީސް
ޚުލާސާ

ރާއްޖެއަކީ މޫސުމީ ނުރައްކާތަކުން ސަލާމަތްވުމަށް ރެޒިލިއަންސް އެޖެންޑާއެއް އެކުލަވާލި ދުނިޔޭގެ ފުރަތަމަ ޤައުމުކަމަށް ރައީސް މުޢިއްޒު ވިދާޅުވެ، މިކަމަށް ސަރުކާރުން އިސްކަންދޭކަން ކޮޕް ސަމިޓްގައި ފާހަގަކުރެއްވި.

މޫސުމީ ނުރައްކާތަކުން ސަލާމަތްވުމަށް ރެޒިލިއަންސް އެޖެންޑާއެއް އެކުލަވާލި ދުނިޔޭގެ ފުރަތަމަ ޤައުމުކަމަށް ރާއްޖެ ވެއްޖެއެވެ.

އަޒަރުބައިޖާނުގައި މިހާރު ކުރިއަށްދާ ކޮޕް ސަމިޓުގެ ތެރެއިން ބޭއްވުނު ޕެނަލް ޑިސްކަޝަނެއްގައި ވާހަކަފުޅު ދައްކަވަމުން

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމުގައި އެކުލަވާލެވުނު މި ރެޒިލިއަންސް އެޖެންޑާއަކީ ކާރިޘާތަކުން ރައްކާތެރިވުމަށްޓަކައި ދުރާލާ އިންޒާރުދޭ ނިޒާމުތައް ޤާއިމުކޮށް، ރާއްޖޭގެ ހުރިހާ ކަންކޮޅެއްގައި އުޅޭ ހުރިހާ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އަމާޒުކޮށްފައިވާ މުހިންމު ސްޓްރެޓީޖިކް ރޯޑްމެޕެކެވެ. މިކަމަށް ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދެއްވާކަމަށް ރައީސް ފާހަގަކުރެއްވިއެވެ.

Advertisement

Advertisement 1

ރައީސް މުޢިއްޒު ވިދާޅުވީ ސަރުކާރުން އެކަށައަޅާ 20 އަހަރުގެ ތަރައްޤީގެ ޕްލޭންގައި ކްލައިމެޓް ރެޒިލިއަންސް، ޑިސާސްޓަރ ޕްރިޕޭއާޑްނަސް އަދި ދުރާލާ އިންޒާރުދޭ ސިސްޓަމްތަކަށް އިސްކަންދީފައިވާނެ ކަމަށެވެ. މިއީ މުސްތަޤްބަލް ރައްކާތެރިކުރުމަށް އަޅާ މުހިއްމު ފިޔަވަޅެއްކަމަށްވެސް ރައީސް ފާހަގަކުރެއްވިއެވެ.

ރާއްޖެއަށް އެތައް ގޮތަކުން ބޮޑެތި ގެއްލުންތަކެއް ލިބުނު ސުނާމީ ކާރިޘާއިން ލިބުނު ފިލާވަޅުތަކުގެ މައްޗަށް ބިނާކޮށް، ދުރާލާ ލިބޭ އިންޒާރުތަކާއި ތައްޔާރީ ޙާލަތުގައި ތިބުމަކީ ގިނަ ބައެއްގެ ފުރާނަ ސަލާމަތްކޮށް، ގެއްލުން ކުޑަކުރެވޭނެ ކަމެއްކަން ރައީސް މުޢިއްޒު ފާހަގަކުރެއްވިއެވެ. އަދި މިފަދަ ނިޒާމުތަކަކީ އިޤްތިޞާދީގޮތުން ކޮންމެހެންވެސް ކުރަންޖެހޭ އިންވެސްޓްމަންޓެއްކަމަށްވެސް ވިދާޅުވިއެވެ.

ރައީސް މުޢިއްޒުގެ ސަރުކާރުން މިހާތަނަށް ކޮށްފައިވާ މަސައްކަތްތަކުގެ ސަބަބުން ރާއްޖެއިން ވަނީ މިދާއިރާއިން ގިނަ ކުރިއެރުންތަކެއް ހޯދާފައެވެ. ނަމަވެސް މި މަސައްކަތް އިތުރަށް ކާމިޔާބުކުރުމަށް އިތުރު ވަސީލަތްތަކާއި އެހީތެރިކަން ބޭނުންވާކަން ރައީސް ފާހަގަކުރެއްވިއެވެ. އެގޮތުން ޚާއްޞަކޮށް މެރިން ފޯކާސްޓިންގ އެންޑް އޮބްޒަވޭޝަން އަދި ދުރާލާ އިންޒާރުދޭ ކެޕެބަލިޓީ ތަރައްޤީކުރުމުގައި ބައިނަލްއަޤްވާމީ އެހީތެރިކަމާއި އެއްބާރުލުން ބޭނުންވާކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ.       

ރައީސް ޑރ. މުހައްމަދު މުއިއްޒުރައީސުލްޖުމްހޫރިއްޔާގެ އޮފީސްކޮޕް29
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

އެސްއޯއީތައް އިސްލާހުކުރުމުގެ ނިންމެވުން: ދެމެހެއްޓެނިވި އަދި ހަރުދަނާ ހިދުމަތަކަށް އެޅުނު މުހިންމު ފިޔަވަޅެއް: ފަހުމީ

އެސްއޯއީތައް އިސްލާހުކުރުމުގެ ނިންމެވުން: ހަރުދަނާ ހިދުމަތަކަށް އެޅުނު މުހިންމު ފިޔަވަޅެއް: ފަހުމީ

2 ދުވަސް ކުރިން - 08:45

މަދަނީ މައްސަލަތައް އަވަސްކުރަން ގާނޫނަށް އިސްލާހު ގެންނަނީ

މަދަނީ މައްސަލަތައް އަވަސްކުރަން ގާނޫނަށް އިސްލާހު ގެންނަނީ

3 ދުވަސް ކުރިން - 20:20

ހުރިހާ ރައްޔިތުން ރިސޯޓު ހިއްސާދާރުންނަށް ހަދާ ޕްރޮޖެކްޓް ނޮވެމްބަރުގައި ފަށަނީ

ހުރިހާ ރައްޔިތުން ރިސޯޓު ހިއްސާދާރުންނަށް ހަދާ ޕްރޮޖެކްޓް ނޮވެމްބަރުގައި ފަށަނީ

3 ދުވަސް ކުރިން - 19:54

އާސަންދަ ބަދަލާއެކު ރައްޔިތުންގެ އެހެނިހެން ކަންތަކަށް 287 މިލިއަން ރުފިޔާ

އާސަންދަ ބަދަލާއެކު ރައްޔިތުންގެ އެހެނިހެން ކަންތަކަށް 287 މިލިއަން ރުފިޔާ

3 ދުވަސް ކުރިން - 16:33

2028 މެދަކާހަމަޔަށް ދާއިރު ގިނަރައްޔިތުންނަށް ބޯހިޔާވަހިކަން ކަށަވަރުވެގެން ދާނެ: ރައީސް

2028 މެދަކާހަމަޔަށް ދާއިރު ގިނަރައްޔިތުންނަށް ބޯހިޔާވަހިކަން ކަށަވަރުވެގެން ދާނެ: ރައީސް

3 ދުވަސް ކުރިން - 16:20

ޤައުމާއި މެދު އިޚްލާޞްތެރިވާކަން ޢަމަލާއި ބަހުން ދެއްކުމަށް ރައީސް އިލްތިމާސް ކުރައްވައިފި

ރައީސްގެ އިލްތިމާސް: ޤައުމާއި މެދު އިޚްލާޞްތެރިވާކަން ޢަމަލާއި ބަހުން ދައްކާ!

3 ދުވަސް ކުރިން - 16:05