Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ހިތަދޫ އުތުރު ދާއިރާގައި ޕީއެންސީ/ޕީޕީއެމް/ޑީއާރުޕީ ފިކުރަށް ތާރީހީ ކުރިއެރުމެއް

ހިތަދޫ އުތުރު ދާއިރާގައި ޕީއެންސީ/ޕީޕީއެމް/ޑީއާރުޕީ ފިކުރަށް ތާރީހީ ކުރިއެރުމެއް

އައިޝަތު ރުވާ ރިފްޢަތު
12 ގަޑިއިރު ކުރިން - 7 ޖޫން 2026 10:48
ކުރީގެ ރައީސް އަބްދުﷲ ޔާމީން، ރައީސް ޑރ. މުއިއްޒު އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް---
ކުރީގެ ރައީސް އަބްދުﷲ ޔާމީން، ރައީސް ޑރ. މުއިއްޒު އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް---
ޚުލާސާ

އެމްޑީޕީގެ ކެންޑިޑޭޓް ސޯބެ އިންތިހާބު ކާމިޔާބުކުރީ އެންމެ 62 ވޯޓުގެ ތަފާތުން ކަމަށްވާތީ، މިއީ އިންތިހާބުން ބަލިވި ނަމަވެސް ޕީއެންސީގެ ސަޕޯޓަރުން އުފާފާޅުކުރަން ހައްގުވާ ފަދަ ތާރީހީ ކުރިއެރުމެއްކަން އިލެކްޝަން ކޮމިޝަނުގެ ތަފާސްހިސާބުތަކުން ދައްކާ.

އައްޑޫ ސިޓީ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަނުން ފެނިގެންދިޔަ ނަތީޖާއަކީ، ރާއްޖޭގައި މަލްޓި-ޕާޓީ ސިސްޓަމް ތައާރަފްވި ފަހުން ޕީއެންސީ، ޕީޕީއެމް އަދި ޑީއާރުޕީ ފިކުރުގެ ކެންޑިޑޭޓަކަށް އެ ދާއިރާއިން އެންމެ މަތީ އިންސައްތައަކުން ވޯޓު ލިބުނު ފަހަރު ކަމަށް ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

އިއްޔެ ބޭއްވުނު ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަނުގެ ވަގުތީ ނަތީޖާ ދައްކާގޮތުން، މި އިންތިހާބު ކާމިޔާބު ކުރެއްވީ އައްޑޫ ސިޓީގެ ކުރީގެ މޭޔަރު އަދި އެމްޑީޕީގެ ކެންޑިޑޭޓް އަބްދުﷲ ސޯދިގު (ސޯބެ) އެވެ. އޭނާ އިންތިހާބު ކާމިޔާބު ކުރެއްވީ 1,375 ވޯޓުންނެވެ. އެއީ ވޯޓުލީ މީހުންގެ 51.15 އިންސައްތައެވެ. ސަރުކާރު ހިންގާ ޕީއެންސީގެ ކެންޑިޑޭޓް އަހްމަދު ސައީދު (ސޮޑާ) އަށް ލިބިވަޑައިގަތީ 1,313 ވޯޓެވެ. އެއީ 48.85 އިންސައްތަ ވޯޓެވެ. ސޯބެ އިންތިހާބު ކާމިޔާބު ކުރެއްވީ އެންމެ 62 ވޯޓުގެ ތަފާތުންނެވެ.

މި ނަތީޖާއާއެކު، މީގެ ކުރިން މި ފިކުރުގެ ޕާޓީތަކުން އެ ދާއިރާގައި ހޯދާފައިވާ ނަތީޖާތަކަށް ބަލާއިރު ބޮޑު ކުރިއެރުމެއް ލިބިފައިވާކަން ފާހަގަކުރެވެއެވެ. ތަފާސްހިސާބުތަކަށް ބަލާއިރު:

Advertisement

Advertisement 1

2008 ރިޔާސީ އިންތިހާބު: ޑީއާރުޕީގެ ކެންޑިޑޭޓް ރައީސް މައުމޫނަށް ލިބިވަޑައިގަތީ 34 އިންސައްތައެވެ.

2009 މަޖިލިސް އިންތިހާބު: ޑީއާރުޕީގެ ކެންޑިޑޭޓަށް ލިބިވަޑައިގަތީ 26 އިންސައްތައެވެ.

2013 ރިޔާސީ އިންތިހާބު: ޕީޕީއެމްގެ ކެންޑިޑޭޓް ރައީސް ޔާމީނަށް ލިބިވަޑައިގަތީ 29 އިންސައްތައެވެ.

2014 މަޖިލިސް އިންތިހާބު: ޕީޕީއެމްގެ ކެންޑިޑޭޓަށް ލިބިވަޑައިގަތީ 47 އިންސައްތައެވެ.

2018 ރިޔާސީ އިންތިހާބު: ރައީސް ޔާމީނަށް ލިބިވަޑައިގަތީ 26 އިންސައްތައެވެ.

2019 މަޖިލިސް އިންތިހާބު: ޕީޕީއެމްގެ ކެންޑިޑޭޓަށް ލިބުނީ އެންމެ 5 އިންސައްތައެވެ.

2023 ރިޔާސީ އިންތިހާބު: ރައީސް ޑރ. މުއިއްޒަށް ފުރަތަމަ ބުރުގައި 31 އިންސައްތަ އަދި ދެވަނަ ބުރުގައި 38 އިންސައްތަ ލިބިވަޑައިގަތެވެ.

2024 މަޖިލިސް އިންތިހާބު: ޕީއެންސީގެ ކެންޑިޑޭޓް ސިނާނަށް ލިބިވަޑައިގަތީ 39 އިންސައްތައެވެ.

މީގެ އިތުރުން މިއަހަރު ބޭއްވުނު ކައުންސިލް އިންތިހާބުގައި ޕީއެންސީގެ ކެންޑިޑޭޓަށް 38 އިންސައްތަ ލިބުނުއިރު، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިއުޑީސީ) އިންތިހާބުގައި ލިބުނީ 35 އިންސައްތައެވެ.

ނަމަވެސް، އިއްޔެ ބޭއްވުނު ބައި-އިލެކްޝަނުގައި ޕީއެންސީގެ ކެންޑިޑޭޓް ސޮޑާ ވަނީ 49 އިންސައްތައާ ގާތްކުރާ މިންވަރަކަށް ވޯޓު ހޯއްދަވައި، އެ ދާއިރާގައި މި ފިކުރުގެ މަގުބޫލުކަން އާ އުސްމިނަކަށް ގެންގޮސްދެއްވާފައެވެ. އިންތިޚާބުން ކާމިޔާބީ ނުލިބުނު ކަމުގައިވިޔަސް، މިއީ އެ ދާއިރާގައި ޕީއެންސީގެ ސަޕޯޓަރުން އުފާފާޅުކުރަން ހައްގުވާ ފަދަ ތާރީހީ ނަތީޖާއެކެވެ.

ޑީއާރުޕީޕީޕީއެމްޕީއެންސީރައީސް ޔާމީންރައީސް ޑރ. މުހައްމަދު މުއިއްޒުރައީސް މައުމޫން އަބްދުލް ގައްޔޫމްއިންތިހާބު
Ad
Ad

1 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ފ. ދަރަނބޫދޫގެ އާ ފުޓްސަލް ދަނޑު ފަސްޓް ލޭޑީ ސާޖިދާ ހުޅުއްވައިދެއްވައިފި

ފ. ދަރަނބޫދޫގެ އާ ފުޓްސަލް ދަނޑު ފަސްޓް ލޭޑީ ސާޖިދާ ހުޅުއްވައިދެއްވައިފި

2 ގަޑިއިރު ކުރިން - 19:58

ރެކޯޑަކަށްފަހު ރެކޯޑެއް! މިފަހަރު ސަރުކާރުން ރެކޯޑު މިހެދީ ހުރިހާ އާރުޓީއަކަށް 100 އިންސައްތަ ޖަވާބުދީގެން

ރެކޯޑަކަށްފަހު ރެކޯޑެއް! މިފަހަރު ސަރުކާރުން ރެކޯޑު މިހެދީ ހުރިހާ އާރުޓީއަކަށް ޖަވާބުދީގެން

3 ގަޑިއިރު ކުރިން - 19:33

މިފްކޯއިން މަސް ގަންނަ އަގު 18.50 އަށް ބޮޑުކޮށްފި؛ އަމާޒަކީ ކިލޯއެއް 20 ރުފިޔާއަށް ޖެއްސުން - ސީއީއޯ

މިއަދު މިފްކޯގެ ހުރިހާ ސެންޓަރުތަކުން، ބޯޓުފަހަރުން މަސް ގަންނަ އަގަކީ 18.50ރ.

9 ގަޑިއިރު ކުރިން - 13:26

ކެމްޕެއިން ޓީމުން ކުރީ ތައުރީފު ހައްގު މަސައްކަތެއް: އަބްދުއްރަހީމް

ކެމްޕެއިން ޓީމުން ކުރީ ތައުރީފު ހައްގު މަސައްކަތެއް: އަބްދުއްރަހީމް

23 ގަޑިއިރު ކުރިން - 23:26

އިބްރާހީމް ރަޝާދު ދެމިއޮތުމުގެ އާލަމަށް ދަތުރުކުރެއްވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ތައުޒިޔާ ވިދާޅުވެއްޖެ

އިބްރާހީމް ރަޝާދު ދެމިއޮތުމުގެ އާލަމަށް ދަތުރުކުރެއްވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ތައުޒިޔާ ވިދާޅުވެއްޖެ

1 ދުވަސް ކުރިން - 22:21

7 ފޮށީގެ ތެރެއިން 4 ފޮށި ޕީއެންސީއަށް؛ ސޯބެ އިންތިހާބު ކާމިޔާބުކުރީ ހަނި ގޮތަކަށް

7 ފޮށިން 4 ފޮށި ޕީއެންސީއަށް؛ ސޯބެ އިންތިހާބު ކާމިޔާބުކުރީ ހަނިގޮތަކަަށް

1 ދުވަސް ކުރިން - 19:55