
އެމްޑީޕީގެ އެތެރޭގެ ބައެއް ބޭފުޅުން ތުހުމަތުކުރާ ގޮތުގައި، ހަރަކާތުގެ މިސްރާބު ހުރީ ރައީސްކަމަށް ނަޝީދު ގެންނަން ކަމަށް ވާތީ އާއި، ނިންމުންތައް ނިންމުމުގައި ނަޝީދުގެ ނުފޫޒު ގަދަވުމަކީ ފައްޔާޒު މި ހަރަކާތާއި ދުރަށް ޖެހިވަޑައިގަތުމަށް މަގުފަހިވި ސަބަބު.
7 ދުވަސް ކުރިން - 10:23
ޔާމީނާއި އެމްޑީޕީ ގުޅިގެން ހެދި އިއްތިހާދަކީ ރައީސް މުއިއްޒުގެ ސަރުކާރު ބަލިކަށިކޮށް، އަމިއްލަ އެދުން ހާސިލުކުރަން އުފެއްދި ސިޔާސީ ޑްރާމާއެއް. އިދިކޮޅު ލީޑަރުން ބާކީވެގެން ހުސް ވާހަކަ ދައްކާއިރު، ރައީސް މުއިއްޒު ގެންދަވަނީ އިގްތިސާދީ ރިޒާވް މަތިކޮށް، ދަރަނި އަދާކޮށް، އަދި އުމްރާނީ ތަރައްގީގެ ގެނެސްދެއްވަމުން.
13 ދުވަސް ކުރިން - 13:11
އޭނާ ސާބިތުކޮށްދިނީ، ވެރިއަކު އޭނާގެ އަމިއްލަ ފިކުރާއި ބޭރުގެ އެޖެންޑާތައް އިސްލާމްދީނަށްވުރެ ކުރިއަށް ނެރެފިނަމަ، އެ ވެރިއަކަށް ރައްޔިތުންގެ އިތުބާރު ގެއްލި، ގައުމު ބޮޑު ހަލަބޮލިކަމެއްގެ ތެރެއަށް ވެއްޓިގެންދާނެކަން. ދިވެހިރާއްޖޭގެ އިސްލާމީ އައިޑެންޓިޓީއަކީ "ނެގޯޝިއޭބަލް" ނުވަތަ ބަދަލުކުރެވޭނެ އެއްޗެއް ނޫންކަން ނަޝީދުގެ ނާކާމިޔާބީން ވަނީ މުޅި ދުނިޔެއަށް ސާބިތުވެފައި.
36 ދުވަސް ކުރިން - 14:29
ކުރީގެ ރައީސް ނަޝީދު ވިދާޅުވީ ޔާމީނާއި ސޯލިހު އާއި ގުޅިވަޑައިގެން ހެއްދެވި ކޯލިޝަނުގެ މަސައްކަތް އެކަށީގެންވާ ގޮތެއްގައި ކުރިޔަށް ނުދާ ކަމަށް. އެމްޑީޕީން ގެންގުޅޭ ފިކުރާ އެކު ކުރިއަށްދާ މަސައްކަތްތަކަށް ރައްޔިތުންގެ ފުރިހަމަ ތާއީދު ނުލިބޭ އެންމެ ބޮޑު ސަބަބަކީ އެޕާޓީން ގެންގުޅޭ ދީނާއި ދުރު ސިޔާސަތުތައް.
61 ދުވަސް ކުރިން - 23:29
އެމްޑީޕީ އަށް ސަނާނުކިޔާތީ ވަޒީފާއިން ވަކިކުރި އެތައް މުވައްޒަފުން އެމުވައްޒަފުންގެ ވަޒީފާއިން ވަކި ކުރި ޗިޓްތައް މިހާރުވެސް އެބޭފުޅުންގެ ގޭގެ ސިޓިންގ ރޫމް ފާރުތަކުގައި ބެހެއްޓިފައި އެބަހުރި.
80 ދުވަސް ކުރިން - 09:19
އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރުން އެއްކުރެއްވުމަށްފަހު އެމީހުންގެ ކިބައިން ނަޝީދު އެދުނީ ބުރާސްފަތި ދުވަހަށް އެމީހަކަށް ވެވުނު މިންވަރަކުން ވީހާވެސް ގިނަ ބަޔަކު މުޒާހަރާއަށް ނެރެ “ހަމަޖެހުން ނަގައިލުމަށް”.
81 ދުވަސް ކުރިން - 10:24
ދަ ޑިމޮކްރެޓްސް އާއި އެމްއެލްއެސްޑީޕީ އުވާލަން އިލެކްޝަންސް ކޮމިޝަނުން ނިންމީ ގާނޫނީ އަދަދު ހަމަނުވުމުން. ރައީސް ނަޝީދު މިހާރު އެމްޑީޕީއާ ގުޅިވަޑައިގެންފައިވާއިރު، އެންމެ މެންބަރުން ގިނަ ޕާޓީއަކީ ޕީއެންސީ. ޕީއެންއެފްގައި ތިބީ 3،012 މެންބަރުން.
93 ދުވަސް ކުރިން - 18:13
ހަމްދާން ވިދާޅުވި ގޮތުގައި އެމްޑީޕީގެ ފުރަތަމަ ސަރުކާރުގައި، ދަރަނި ޖީޑީޕީގެ ނިސްބަތުން 55 އިންސައްތައިގައި އޮއްވައި 97 އިންސައްތައަށްވުރެ މައްޗަށް އުފުލުނު ކަމަށާއި، 2011 ވަނަ އަހަރު 3.5 އިންސައްތައިގައި ޖީއެސްޓީ ތައާރަފުކޮށް، ހަމަ އެ އަހަރުގެ ތެރޭގައި ޓެކްސް 6 އިންސައްތައަށް ބޮޑުކުރި ކަމަށް.
98 ދުވަސް ކުރިން - 13:51
ކުރިއަށް އޮތް ތަނުގައި ފެނިގެންދާނީ ކެނޑިޑޭޓަކު ދައްކަންޖެހޭ ހިސާބުން އިދިކޮޅުގެ މި "އެއްބައިވަންތަކަން" ރޫޅި، ބައިބައިވެގެންދާނެ މަންޒަރު.
103 ދުވަސް ކުރިން - 13:16
"ގެރިމަސް ނުކާ ތިން ކާޅު" މާނައަކީ، ތިމާމެން ނުކުރާ ކަމެއް ކަމަށް ހެދިގެން ތިބެ، ހަގީގަތުގައި އެ ކަން އެންމެ ބޮޑަށް ކުރާ ބަޔަކީ ތިމާމެން ކަމެވެ.
111 ދުވަސް ކުރިން - 16:26
ބެލެވޭ ގޮތުގައި ޝިޔާމް މިފަދަ ޕޯސްޓެއް ކުރެއްވީ، މީގެ ކުރިން ސިޔާސީ ގޮތުން އެންމެ ވާދަވެރި ތިން ރައީސުން ކުއްލި ގޮތަކަށް ގުޅިވަޑައިގަތުމާ ގުޅިގެން.
112 ދުވަސް ކުރިން - 11:53
އެކުގައި މަސައްކަތް ކުރަން ސޮއިކުރެއްވި ތިން ރައީސުންނަކީ މީގެ ކުރިން އެކަކު އަނެކަކަށް ކޮރަޕްޝަނާއި އަނިޔާވެރިކަމުގެ ބޮޑެތި ތުހުމަތުތައްކޮށް، އެކަކު އަނެކަކު ޖަލަށްލީ ބޭފުޅުންކަމަށް އަބްދުއްރަހީމް ވިދާޅުވި.
112 ދުވަސް ކުރިން - 02:38
ފަލާހު ވަނީ ނަޝީދަށާއި ޔާމީނަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ ގައުމު ސަލާމަތްކުރެއްވުމުގައި ރައީސް މުއިއްޒު ކުރައްވާ މަސައްކަތްޕުޅަށް އަލިއަޅުވާލާފައި.
113 ދުވަސް ކުރިން - 21:23