ކޮންމެވެސް ވަރަކަށް ލަދުހަޔާތް ހުންނަންވާނެ ކަމަށް ވިދާޅުވެ ބާރަށު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި އިބްރާހީމް ޝުޖާއު، އެމްޑީޕީގެ ޗެއާޕާސަން އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެއެވެ.
ނަޝީދު އަށް ޝުޖާއު ފާޑު ވިދާޅުވީ ވަޒީފާގެ ހައްގުގައޭ ބުނެ އެމްޑީޕީން މާދަމާ މަގުތަކަށް މީހުން އެއްކުރުމަށް ނަޝީދު ކުރައްވަމުން ގެންދަވާ މަސައްކަތްތަކާއި ގުޅިގެންނެވެ. ސަބަބަކީ ނަޝީދުގެ ވެރިކަމުގައި ނަޝީދު އިސްވެ ހުރެ އެތައް ބަޔަކަށް ވަޒީފާގެ ބިރު ދައްކާފައި އެބަހުއްޓެވެ. އަދި މިދިޔަ އެމްޑީޕީގެ ވެރިކަމުގައި ވެސް ކަން ކުރީ ހަމަ އެހެންނެވެ.
”ކޮންމެވެސް ވަރަކަށް ލަދުހަޔާތް ހުންނަންވާނެ. ރައީސް ނަޝީދަށް އެގެންވާނެ އެމަނިކުފާނުގެ ޕާޓީގެ ވެރިކަމުގައި އެތައް ސަތޭކަ މުވައްޒަފުން އަޅުގަނޑުމެންގެ ފިކުރު ވީމާ ވަޒީފާއިން ވަކިކުރިކަން.ސަރުކާރަށް ސަނާނުކިޔާތީ ވަޒީފާއިން ވަކިކުރި އެތައް މުވައްޒަފުން އެމުވައްޒަފުންގެ ވަޒީފާއިން ވަކި ކުރި ޗިޓްތައް މިހާރުވެސް އެބޭފުޅުންގެ ގޭގެ ސިޓިންގ ރޫމް ފާރުތަކުގައި ބެހެއްޓިފައި އެބަހުރި. ގޮސް ބައްލަވާ ލައްވާ!”އެކްސްގައި ޝުޖާޢު ވިދާޅުވިއެވެ.








