Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

އަލިފާނުގެ ހާދިސާއާ ގުޅިގެން ޔާމީން ދެއްކެވި ވާހަކަފުޅުތައް ތަހުގީގުކުރަން ފުލުހުންނަށާއި އެންއައިސީއަށް ހުށަހަޅައިފި

އަލިފާނުގެ ހާދިސާއާ ގުޅިގެން ޔާމީން ދެއްކެވި ވާހަކަފުޅުތައް ތަހުގީގުކުރަން ފުލުހުންނަށާއި އެންއައިސީއަށް ހުށަހަޅައިފި

އައިޝަތު ރުވާ ރިފްޢަތު
3 ގަޑިއިރު ކުރިން - 6 ސެޕްޓެންބަރު 2026 23:52
ކުރީގެ ރައީސް އަބްދުﷲ ޔާމީން. / ފޮޓޯ: އަހްމަދު ޝުރާއު
ކުރީގެ ރައީސް އަބްދުﷲ ޔާމީން. / ފޮޓޯ: އަހްމަދު ޝުރާއު
ޚުލާސާ

ސަރުކާރުގެ ތިން ވުޒާރާއެއް ހިންގި އިމާރާތްތަކުގައި އަލިފާން ރޯވީ ކަރަންޓު ނަރުތަކުން ކަމަށާއި ޖިނާއީ ތުހުމަތެއް ނެތް ކަމަށް ފުލުހުންގެ ތަހުގީގުން ދެއްކި ނަމަވެސް، އެއީ ބަޔަކު ރޯކޮށްލި އަލިފާނެއް ކަމަށާއި އެކަން ކުރި މީހާ ފުލުހުންނަށް އެނގޭ ކަމަށް ކުރީގެ ރައީސް ޔާމީން ވަނީ ވިދާޅުވެފަ

ސަރުކާރުގެ ތިން ވުޒާރާއެއް ހިންގަމުންދިޔަ އިމާރާތްތަކުގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ދެއްކެވި ވާހަކަފުޅުތަކާ ގުޅިގެން، އެ މައްސަލަ ބަލައި ތަހުގީގުކުރުމަށް ދިވެހި ފުލުހުންގެ ޚިދުމަތަށާއި ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) އަށް ހުށަހަޅާފައިވާ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.

މި ހާދިސާއާ ގުޅޭގޮތުން އިހުސާން މިރޭ އެކްސްގައި ކުރެއްވި ޕޯސްޓެއް ވިދާޅުވީ، ސަރުކާރުގެ ތިން ވުޒާރާއެއް ހިންގި އިމާރާތްތައް އަނދައިގެން ދިޔަ މައްސަލަ ދިވެހި ފުލުހުންނާއި އެކުވެރި ގައުމުތަކުގެ ކަމާބެހޭ މާހިރުން ގުޅިގެން ވަނީ ފުޅާ ދާއިރާއެއްގައި ތަހުގީގުކޮށްފައެވެ. އެ ތަހުގީގުން ދައްކާފައިވަނީ އަލިފާން ރޯވާން މެދުވެރިވީ ކަރަންޓު ނަރުތަކުގައި ރޯވެގެން ކަމަށާއި، މި މައްސަލައިގައި އެއްވެސް މީހެއްގެ މައްޗަށް ޖިނާއީ ތުހުމަތެއް ކުރެވޭނެ އެއްވެސް ހެއްކެއް ލިބިފައި ނުވާކަމަށް ފުލުހުން ކަށަވަރުކޮށްދީފައިވާ ކަމަށް ވެސް އިހުސާން ވަނީ ވިދާޅުވެފައެވެ.

ނަމަވެސް، 5 ސެޕްޓެމްބަރު 2026 ގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން ދެއްކެވި ވާހަކަފުޅެއްގައި، އެ އިމާރާތްތަކުގައި އަލިފާން ރޯކޮށްލީ ކަމަށާއި އެކަން ކުރި މީހަކީ ކާކުކަން ވެސް ފުލުހުންނަށް އެނގޭނެ ކަމަށް ވަނީ ވިދާޅުވެފައެވެ. ރައީސް ޔާމީން މިފަދައިން މުތުލަގުކޮށް ވާހަކަފުޅު ދައްކަވާފައި ވާތީ، އެ މައްސަލައިގައި އެމަނިކުފާނަށް އެނގިވަޑައިގަންނަވާ މައުލޫމާތުތައް ސާފުކޮށް، ތަހުގީގުގައި އިތުރަށް ބަލަންޖެހޭ ކަންކަން ބެލުމަށް މިހާރު ވަނީ ފުލުހުންގެ ހިދުމަތުގައި އެދިފައެވެ.

Advertisement

Advertisement 1

މީގެއިތުރުން، ފުލުހުންނަށް ކުށްވެރިޔާ އެނގިތިބެ ސިއްރުކުރާ ކަމަށް ދޭހަވާ ފަދަ ގޮތަކަށް ކުރީގެ ރައީސުލްޖުމްހޫރިއްޔާ ފުލުހުންގެ މައްޗަށް ކުރެއްވި މި ސީރިއަސް ތުހުމަތު ވަކިން ތަހުގީގުކޮށްދިނުމަށް އެދި، ފުލުހުންގެ މުއައްސަސާގެ ކަންކަން ބަލާ މިނިވަން މުއައްސަސާ ކަމަށްވާ ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނަށް ވެސް ވަނީ މައްސަލަ ހުށަހަޅާފައެވެ.

ރައީސް ޔާމީންނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ)މޯލްޑިވްސް ޕޮލިސް ސަރވިސް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ހެލްމެޓާއި ސީޓްބެލްޓް ބޭނުންކުރުން ރާއްޖޭގައި އިހްތިޔާރީ ކަމެއްގެ ގޮތުގައި ދެކެނީ ކީއްވެ؟

ހެލްމެޓާއި ސީޓްބެލްޓް ބޭނުންކުރުން ރާއްޖޭގައި އިހްތިޔާރީ ކަމެއްގެ ގޮތުގައި ދެކެނީ ކީއްވެ؟

13 ގަޑިއިރު ކުރިން - 13:20

ޔާމީންގެ ވެރިކަން ނިމުނީ ބޮޑާކަމާއި، ކިބުރުވެރިކަމާއި އަނބިދަށުވުމުން: އަބްދުއްރަހީމް

ޔާމީންގެ ވެރިކަން ނިމުނީ ބޮޑާކަމާއި، ކިބުރުވެރިކަމާއި އަނބިދަށުވުމުން: އަބްދުއްރަހީމް

18 ގަޑިއިރު ކުރިން - 08:40

ގއ. މާމެންދޫން ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ދެ މީހަކު ހައްޔަރުކޮށްފި

ގއ. މާމެންދޫން ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ދެ މީހަކު ހައްޔަރުކޮށްފި

3 ދުވަސް ކުރިން - 01:55

ފުރާނަތައް ސަލާމަތްކުރުމަށް ދުއްވާފަރާތްތަކާއި ހިނގާފަރާތްތަކަށް ފުލުހުންގެ މުހިންމު އިރުޝާދުތަކެއް

ފުރާނަތައް ސަލާމަތްކުރުމަށް ދުއްވާފަރާތްތަކާއި ހިނގާފަރާތްތަކަށް ފުލުހުންގެ މުހިންމު އިރުޝާދުތަކެއް

3 ދުވަސް ކުރިން - 20:53

މާލޭގެ ފިހާރައަކުން ގިނަ އަދަދެއްގެ ފައިސާއާއި ފޯނެއް ވަގަށް ނަގައިގެން ފުރަން އުޅުނު ލަންކާ ރައްޔިތަކު ހައްޔަރުކޮށްފި

ފިހާރައަކުން ވަގަށް ނަގައިގެން ފުރަން އުޅުނު ލަންކާ ރައްޔިތަކު ހައްޔަރުކޮށްފި

3 ދުވަސް ކުރިން - 15:41

ވެމްކޯއާއި ފުލުހުން ގުޅިގެން މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމެއް ފަށައިފި

ވެމްކޯގެ މުވައްޒަފުން މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމެއް ފަށައިފި

4 ދުވަސް ކުރިން - 14:41