
މިނިސްޓްރީތަކުގެ އިމާރާތުގައި ހިނގި އަލިފާނުގެ ހާދިސާއަކީ އިލެކްޓްރިކް ޝޯޓެއްގެ ސަބަބުން ހިނގާފައިވާ ހާދިސާއެއް. ރައީސް ޔާމީން ދެއްކެވި ވާހަކަފުޅާ ގުޅިގެން ތަހުގީގަށް މުހިންމު އިތުރު މައުލޫމާތެއް ސާފުކުރުމަށްޓަކައި 2026 ސެޕްޓެމްބަރު 7 ގައި ފޮނުވި ޗިޓު ބަލައިގަތުމަށް އެމަނިކުފާނު ވަނީ އުޒުރުވެރިވެވަޑައިގެންފަ.
1 ދުވަސް ކުރިން - 16:22
ތިންމިނިސްޓްރީގައި ރޯވި ހާދިސާގެ ހުރިހާ ކަމެއް އެނގިވަޑައިގަންނަވާ ކަމަށް ވިދާޅުވި ޔާމީން، ތަހުގީގު ކުރިމަތީގައި ވިދާޅުވީ އެ ހާދިސާއާ ގުޅޭ އިތުރު އެއްވެސް މައުލޫމާތެއް ނުވަތަ ކޮންކްރީޓް ހެއްކެއް އެމަނިކުފާނަށް އެނގިވަޑައިނުގަންނަވާ ކަމަށް.
1 ދުވަސް ކުރިން - 14:54
މާޒީގައި އެމަނިކުފާނާ ދެކޮޅަށް މަސައްކަތްކުރި ޑރ. ޖަމީލާއި މަލީހް ފަދަ ބޭފުޅުން އަރިސްކުރުމުން އާންމުންގެ އިތުބާރު ގެއްލި، ޕީއެންއެފް ސިޔާސީ ގޮތުން ބަލިކަށިވެއްޖެ. މުސްކުޅި ހަރުބަހުގައިވާ ފަދައިން "އަހިވަކަކާ ޖެހި އަހިވަކެއް ފާވާ" އުސޫލުން، ޔާމީންގެ ސިޔާސީ ނިމުން ގާތްކުރަނީ ވާދަވެރިންނަށްވުރެ ބޮޑަށް، އަރިހުގައި ތިބި މީހުން.
2 ދުވަސް ކުރިން - 06:50
ސަރުކާރުގެ ތިން ވުޒާރާއެއް ހިންގި އިމާރާތްތަކުގައި އަލިފާން ރޯވީ ކަރަންޓު ނަރުތަކުން ކަމަށާއި ޖިނާއީ ތުހުމަތެއް ނެތް ކަމަށް ފުލުހުންގެ ތަހުގީގުން ދެއްކި ނަމަވެސް، އެއީ ބަޔަކު ރޯކޮށްލި އަލިފާނެއް ކަމަށާއި އެކަން ކުރި މީހާ ފުލުހުންނަށް އެނގޭ ކަމަށް ކުރީގެ ރައީސް ޔާމީން ވަނީ ވިދާޅުވެފަ
2 ދުވަސް ކުރިން - 23:52
ޕީއެންސީގެ ޖަލްސާއެއްގައި ވާހަކަދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ، މަޖިލިސް މެންބަރުން ތިއްބެވީ ރައީސް ޑރ. މުއިއްޒާ އެކު ވަރުގަދަ ފާރެއްހެން ސާބިތުވެ ކަމަށް. އަދި މަޖިލީހަކީ "ކުއްތާ ކޮށްޓެއް" ކަމަށް ސިފަކުރެއްވުމުން ދޭހަވަނީ ޔާމީންގެ ހަސަދަވެރިކަން ކަމަށާއި، ޕީއެންސީގެ ތެރޭގައި ރެނދުނޭޅުވޭނެ ކަމަށް ވިދާޅުވި
3 ދުވަސް ކުރިން - 08:40
އެމްއެމްޕީއާރުސީގެ ހިޔާނާތަކީ ރާއްޖޭގެ ސިޔާސީ އަދި ދަޢުލަތުގެ ނިޒާމަށް ބޮޑެތި ލޮޅުންތަކެއް ގެނުވި މައްސަލައަކަށް ވީނަމަވެސް، މިހާތަނަށް ކުރެވުނު ހުރިހާ ރަސްމީ ތަހުގީގުތަތަކުންނާއި ލިޔެކިޔުންތަކުން ސާފުވާ ގޮތުގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަކީ މި ހިޔާނާތުގެ އެއްވެސް އަމަލެއްގައި ބައިވެރިވެވަޑައިގެންފައި ނުވާ ބޭފުޅެއްކަން.
15 ދުވަސް ކުރިން - 11:16
ޔާމީނާއި އެމްޑީޕީ ގުޅިގެން ހެދި އިއްތިހާދަކީ ރައީސް މުއިއްޒުގެ ސަރުކާރު ބަލިކަށިކޮށް، އަމިއްލަ އެދުން ހާސިލުކުރަން އުފެއްދި ސިޔާސީ ޑްރާމާއެއް. އިދިކޮޅު ލީޑަރުން ބާކީވެގެން ހުސް ވާހަކަ ދައްކާއިރު، ރައީސް މުއިއްޒު ގެންދަވަނީ އިގްތިސާދީ ރިޒާވް މަތިކޮށް، ދަރަނި އަދާކޮށް، އަދި އުމްރާނީ ތަރައްގީގެ ގެނެސްދެއްވަމުން.
17 ދުވަސް ކުރިން - 13:11
ޔާމީން މިފަދައިން ގޮވާލެއްވި ނަމަވެސް، ސަރުކާރުން ވަނީ އެއްވެސް ރައްޔިތެއްގެ ބިން އަތުނުލާނެ ކަމަށް ވިދާޅުވެފަ. އެގޮތުން ބިންތައް އަތުނުލައި، ރަސްމާލެ އަދި ގްރޭޓަރ މާލެ ސަރަޙައްދުން ރެކޯޑު އަދަދަކަށް ގޯއްޗާއި ފްލެޓް ދޫކުރުމުގެ މަސައްކަތް ސަރުކާރުން ދަނީ ކުރަމުން.
23 ދުވަސް ކުރިން - 14:01
ސަރުކާރަށް ކިތަންމެ ފާޑުކިއުމެއް އަމާޒުކުރެއްވި ނަމަވެސް، ގައުމީ މަސްލަހަތު އިސްކުރުމުގައި އެމްޑީޕީ އަށް ވުރެ މިހާރުގެ ރައީސަށް ފުރުސަތު ދެއްވުން މާ ރަނގަޅު ކަމަށް ޔާމީން ވަނީ ފާހަގަކުރައްވާފަ.
30 ދުވަސް ކުރިން - 12:40
ކުރީގެ ރައީސް ނަޝީދު ވިދާޅުވީ ޔާމީނާއި ސޯލިހު އާއި ގުޅިވަޑައިގެން ހެއްދެވި ކޯލިޝަނުގެ މަސައްކަތް އެކަށީގެންވާ ގޮތެއްގައި ކުރިޔަށް ނުދާ ކަމަށް. އެމްޑީޕީން ގެންގުޅޭ ފިކުރާ އެކު ކުރިއަށްދާ މަސައްކަތްތަކަށް ރައްޔިތުންގެ ފުރިހަމަ ތާއީދު ނުލިބޭ އެންމެ ބޮޑު ސަބަބަކީ އެޕާޓީން ގެންގުޅޭ ދީނާއި ދުރު ސިޔާސަތުތައް.
65 ދުވަސް ކުރިން - 23:29
އެމްޑީޕީގެ ކެންޑިޑޭޓް ސޯބެ އިންތިހާބު ކާމިޔާބުކުރީ އެންމެ 62 ވޯޓުގެ ތަފާތުން ކަމަށްވާތީ، މިއީ އިންތިހާބުން ބަލިވި ނަމަވެސް ޕީއެންސީގެ ސަޕޯޓަރުން އުފާފާޅުކުރަން ހައްގުވާ ފަދަ ތާރީހީ ކުރިއެރުމެއްކަން އިލެކްޝަން ކޮމިޝަނުގެ ތަފާސްހިސާބުތަކުން ދައްކާ.
94 ދުވަސް ކުރިން - 10:48
ދަ ޑިމޮކްރެޓްސް އާއި އެމްއެލްއެސްޑީޕީ އުވާލަން އިލެކްޝަންސް ކޮމިޝަނުން ނިންމީ ގާނޫނީ އަދަދު ހަމަނުވުމުން. ރައީސް ނަޝީދު މިހާރު އެމްޑީޕީއާ ގުޅިވަޑައިގެންފައިވާއިރު، އެންމެ މެންބަރުން ގިނަ ޕާޓީއަކީ ޕީއެންސީ. ޕީއެންއެފްގައި ތިބީ 3،012 މެންބަރުން.
98 ދުވަސް ކުރިން - 18:13
ކުރިއަށް އޮތް ތަނުގައި ފެނިގެންދާނީ ކެނޑިޑޭޓަކު ދައްކަންޖެހޭ ހިސާބުން އިދިކޮޅުގެ މި "އެއްބައިވަންތަކަން" ރޫޅި، ބައިބައިވެގެންދާނެ މަންޒަރު.
107 ދުވަސް ކުރިން - 13:16