Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ކޯޓުތަކުގެ ވާހަކަ ނަޝީދު ދައްކާނެ ކަމެއް ނެތް؛ އިސްތިއުފާ ދިނީ ފަނޑިޔާރަކު ވަގަށް ނަގައިގެން: ފަލާހް

ކޯޓުތަކުގެ ވާހަކަ ނަޝީދު ދައްކާނެ ކަމެއް ނެތް؛ އިސްތިއުފާ ދިނީ ފަނޑިޔާރަކު ވަގަށް ނަގައިގެން: ފަލާހް

ހުސައިން އިސްމާއިލް
68 ދުވަސް ކުރިން - 14 މެއި 2026 21:23
ޕީއެންސީގެ ޖަލްސާއެއްގައި ފަލާހު ވާހަކަފުޅު ދައްކަވަނީ---
ޕީއެންސީގެ ޖަލްސާއެއްގައި ފަލާހު ވާހަކަފުޅު ދައްކަވަނީ---
ޚުލާސާ

ފަލާހު ވަނީ ނަޝީދަށާއި ޔާމީނަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ ގައުމު ސަލާމަތްކުރެއްވުމުގައި ރައީސް މުއިއްޒު ކުރައްވާ މަސައްކަތްޕުޅަށް އަލިއަޅުވާލާފައި.

ޕީީއެންސީގެ ޕާލަމަންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހީމް ފަލާހް އިދިކޮޅު ފަރާތްތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ. ސަރުކާރު ހިންގާ ކޯލިޝަނުން ބޭއްވި ޖަލްސާއެއްގައި ވާހަކަދައްކަވަމުން ފަލާހް ވަނީ ކުރީގެ ރައީސް މުޙައްމަދު ނަޝީދާއި ރައީސް ޢަބްދުﷲ ޔާމީންގެ ސަރުކާރުގައި ހިނގާފައިވާ ކަންކަމަށް އަލިއަޅުވާލައްވާފައެވެ.

ޕީއެންސީގެ ހަރުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މިރޭ ފަލާހް ވިދާޅުވީ ރައީސް ނަޝީދުގެ ދެ އަހަރުގެ ވެރިކަން ނިމުނުއިރު، ދައުލަތުގެ ގިނަ ކުންފުނިތަކާއި ހަރުމުދާ ހުރީ ވިއްކާލާފައި ކަމަށެވެ. އެގޮތުން ރާއްޖޭގެ މައި ދޮރާށި ކަމަށްވާ އެއާޕޯޓާއި، ފެން ކުންފުނި (އެމްޑަބްލިޔުއެސްސީ) ފަދަ ބޮޑެތި ކުންފުނިތައް ވިއްކާލި ކަމަށް އޭނާ ތުހުމަތު ކުރެއްވިއެވެ. އަދި ރައީސް ނަޝީދު އިސްތިއުފާ ދެއްވަން ޖެހުނީ ފަނޑިޔާރަކު ވަގަށް ނަގައިގެން ކުރިމަތިވި ފިއްތުންތަކާ ހުރެ ކަމަށްވެސް ފަލާހް ވިދާޅުވިއެވެ.

މިހާރު ކޯޓުތަކުގެ މައްސަލައިގައި އެންމެ ބާރަށް ވާހަކަދައްކަވަނީ ރައީސް ޔާމީން ކަމަށް ފާހަގަކުރައްވައި ފަލާހް ވިދާޅުވީ، އެމަނިކުފާނުގެ ވެރިކަމުގައި މީހުން ޖަލަށްލަމުން ގޮސް އެންމެ ފަހުން އަމިއްލަ ބޭބޭފުޅު (ރައީސް މައުމޫން) ވެސް ޖަލަށް ލެއްވި ކަމަށެވެ. މީގެ އިތުރުން، ރައީސް ޔާމީންގެ ޒަޢާމަތުގައި ނޫސްވެރިކަމަށް އޮތް ހުރަސްތަކަށް އިޝާރާތް ކުރައްވައި، އެމަނިކުފާނު ނޫސްވެރިކަމުގެ މިނިވަންކަމުގެ ވާހަކަ ދައްކަވައިގެން ނުވާނެ ކަމަށް ފަލާހް ވިދާޅުވިއެވެ.

Advertisement

Advertisement 1

ނޫސްވެރިކަމުގެ ދާއިރާއަށް އަލިއަޅުވާލައްވަމުން ފަލާހް ވިދާޅުވީ، ރާއްޖޭގެ ނޫސްވެރިންނަށް އެންމެ ފަހި ފުރުސަތުތަކާއި ފުރިހަމަ މިނިވަންކަން ކަށަވަރުކޮށްދެއްވީ މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކަމަށެވެ.

އިޤްތިޞާދީ ހާލަތާ ގުޅޭގޮތުން ވާހަކަދައްކަވަމުން ފަލާހް ވިދާޅުވީ، މި ސަރުކާރުން ހަވާލުވިއިރު ގައުމުގެ ހުރިހާ ހަރުމުދަލެއް ހުރީ ބޭރުގެ ލޯނުތަކަށް ރަހުނުކޮށްފައި ކަމަށެވެ. ނަމަވެސް ރައީސް މުޢިއްޒުގެ ހަރުދަނާ ސިޔާސަތުގެ ދަށުން، މިހާތަނަށް އެތައް ބިލިއަން ޑޮލަރެއްގެ ދަރަނި ދައްކައި، ގައުމު އިޤްތިޞާދީ ނުރައްކަލުން ސަލާމަތްކޮށްދެއްވާފައިވާ ކަމަށް ފަލާހް ވިދާޅުވިއެވެ.

މެމްބަރު އިބްރާހިމް ފަލާހްރައީސް މުޙައްމަދު ނަޝީދުރައީސް ޔާމީންރައީސް ޑރ. މުހައްމަދު މުއިއްޒު
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ޑޮލަރުގެ ކަޅުބާޒާރު މައްސަލަ މި ސަރުކާރުގެ ބޮލަށް ޖެހޭކަށް ނެތް: ޝާޒް

ޑޮލަރުގެ ކަޅުބާޒާރު މައްސަލަ މި ސަރުކާރުގެ ބޮލަށް ޖެހޭކަށް ނެތް: ޝާޒް

12 ގަޑިއިރު ކުރިން - 18:38

ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ރައީސްކަމުގެ މަގާމަށް އަލްއުސްތާޛު އަމްޖަދު މުސްތަފާ އައްޔަނުކުރައްވައިފި

ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ރައީސްކަމުގެ މަގާމަށް އަލްއުސްތާޛު އަމްޖަދު މުސްތަފާ އައްޔަނުކުރައްވައިފި

17 ގަޑިއިރު ކުރިން - 13:44

މާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ ބިޔަ މަޝްރޫއު 2027 ގެ ކުރީކޮޅު ފެށޭނެ: ރައީސް

"މާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ މަޝްރޫއު 2027ގައި ފެށޭނެ"

4 ދުވަސް ކުރިން - 16:01

އައްޑޫ ހަންކެޑެ ތަރައްގީކުރަން ސަރުކާރުގެ އައު ކުންފުންޏެއް އުފައްދަވައިފި

އައްޑޫ ހަންކެޑެ ތަރައްގީކުރަން ސަރުކާރުގެ އައު ކުންފުންޏެއް އުފައްދައިފި

5 ދުވަސް ކުރިން - 19:57

ގިރިފުށީ ބިން ހިއްކުމުގެ މަޝްރޫއުގެ މަސައްކަތް ރައީސް ބައްލަވާލައްވައިފި

ގިރިފުށީ ބިން ހިއްކުމުގެ މަޝްރޫއުގެ މަސައްކަތް ރައީސް ބައްލަވާލައްވައިފި

5 ދުވަސް ކުރިން - 19:39

ބޭންކް އޮފް މޯލްޑިވްސްގެ އިތުރު 7 ބުރާންޗެއް ރައީސުލްޖުމްހޫރިއްޔާ އިފްތިތާހްކޮށްދެއްވައިފި

ބޭންކް އޮފް މޯލްޑިވްސްގެ އިތުރު 7 ބުރާންޗެއް ރައީސުލްޖުމްހޫރިއްޔާ އިފްތިތާހްކޮށްދެއްވައިފި

6 ދުވަސް ކުރިން - 11:20